އޮފީސްތަކުގެ ޓެލިޑްރާމާ މުބާރާތުގައި މިއަހަރު ވާދަކޮށްފައިވާ ތިން ޑްރާމާގެ ތެރެއިން ބެލުންތެރިންނަށް އެންމެ ކަމުދާ ޑްރާމާ ހޮވުމަށް އެސްއެމްއެސް ކުރުމުގެ ފުރުޞަތު ޓެލެވިޛަން މޯލްޑިވްސް އިން ހުޅުވާލައިފި އެވެ.
މި މުބާރާތުގައި ދެއްކި ޑްރާމާ ތަކުގެ ތެރެއިން ބެލުންތެރިންގެ އެންމެ މަޤްބޫލް ޑްރާމާ ހޮވުމަށް އެސްއެމްއެސް ކުރުމަށް ހުޅުވައިލައިފައި ވަނީ 07 ޖޫން 2019 ހުކުރުދުވަހުގެ (މިއަދު) ހެދުނު 9:00 އިން 15 ޖޫން 2019 ވާ ހޮނިހިރު ދުވަހުގެރޭ ރޭގަނޑު 00:00 އާ ހަމައަށެވެ.
ޑްރާމާއަށް އެސްއެމްއެސް ކުރުމަށްޓަކައި ޑީއެމް (ހުސްތަންކޮޅެއް) ޖެއްސެވުމަށްފަހު ޑްރާމާގެ ނަން ޖައްސަވައި 300 އަށް އެސްއެމްއެސް ކުރެއްވުމަށް ޓީވީއެމްއިން އެދެއެވެ.
މި މުބާރާތުގައި މިފަހަރު ބައިވެރިކޮށްފައިވަނީ ތިން ޑްރާމާ އެވެ. އެއީ ކަސްޓަމްސް ޑްރާމާ “މަރު”، ވެމްކޯ ޑްރާމާ “ނަމަ” އާއި އެމްއޭސީއެލް ޑްރާމާ “ނަކަލު” އެވެ.
ކުރައްވާ ކޮންމެ އެސްއެމްއެސް އަކަށް 01 ރުފިޔާ ޗާޖް ކުރާއިރު، ކޮންމެ ނަންބަރަކުން ވެސް ކިތަންމެ ގިނަ އެސްއެމްއެސް ވެސް ކުރެވޭނެ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 9 ނޮވެމްބަރ 2024ޚަބަރު“ދޭދަރު ރުއިން” ގެ ޓިކެޓް ވިއްކަން ފަށައިފި
- 8 ނޮވެމްބަރ 2024ޚަބަރުހިލްމީގެ “ލަމްހާ” ގެ ނަން އާއްމުކޮށްފި
- 6 ނޮވެމްބަރ 2024ޚަބަރު“ދޭދަރު ރުއިން” ޓްރެއިލާއިން އެހެން ޝަރަފެއް
- 1 ނޮވެމްބަރ 2024ޚަބަރުނޫމާއަށް އެކްޓްކުރަން އެންމެ ފަސޭހައީ ކާކާ އެކުގައިބާ؟