ކުރިއަރަމުން އަންނަ އައު ރިކޯޑްލޭބަލް “އިއްޔަ ރެކޯޑްސް“ގެ ފުރަތަމަ ލައިވް މިއުޒިކް ނައިޓް މާލޭގެ މަޝްހޫރު ރެސްޓޯރެންޓެއް ކަމަށްވާ ‘ކަބްސާ ލައުންޖް‘ގައި މިމަހު 28 ވަނަ ދުވަހުގެ ރޭ ކުރިއަށް ގެންގޮސްފިއެވެ.
“އިއްޔަ ރެކޯޑްސް“ގެ ލައިވް މިއުޒިކް ނައިޓްގައި ލަވަކިޔާފައިވަނީ “އިއްޔަ ރެކޯޑްސް” އާއި ގުޅިފައިވާ ފަންނާނުންނެވެ. އެގޮތުން މޯލްޑިވިއަން އައިޑޮލް ސީޒަން ދެއަކުން ދެވަނަ ހޯދި ހަމޫދު އަޙްމަދު، ޓްރޯ، ޒޫމް، ސާނިޔާ، ޒަޔާން، މަޝްހޫރު ބީޓްބޮކްސަރ އަކްރަމް (އަކޫ)، މާއިޝް އަދި ޝާޒް ހިމެނެއެވެ.

އިއްޔަ ރެކޯޑްސްގެ ފުރަތަަމަ ލައިވް މިއުޒިކް ނައިޓް ކަބްސާގައި ވަރަށް ފޯރިގަދަ – ފޮޓޯ: އިއްޔަ ރެކޯޑްސް
ކަބްސާ ލައުންޖްގައި ރޭ ކުރިއަށްދިޔަ ޝޯއަކީ މިހައިތަނަށް ކަބްސާގައި ކުޅުނު އެންމެ ވަރުގަދަ، މީހުން އެންމެ ގިނައިން ދިޔަ ޝޯކަމަށް މަޢުލޫމާތު ލިބެއެވެ. ރޭގެ ޝޯގައި، “އިއްޔަ ރެކޯޑްސް” އިން ނެރުމަށް ހަމަޖެހިފައިވާ ދެ ލަވައެއް ޕްރިމިއާކޮށްފައި ވެއެވެ.

އިއްޔަ ރެކޯޑްސްގެ ފުރަތަަމަ ލައިވް މިއުޒިކް ނައިޓް ކަބްސާގައި ވަރަށް ފޯރިގަދަ – ފޮޓޯ: އިއްޔަ ރެކޯޑްސް
ރޭގެ ޝޯގައި ‘ޓިކް ޓޮކް’ ގެ ކިންގް އަދި އިއްޔަ ރެކޯޑްސްގެ އަލަތު ވީޑިއޯ ލަވަ ‘ސޮރީ ހަނީ’ގެ ތަރި ޔާމްބެ އަކީ އިއްޔަ ރެކޯޑްސްގެ ޓިކް ޓޮކް އިންފުލުއެންޒަރ ކަމަށްވެސް އައްޔަންކޮށްފައި ވެއެވެ. ރޭގެ ޝޯ އަށްފަހު “އިއްޔަ ރެކޯޑްސް“ގެ ފަންނާނުންނަށް ވަރަށް ބޮޑަށް ތަޢުރީފު ލިބެމުންދާކަމަށް މަޢުލޫމާތު ލިބެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 6 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުގެ ޓިކެޓް ބްކިން މިއަދު ފަށަނީ!
- 4 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ރަސްމީ ޕޯސްޓަރާއި ބައެއް ލަވަތައް ނެރުމަށް އާއްމުކޮށް ހުޅުވާލައިގެން ބޮޑު އިވެންޓެއް!
- 30 މާރޗް 2025ޚަބަރު“ސޮރީ” ފިލްމުގެ ލަވައެއްގެ ޝޫޓިންއަށް ގިނަ ޢަދަދެއްގެ ކުޑަކުދިން ބޭނުންވެއްޖެ
- 30 މާރޗް 2025ރިޕޯޓްމެލަސްމާ އަކީ ކޮބާ؟
next joke please
ތި ޖޯކް ވަރަށް ސަޅި، ތި ޖޯކް ނިމުން އިރު އާޓިކަލް ކިއީމަ ދެރައީ