ޔޫއްޕެ ޕްރޮޑަކްޝަން އާއި ޝައި ޕްރޮޑަކްޝަން އިން އުފައްދައި މިދިޔަ މާރިޗް މަހު ރިލީޒްކުރި ހޮރޯ ކޮމެޑީ “ފޯޓީ ޕްލަސް” ގެ އަޑު ފަނޑުވުމެއް ނެތި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގުގުމަމުން އަންނައިރު، މި ހަފުތާ ބަންދާއި ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ބައެއް ސަރަހައްދު ތަކުގައި ފިލްމު ދެއްކުމަށް ހަމަޖެހިފައިވާކަމަށް ފިލްމުގެ ޓީމުން ބުނެފިއެވެ.

މެގަހިޓަކަށް ވެފައިވާ ފިލްމު “ފޯޓީ ޕްލަސް” ކ. ހުރާ އާއި ގުރައިދޫގައި މި ހަފުތާ ބަންދުގައި އެޅުވުމަށް ނިންމާފައިވެއެވެ. މީގެ އިތުރުން ހުޅުމާލޭ ޝްވެކް ސިނަމާގައި މިމަހު 12، 14 އަދި 17 ވަނަ ދުވަހުގެރޭ 2030 ގައި ދެއްކުމަށް ހަމަޖެހިފައިވެއެވެ.

ހުޅުމާލޭ ޝްވެކް ސިނަމާއިން “ފޯޓީ ޕްލަސް” ބަލައިލަން ޓިކެޓް ނެގުމަށް 3338998 ނަންބަރަށް ގުޅައިގެން ކުރިއަށް ގެންދެވިދާނެއެވެ.

މީގެ އިތުރުންމިމަހު 18 އިން ފެށިގެން ލ. އަތޮޅު ގިނަ ރަށްތަކެއްގައިވެސް “ފޯޓީ ޕްލަސް” ދެއްކުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން ހައްދުންމަތި ހެއްވައިލުމަށް ލ. އަތޮޅުގައި ފިލްމު ދެއްކުމަށް ހަމަޖެހިފައިވާ ޝެޑިއުލް އަށް ބަލައިލާއިރު:-

ލ. ފޮނަދޫ – 18 އޭޕްރީލް – ބުރާސްފަތި ދުވަހުގެ ރޭ – ޓިކެޓް ނަންނޯޓްކުރުމަށް ގުޅުއްވާނީ 7753137 އަށް

ލ. މާމެންދޫ (ހިތަދޫ އަދި ކުނަހަންދޫ ހިމަނައިގެން) – 19 އޭޕްރީލް – ހުކުރު ދުވަހުގެ ރޭ – ޓިކެޓް ނަންނޯޓްކުރުމަށް ގުޅުއްވާނީ 9904090 އަށް

ލ. ގަން – 20 އޭޕްރީލް – ހޮނިހިރު ދުވަހުގެ ރޭ – ޓިކެޓް ނަންނޯޓްކުރުމަށް ގުޅުއްވާނީ 7753137 އަށް

ލ. މާބައިދޫ – 21 އޭޕްރީލް – އާދީއްތަ ދުވަހުގެ ރޭ – ޓިކެޓް ނަންނޯޓްކުރުމަށް ގުޅުއްވާނީ 7626412 އަށް

ލ. ދަނބިދޫ – 22 އޭޕްރީލް – ހޯމަ ދުވަހުގެ ރޭ – ޓިކެޓް ނަންނޯޓްކުރުމަށް ގުޅުއްވާނީ 7909686 އަށް

ލ. އިސްދޫ (ކަލައިދޫ ހިމަނައިގެން) – 23 އޭޕްރީލް – އަންގާރަ ދުވަހުގެ ރޭ – ޓިކެޓް ނަންނޯޓްކުރުމަށް ގުޅުއްވާނީ 9685454 އަށް

“ފޯޓީ ޕްލަސް” އަށް އެއްވެސް ފަނޑުކަމެއް ނެތި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދައްކަމުންދާއިރު، ޔޫއްޕެ ޕްރޮޑަކްޝަނުން އުފައްދާ މިމަހު 09 ގައި ދައްކަން ފަށާފައިވާ އަސަރުގަދަ ލޯބީގެ ފިލްމު “ނަފްރަތުވުމުން” އަށް ވެސް ބޮޑު ތަރުހީބެއް ލިބެމުންދާކަން ފާހަގަކޮށްލެވެއެވެ.

“ފޯޓީ ޕްލަސް”ގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.