މަޝްހޫރު ނެށުންތެރިޔާ ސުނީތާ އަލީ (ސުނީ) އަކީ ވަރަށް ތަފާތު ކަންތައްތައް ކޮށްގެން އޭނާގެ ސަޕޯޓަރުންނާއި އާއްމުންގެ ސަމާލުކަން ހޯދައި ހިތްދަމައިގަންނަމުން އަންނަ ހުނަރުވެރި ފަންނާނެކެވެ.
ސުނީ އަކީ ނެށުންތެރިއެކެވެ. އޭނާގެ ފޭނުން އުފާކޮށްދިނުމަށް ލަވަވެސް ކިޔައެވެ. ސުނިޔަންކާގެ ލަޤަބު އެކަމެއްގެ ސަބަބުން ސުނީ އަށް ލިބިގެންދިޔައީ ބޮލީވުޑް އަދި ހޮލީވުޑް ސްޓަރ ޕްރިޔަންކާ ޗޯޕްރާގެ އެންމެ ބޮޑު ފޭންގެ ޝަރަފު އޭނާއަށް ލިބުމާއިއެކުގައެވެ. ސުނީ ބްރޭންޑްގެ ކާށިތެޔޮ ވިއްކާ ވާހަކައަކީ ވެސް މަޝްހޫރު ވާހަކައެކެވެ.
ސުނީ އަކީ އޭނާގެ އުފަންދުވަހަށް އަބަދުވެސް ތަފާތުކަމެއް ކުރަމުން އަންނަ ފަންނާނެކެވެ. އެގޮތުން 2018 ވަނަ އަހަރު ސުނީގެ އުފަންދުވަހާއި ދިމާކޮށް އޭނާގެ އަޑުން މަދަހައެއް ރިކޯޑުކޮށް، ވީޑިއޯއާއެކު ނެރުނެވެ. ނެރުނު މަދަހައިގައި ބުނަނީ ”މިސްކީނުނާ ފަޤީރުނަށް އެހީ ދެމާތޯ އެވެ.“ މިހެންނެވެ.
ސުނީގެ މަދަހައިގައި ބުނެފައިވާހެން މިސްކީނުންނާއި ފަޤީރުންނަށް އެހީވުމަކީ ސުނީ ކޮށްއުޅޭ ކަމެކެވެ. މިކަމަކީ އާއްމުކޮށް އެނގިފައި ނެތްކަމަކަސް ޙަޤީޤަތެކެވެ.
“ސުނީގެ ފެންވަރުން ސުނީ އަށް ވީވަރަކުން އަބަދުވެސް މީހުންނަށް އެހީވަން.” ސުނީގެ އުފަންދުވަހާއި ދިމާކޮށް މިއަހަރު ކުރުމަށް ނިންމާފައިވާ ‘ބޮޑު ކަންތަކާއި’ ބެހޭގޮތުން މުނިއަވަސް އަށް މަޢުލޫމާތު ދެމުން ބުންޏެވެ.
މިއަހަރު ސުނީގެ އުފަންދުވަސް ދިމާވަނީ ރަމަޟާން މަހުގެ ފަހުދިހައިގެ ތެރެއަށެވެ. އެހެންކަމުން މިފަހަރު ސުނީގެ އުފަންދުވަސް ފާހަގަކުރުމަށް ޕާޓީއެއް ނުބާއްވައެވެ. ލަވައެއްވެސް ނުނެރެއެވެ.
“މިފަހަރު މި އުޅެނީ ލުބުނާނުގެ ރެފިއުޖީ ކޭމްޕަކަށް ޑޮނޭޝަން އެއް ދޭން. އެއީ ސީރިޔާ، ގާޒާ، ފަލަސްތީން، ޖޯޑަން އަދި ލުބުނާނުގެ ރެފިއުޖީން ދިރިއުޅޭ ކޭމްޕެއް.” މިދިޔަ އަހަރު ސުނީ ނެރުނު މަދަހަ ‘އެހީވުމަށް’ އަށް އަމަލީ ސިފައެއް ގެނައުމަށް އޭނާ ހިންގާ އެންމެ ބޮޑު އެއް ހަރަކާތާމެދު ވާހަކަދައްކަމުން ބުންޏެވެ. ސުނީ އަކީ އޭނާ ބުނާ ބަހެއް އަބަދުވެސް އޭނާގެ އަމަލުން ދައްކަމުން އަންނަ ފަންނާނެކެވެ. އެހެންކަމުން މިފަހަރުވެސް ސުނީ އޭނާގެ ބަހާއި ޢަމަލާ ދިމާކުރާނެއެވެ.
“ޑްރީމެއް އަބަދުވެސް މިފަދަ ކޭމްޕަކަށް އެހީވުމަކީ.” ސުނީ ބޭނުންވަނީ އޭނާގެ އުފަންދުވަހާއި ދިމާކޮށް އަބަދުވެސް ކަމެއް ކުރާތީ މިފަހަރު ލުބުނާނުގެ ރެފިއުޖީ ކޭމްޕަކަށް އެހީވުމަށެވެ.
