އޮފީސްތަކުގެ ޓެލިޑްރާމާ މުބާރާތުގައި މިއަހަރު ވާދަކޮށްފައިވާ ތިން ޑްރާމާގެ ރިޕީޓް ޓެލެވިޒަން މޯލްޑިވްސް އިން ދެއްކުމަށް ނިންމައިފި އެވެ.

މުނިއަވަސް އަށް މަޢުލޫމާތު ލިބިފައިވާގޮތުން ޑްރާމާ ތަކުގެ ރިޕީޓް ޓީވީ މޯލްޑިވްސް އިން ދައްކާނެ ދުވަސްތަކާއި ގަޑިތަކަކީ:-

– 04 ޖޫން 2019 ވާ އަންގާރަ ދުވަހުގެރޭ 23.05 ގައި ކަސްޓަމްސް ޑްރާމާ “މަރު”


– 05 ޖޫން 2019 ބުދަ ދުވަހުގެރޭ 23.05 ގައި ވެމްކޯ ޑްރާމާ “ނަމަ”


– 06 ޖޫން 2019 ބުރާސްފަތި ދުވަހުގެރޭ 23.05 ގައި އެމް.އޭ.ސީ.އެލް ޑްރާމާ “ނަކަލު”

މި މުބާރާތުގައި ދެއްކި ޑްރާމާ ތަކުގެ ތެރެއިން ބެލުންތެރިންގެ އެންމެ މަޤްބޫލް ޑްރާމާ ހޮވުމަށް އެސްއެމްއެސް ކުރުމަށް ހުޅުވައިލުމަށް ހަމަޖެހިފައިވަނީ 07 ޖޫން 2019 ވާ ހުކުރުދުވަހުގެ ހެދުނު 9:00 އިން 15ޖޫން 2019 ވާ ހޮނިހިރު ދުވަހުގެރޭ ރޭގަނޑު 00:00 އާ ހަމައަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.