އަވަށްޓެރި ޢަރަބި ޤައުމުތަކުން ތެޔޮފެނުން ވެގެން ދިޔައީ އަލަށް އުފެދުނު ސަޢުދީ ދަޢުލަތަށް އުއްމީދުގެ ހުޅުކޮޅެއް ގެނެސްދިން ކަމެއް ކަމުގައެވެ. މިގޮތުން 1933 ވަނައަހަރު ސައުދީ އަރަބިއްޔާގެ ބިމުގައި ތެޔޮ ހުރިތޯ ބެލުމުގެ ހުއްދަ ސްޓޭންޑަރޑް އޮއިލް އޮފް ކެލިފޯނިޔާއަށް ދެވުނެވެ. އޭރު ސައޫދީ ޢަރަބިއްޔާގެ އިރުމަތީ ޕްރޮވިންސް ގައި ބިނާވެށީގެ ކަންފުޅެއްހައި މިންވަރު ނެތޭ ދެންނެވިޔަސް ދޮގަކަށް ނުވާނެ އެވެ. އެންމެ ފުރަތަމަކޮޅު އެމެރިކާގެ ދިރާސާ ޓީމު ދަތުރުކުރީ ފައިމަގުގައާއި ޖަމަލު މަތީގައެވެ.
ސަހަރާ ތެރޭގައި ދަތުރުކުރުމުގެ ތަޖުރިބާހުރި ޢަރަތްބަކު އަބަދުވެސް ޓީމާއިއެކު އުޅެއެވެ. އެމެރިކާގެ ޓެކްސަސްހާ ބޮޑުބިމެއް ދިރާސާކުރުމުގައި ބެލިފައިވާއިރު، އެކްސްޕްލޯރަލުން ކާރު ބޭނުން ކުރަން ފެށީ ދިރާސާ ފެށިތާ ދެތިން އަހަރު ފަހުންނެވެ. ހަނަފަސް ސަހަރާ ތެރޭގައި ކޮނެވުނު 6 ވަޅުން ނެގުނު ސާމްޕަލްތަކުން ލިބުނީ މާޔޫސީ ނަތީޖާތަކެކެވެ. އެންމެފަހުން ދިރާސާ ކުރުމުގެ ހުއްދަ ދީފައިވާ އެމެރިކާގެ ކުންފުނިން މިމަސައްކަތް ނިންމާލަން ގަސްދުކުރިއެވެ. އެކަމުގެ މަޝްވަރާތައް އެކުންފުނީގެ ތެރޭގައި ދެކެވެމުން ދަނިކޮށް 1938 ވަނަ އަހަަރުގެ ދުވަހެއްގެ ހެނދުނުކޮޅުގައި ލިިބިގެން ދިޔައީ އިންތިހާއަށް އުފާވެރި ޚަބަރެކެވެ. އާދެ، ސައުދީޢަރަބިއްޔާގެ ބިމުން ގިނަ އަދަދެއްގެ ތެޔޮފެނުނު ކަމުގެ އުފާވެރި ޚަބަރެވެ.
ތެޔޮ ހޯދުމަށްޓަކައި ކޮނެވުނު 7 ވަނަ ވަޅުން ގިނަ އަދަދެއްގެ ތެޔޮ ފެނިގެން ދިޔުމަކީ މުޅި ސަޢުދީ އަރަބިއްޔާގެ ތާރީޚް ބަދަލުކޮށްލި އެންމެ މުހިންމު ޙާދިސާއަށެވެ. މިވަޅަށް ފާގަތިކަމުގެ ތެޔޮވަޅުގެ ނަމުންވެސް ނަންދެވިގެން ދެއެވެ. ސަޢޫދީ ޢަރަބިއްޔާއަކީ އެގައުމުގެ އާމްދަނީގެ 90 އިންސައްތަ ތެލުގެ އާމްދަނީ އަށް ބަރޯސާވާ ޤައުމެކެވެ. 2013ވަނަ އަހަރުން ފެށިގެން ތެލުގެ އަގު އާދަޔާޚިލާފަށް ދަށަށް ދިޔުމުގެ ސަބަބުން ސަޢޫދީއަށް ވަނީ އަހަރަކު އެތައްސަތޭކަ ބިލިޔަން ޑޮލަރެއްގެ ގެއްލުމަކާ ކުރިމަތިލާން ޖެހިފައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 26 ޖޫން 2020މަޢުލޫމާތުމަދީނާއަށް ބޮޑު އެތެއް ވަދެގެން އައި ހިނދު..
- 12 މެއި 2020އިޖްތިމާޢީމާތް ﷲ ގެ ރިވެތި ސިފަފުޅުތަކުން “އަލިވިލުމެއް”
- 27 އޭޕްރިލް 2020ވާހަކަޔޫނުސް ޢަލައިހިއްސަލާމްގެ ވާހަކަ
- 22 އޭޕްރިލް 2020ރިޕޯޓްމުސްލިމެއްގެ އަބުރަށް އަރައިގަތުމަކީ ކިހާ ބޮޑު ފާފައެއްކަން އެނގޭހެއްޔެ؟