“މިފަހަރު އުފަންދުވަހަށް ލަވައެއް ނުނެރެން، ޕާޓީއެއް ނުބާއްވަން، މިފަހަރު މިއުޅެނީ އެ ކޭޕްގައި އުޅޭ ކުޑަކުދިންނަށް ޚާއްޞަކޮށް ޢީދު ހަދިޔާއެއްގެ ގޮތުން އެހީތެރިވާން.” މީގެ ކުރިން ވެސް ލުބުނާނުގެ ރެފިއުޖީ ކޭމްޕަތައް ހިމެނޭ ސަރަހައްދު ލޮލުންދެކި އަތުން ހިފައިފައިވާ ސުނީ ބުންޏެވެ.
“އަޅުގަނޑުގެ އާއިލާހާ ގާތް ބަޔެއް ލުބުނާނުގަ އުޅޭ. އެހެންވެ އެތަނަށް ގޮސް އުޅުމުގައި އެފަދަ ކޭމްޕަތައް ފެނި، އެމީހުން ދިރިއުޅޭ ދަތި ހާލަތު ފެންނަމުންދާތީ ވަރަށް އަސަރުކުރޭ. އެހެންވެ މިފަހަރު މި ނިންމީ ރަނގަޅު ދުވަސްވަރަކާއި ދިމާކޮށްފަ އެހީވާން.”
ސުނީގެ އުފަންދުވަހާއި ދިމާކޮށް މިދިޔަ އަހަރު މަދަހައެއް ރިކޯޑުކޮށް، ވީޑިއޯއާއެކު ނެރުނެވެ. ކުރިން އުފަންދުވަހާއި ދިމާކޮށް ލަވަ ސީޑީ ނެރުނު ސުނީ އަލަށް ނެރުނު މަދަހައިގައި ބުނަނީ ”މިސްކީނުނާ ފަޤީރުނަށް އެހީ ދެމާތޯ އެވެ.“ މިހެންނެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެހީއަށް ބޭނުންވެފައިވާ މީހުންނާއި ފަގީީރުންނާއި މިސްކީނުންގެ ހާލަތަށް އަލިއަޅުވާލައި ސުނީ ނެރުނު މި މަދަހައިގެ ޕްރޮޑިއުސަރަކީ އަދި ޑައިރެކްޓަރަކީވެސް ހަމަ އޭނާއެވެ.
ސުނީގެ މަދަހަ ނެރުނީ އިނގިރޭސި ސަބްޓައިޓަލްއާއި ވެސް އެކުގައެވެ. މި މަދަހައިގެ ވީޑިއޯގައި ދުނިޔޭގެ އެކި ހިސާބުތަކުގައި ހާލުގައި ޖެހިފައި ތިބި މުސްލިމުންގެ ހާލަތު ދައްކައިދޭ ވީޑިއޯ ހިމަނާފައިވާއިރު ލަވައިގެ ޅެމުން ދޭ މައިގަނޑު މެސެޖް ’އެހީދިނުން‘ ސުނީ ވަނީ ދައްކައިދީފަ އެވެ. ’ސުނީސް ސްޕެޝަލް ޕްރޮޑަކްޝަން‘ އިން ނެރުނު މި މަދަހަ އަކީ އަޑުއަހައިލަން ފަސޭހަ ރާގަކަށް މިއުޒިކާއި ނުލައި ކިޔާފައިވާ މަދަހައެކެވެ.
ސުނީ މި ފަހަރު ކުރަން މިއުޅެނީ ހަމަގައިމުވެސް އިންސާނިއްޔަތަށް، އިސްލާމް ދީނަށް ނަސްރުދިނުމަށްޓަކައި ވަރަށް މުހިންމު ކަމެކެވެ. މުނިއަވަސް އިން އެދެނީ ސުނީގެ މި ހުވަފެންވެސް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކާމިޔާބުވެގެން ދިއުމެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 29 ޑިސެމްބަރ 2024ޚަބަރު“ރޯމްދުނިޔެ” އިން އީސިމް ނެގުން ދިވެހީންނަށް މާ ސަޅިވާނެ!
- 27 ޑިސެމްބަރ 2024ޚަބަރުޑާކް ރެއިން އިން މިފަހަރު “ފެށުމާއި ނިމުން”
- 24 ޑިސެމްބަރ 2024ޚަބަރުނިޝާ އާރްޖޭއަކަށް!
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
SunI thi kuraa masakkathaky hudhdha masakkatheh noon. Mibuny neshun ingey. Coconut oil vaahaka eh noon ingey. So, nashaigen libifa huri hurihaa faisaa eh sadhagaaiy kollaa. Halaalu masakkatheh kuran naseyhaiytherivan.