ރާއްޖޭގެ ލިޔުންތެރިއަކު، އަމިއްލަ ޚިޔާލަށް ލިޔުއްވާފައިވާ އެންމެ ފުރިހަމަ، އެންމެ އަސަރުގަދަ ވާހަކަ އަކީ ސައިކުރާ ނައީމްގެ “މަންމަ” ވާހަކަ ކަމާއިމެދު ދެބަސްވެވޭކަށް ނޯންނާނެއެވެ.

އޮނަވިހި ސަތޭކަ އަށްޑިހަވަ ވަނައަހަރު ސައިކުރާ އިބްރާހީމް ނައީމް ދިވެހި އަދަބީ ގުލްޝަނަށް ހަދިޔާކުރެއްވި “މަންމަ” ވާހަކަ އަކީ އެ ވާހަކައެއް ކޮންމެ އިންސާނަކު ކިޔައިލަން ޖެހޭ، އަގުހުރި ދަރުސްތަކެއް ހިމެނޭ ވާހަކައެކެވެ. މީގެ އަހަރުތަކެއް ކުރީން ދިވެހިރާއްޖޭގެ އަޑުން ވަނީ ‘ހަފުތާގެ ވާހަކަ’ ސިލްސިލާގެ ތެރެއިން ގެނެސްދީފައެވެ. އަދުގެ ޖީލުގެ ނަސީބު ވަރަށް ގަދައެވެ. މިއަދު އަނެއްކާވެސް މިއޮތީ މި ރީތި ވާހަކަ އަޑުއަހައިލުމުގެ ފުރުޞަތު ލިބިފައެވެ.

ލަވަފޮށީގައި މި ހިތްގައިމު ވާހަކަ މިހާރު ވަނީ ހިމަނާފައެވެ. ޒުވާނުންނާއި ކުޑަކުދީންވެސް މި ވާހަކަ އަޑުއަހައިލުން މިއީ ކޮންމެ ކުއްޖެއްގެ މައިމީހާގެ މުހިންމުކަމާއި މަންމައަށް ހެޔޮކޮށް ހިތަންވީ ކީއްވެގެންކަން ވަރަށް ރަނގަޅަށް އެނގިގެންދާނެ ވާހަކައެކެވެ.

މި މޮޅު ވާހަކައިގެ ތެރެއިން ހިތުން ނުފިލާވަރުގެ ބައިތުތަކެއް ބިންވަޅު ނެގިގެންދާނެ އެވެ.

“ތެޔޮފެން ލެވޭހިނދު މާބަނޑުން ތޮޅެމުން އެދާއިރު ހީވެޔޭ
ހެޔޮކަމުގެ ތިލަފަތް ބަރުކުރާ ހެވަކަށް މި ދަރިފުޅު ވާނެޔޭ
ހެޔޮކޮށްހިތާ، މަރުވެސް ބަލާ، ހޭހަންފަށެއް ކޮށްދޭނެޔޭ
ހެޔޮވާނެތޯ އެހެނަސް މިއީ ކަންތައް ހިނގާ ހަމަ އާދައޭ
ހެޔޮވަރުގެ އިސްކޮޅަކަށް ތިމާ ދެމިލާއިރަށް ބުނެ އަންގަޔޭ
ކެޔޮގަނޑު ކަނޑައިލީމާ ގަހުގެ ދެން ބޭނުމެއް ނޯންނާނެޔޭ”

ވާހަކައިގެ މުހިންމު ބައެއް ތަންތަންކޮޅުވެސް މިއީ ހިތުން ފިލައިގެންދާނެ އިބާރާތްތަކެއް ނޫނެވެ.

ފާތުމަ އޭނާގެ ދަރިފުޅު ދެކެ މައިވަންތަކަމުގެ ލޯބިވީ އޭނާގެ ހިތާއި ރޫހުންނެވެ. ނުވަތަ އޭނާގެ މުޅި ދިރިއުޅުން އެކަމަށްޓަކައި ޤުރުބާންކޮށްގެންނެވެ.

ބަޝީރަކީ އަރާމާއި ތަނަވަސްކަމުގައި ދިރިއުޅުމުގެ ދުވަސްތައް ހޭދަކުރަމުން އައި މީހެކެވެ. އެހެނަސް އާޚިރުގައި އޭނާއަށް ތަޖުރިބާކުރަން ޖެހުނީ، އޭނާގެ ނިކަމެތި މަންމަ އުޅެމުންދިޔަ ހިތްދަތި ޙާލަތެވެ. 

“އަނާގެ ހިތުގައި ހިގާ ތަކުން ވޭން
ފަނާމި ނުވެޖާން ހަނާވެދާ ދުވަހޭ މީ
އޮޅިބުއްދިފާގޮސް މޮޅިއިން ހިތާމައިން
ނޮޅިވައިމަގޭ ބެދި ދޮޅިވެސް ނުހިކިފާ
ކޮޅިތައް ހަދާގަދަ ރޮޅިލާފު ވައިގާ
ތޮޅިހެންރުވާކަފަ ފޮޅިގެން މަދާ ދުވަހޭމީ
ކޯރުގެތެރޭގާ އޮއިވަރު ދެމޭތާ
ލޯ ދެން ދެމެރިފާ ޖޯރެއް މިނެތިފާ
އޯގާ މި ވެރިޔަކު ހޯދާނެތިމާ
ނޯށުން މަ ރޮއިރޮއި ރޯސަހަ ނިމޭދުވަހޭމީ”

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.