ސަބްމެރީން އަކީ އެކި ގޮތްގޮތަށް ތައްޔާރުކުރެވޭ ދިވެހިންގެ ތެރޭގައި މިހާރު ވަރަށް ހިނގާ އެއްޗެކެވެ. މުނިއަވަސް ރަހަފަތުން މިއަދު މިގެނެސްދޭ ރަހަފަތަކީވެސް ކަމުދާނެ ތަފާތު ރަހަފަތެއްކަމަށް ހީކުރަމެވެ.

ބޭނުންވާނެ ތަކެތި:

– 4 ސަބްމެރީން ބަނަސް

– 500 ގްރާމް ކުކުޅު

– 1 ބޮޑު ފިޔާ

– 6 ލޮނުމެދު

– 1 ގިތެޔޮ މިރުސް

– 4 ސައިސަމުސާ ޗިލީ އެނޑް ގާލިކް ސޯސް

– 1 ޓޮމާޓޯ ޕޭސްޓް ކުޑަ ދަޅެއް

– 4 ފޮތި ޗެޑަރ ޗީޒް

– 2 މޭޒުމަތީ ސަމުސާ ތެޔޮ (ފިޔާ މީރުކުރުމަށް)

– ރަހަލާވަރަށް ލޮނު

– 250 ގްރާމް ސަބްމެރިން ސޯސް

ތައްޔާރު ކުރާނެގޮތް:

– ކުކުޅު ކޮޅު 1 ސެންޓިމީޓަރު ގޮޅިތަކެއް ގޮތަށް ކޮށާލާށެވެ.
– ލޮނުމެދާއި ފިޔާ އަދި މިރުސް ކުދިކޮށް ކޮށާލާށެވެ.
– ތެއްޔެއްގެ ތެރެއަށް ތެޔޮ ފޮދެއް އަޅާށެވެ. ތެޔޮ ފޮދު ރަނގަޅަށް ހޫނު ކުރުމަށްފަހު އޭގެ ތެރެއަށް، ކޮށާފައިހުރި ލޮނުމެދު ކޮޅު އަޅަލާށެވެ.

– ލޮނުމެދުތައް ވަޅޯވުމުން، ކޮށާފައިހުރި ފިޔާ އަދި މިރުސް ތެއްޔަށް އަޅާލާށެވެ.

– ފިޔާކޮޅު ވަލޯވުމުން، ކޮށާފައިހުރި ކުކުޅުކޮޅު އަޅާލާށެވެ. ރަހަލާވަރަށް ލޮނުއަޅާށެވެ.

– ކުކުޅު ރޯފިލުމުން ސޯސްކޮޅާއި ޓޮމާޓޯ ޕޭސްޓް ދަޅު އަޅާލާށެވެ. މަޑުގިނީގައި 10 މިނެޓް ވަންދެން ކައްކާލާށެވެ.
– ސަބްމެރިން ބަނަސް ދެފަޅިއަށް ފަޅައިލުމަށްފަހު​ ދެފަޅީގައިވެސް ސަބްމެރިން ސޯސް އުނގުޅާލާށެވެ. އެއަށްފަހު، ކުރިން ތައްޔާރުކުރި މަސްގަނޑު ހަތަރު ބަޔަށް ބަހާލުމަށްފަހު ބަނަހުގެ ތެރެއަށް އަޅާލާށެވެ. ދެން އެއަށްފަހު ޗީޒް ފޮތި ދެފަޅިއަށް ފަޅާލުމަށްފަހު (ތިނެސްކަނަށް ވާގޮތަށް) ސަބްމެރިން ބަނަސްމަތީގައި ބޭއްވުމަށްފަހު އަނެއްފަޅި އެޅުމަށްފަހު، 10 މިނިޓް ވަންދެން އަވަނުން ހޫނުކޮށްލާށެވެ.

– މިހާރު އެހުރީ ޗިކަން ގާލިކް ސަބްމެރިން ތައްޔާރުވެފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އާއިޝަތު ފައިނާޒް (އައިޗަތު)
އާއިޝަތު ފައިނާޒް (އައިޗަތު)
ތަފާތު މައުޟޫތަކަށް އާއިޝަތު ފައިނާޒް (އައިޗަތު) ލިޔާނެއެވެ. އެގޮތުން ބަހާއި އަދަބިއްޔާތު، އިޖްތިމާޢީ ރޮނގުންނާއި އިތުރު ދާއިރާތަކުންވެސް ލިޔާނެއެވެ.