ޗޮކްލެޓްގެ މީރުރަހައާއި އެކުގައި ކޭކްގެ ރަހައަކީ އަނގަޔަށް ނިކަން މީރު ރަހައެއްދޯ އެވެ. މިއަދު މުނިއަވަސް ރަހަފަތުގައި މި ގެނެސްދެނީ އެކްސްޓްރާ ފަޖް ކޭކް ތައްޔާރުކޮށްލާނެ ގޮތެވެ.

ބޭނުންވާނެ ތަކެތި:
– 1 ޗޮކްލެޓް
– 3/4 ޖޯޑް ބަޓަރ
– 2 ބިސް
– 1 ޖޯޑް ހަކުރު
– 2 ސަމުސާ ވެނީލާ އެސެންސް
1 ސަމުސާ ލޮނު
– 3/4 ޖޯޑު ފުށް
– 1/4 ޖޯޑު ކޮކޯ ޕައުޑަރ

ތައްޔާރުކުރާނެގޮތް:
– ޗޮކްލެޓް ކުދިކޮށް ކޮށާލުމަށްފަހު އެއްބައި މެލްޓް ކޮށްލާށެވެ. އަނެއްބައި ބަހައްޓާށެވެ.
– ބަޓަރކޮޅު ވެސް މެލްޓްކޮށްލުމަށްފަހު ބަޓަރ އަދި ހަކުރުތަށްޓަކަށް އެޅުމަށްފަހު ރަނގަޅަށް ގިރާލާށެވެ. އެއަށްފަހު އޭގެ ތެރެއަށް ބިސް އެޅުމަށްފަހު ގިރާލާށެވެ.
– ދެން އެއަށްފަހު މެލްޓްކޮށްފައި ބެހެއްޓި ޗޮކްލެޓް ކޮޅު އެޅުމަށްފަހު އެއްކޮށްލާށެވެ.
– ފުށް، ކޮކޯޕައުޓަރ އަދި ލޮނު ފުރާނާލުމަށްފަހު ތަށްޓަށް އަޅައި ގިރާލުމަށްފަހު ކުރިން ބެހެއްޓި ޗޮކްލެޓް ކޮޅުވެސް އަޅާލާށެވެ.
– ދެން އަވަނުގައި 350ޑިގްރީއަށް 20 މިނިޓް ވަންދެން ފިހެލާށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އާއިޝަތު ފައިނާޒް (އައިޗަތު)
އާއިޝަތު ފައިނާޒް (އައިޗަތު)
ތަފާތު މައުޟޫތަކަށް އާއިޝަތު ފައިނާޒް (އައިޗަތު) ލިޔާނެއެވެ. އެގޮތުން ބަހާއި އަދަބިއްޔާތު، އިޖްތިމާޢީ ރޮނގުންނާއި އިތުރު ދާއިރާތަކުންވެސް ލިޔާނެއެވެ.