ފައި ސްޓައިލްގައި ޕާސްތާ ތައްޔާރުކޮށްލާނެގޮތް މިއަދު މުނިއަވަސް ރަހަފަތުގައި ގެނެސްދޭނަމެވެ.

ބޭނުންވާ ތަކެތި:
– 1 ޕެކެޓް ޕާސްތާ
– 1 ބޮޑު ފިޔާ (ކުދިކޮށް ކޮށާފަ)
– 1 ގިތެޔޮ މިރުސް
– 4 ދަޅު ޓޮމާޓޯ ޕޭސްޓް (ކުދި)
– 2 ލޮނުމެދު (ކުދިކޮށް ކޮށާފަ)
– 1 ހިކަނދިފަތް
– 1 މަސްދަޅު(ތެޔޮ)
– ރަހަލާވަރަށް ލޮނު
– ކުޑަ ތެޔޮފޮދެއް (ޕާސްތާ ކައްކާއިރު އެޅުމަށް)
– 1 ޖަގު ފެން
– 6 ހިކިމިރުސް

ތައްޔާރުކުރާނެގޮތް:
– ތެއްޔަކަށް ފެން އެޅުމަށްފަހު ކައްކަން އުދާށެވެ. ކުޑަލޮނު ކޮޅަކާއި ތެޔޮފޮދެއްވެސް އަޅާށެވެ. ފެންގަނޑު ކެކެން ފެށުމުން ޕާސްތާ ޕެކެޓް ފެންއެއްޗެއް އަޅާލައި ޕާސްތާތައް މަޑުވަންދެން މަޑުގިނީގައިކައްކާލާށެވެ.
– ޕާސްތާ މަޑުވުމުން ތަށްޓަކަށް ޕާސްތާތައް ނަގާފައި ބަހައްޓާށެވެ.

– ލޮނުމެދު، ފިޔާ، މިރުސް، ހިކަނދިފަތް، ހިކިމިރުސް، މަސްދަޅު ތެލާއި އެކު ތެއްޔަކަށް އަޅާފައި މަޑުގިނީގައި ފިޔާތައް ވަޅޯވަންދެން ކައްކާލާށެވެ.

– އެއަށްފަހު ޓޮމާޓޯޕޭސްޓް އަދި ލޮނުމިރުސް ހަވާދު އެޅުމަށްފަހު ކުޑަފެންފޮދެއް އަޅައި 2 މިނިޓް ވަންދެން ކައްކާލާށެވެ.
– ސޯސް ގަނޑު ތައްޔާރުވުމުން ކުރިން މަޑުކޮށްފައިހުރި ޕާސްތާތައް ސޯސްގަނޑުތެރެއަށް އެޅުމަށްފަހު އެއްކޮށްލާށެވެ.
– ފައި ސްޓައިލްގައި ޕާސްތާ އެހުރީ ތައްޔާރުވެފައެވެ. މި ޕާސްތާ އެންމެ މީރުވާނީ ކުޑަ ސަބްމެރިން ސޯސްކޮޅެއް (ފައި ސްޕެޝަލް ސަބްމެރިން ސޯސް) އަޅައިގެން ކާއިރުއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އާއިޝަތު ފައިނާޒް (އައިޗަތު)
އާއިޝަތު ފައިނާޒް (އައިޗަތު)
ތަފާތު މައުޟޫތަކަށް އާއިޝަތު ފައިނާޒް (އައިޗަތު) ލިޔާނެއެވެ. އެގޮތުން ބަހާއި އަދަބިއްޔާތު، އިޖްތިމާޢީ ރޮނގުންނާއި އިތުރު ދާއިރާތަކުންވެސް ލިޔާނެއެވެ.