ސްރީ ލަންކާގައި އިއްޔެ ފެށިގެން ކުރިއަށްދާ ސާކް ފިލްމު މަހާސަމާ (ސާކް ފިލްމު ފެސްޓިވަލް)ގައި މަޝްހޫރު އެކްޓަރ އަދި ޑައިރެކްޓަރ ޢަލީ ސީޒަންގެ ފިލްމު ”ސޯލް“ ފުރަތަމަ ފަހަރަށް ދައްކައިފިއެވެ. ބައިސްކޯފުގައި ވެސް މިހާރު ”ސޯލް“ ރިލީޒްކޮށްފައިވާކަމަށް ސީޒަން މަޢުލޫމާތުދެއެވެ.
ފިލްމު ”ސޯލް“ޕްރިމިއާގައި ފިލްމުގެ ތަރިންނާއި ޑައިރެކްޓަރ ޢަލީ ސީޒަންގެ އިތުރުން ފިލްމުގެ މިއުޒިކް ހަދައިދިން ތިއްތި އާއި އެހެނިހެން ޓެކްނިކަލް އާޓިސްޓުން ބައިވެރިވިއެވެ.
އެސް ޕްރޮޑަކްޝަން އާާއި ބައިސްކޯފް ގުޅިގެން އުފައްދާފައިވާ ކުރު ފިލްމު ”ސޯލް“ ޕްރިމިއާ ކުރީ ލަންކާ ގަޑިންމިއަދު ހެނދުނު 11:00 ގައެވެ. މިއީ ބޭރުގެ ޤައުމެއްގައި ދިވެހިންގެ އުފެއްދުމަށް ޕްރިމިއާ ކުރެވުނު ފުރަތަމަ ފަހަރެވެ.
އއ. މަތީވެރީގައި ޝޫޓްކޮށްފައިވާ މި ފިލްމަކީ ސާކް ފިލްމު ފެސްޓިވަލްގެ ކުރު ފިލްމު ކެޓަގަރީ އަށް ޚާއްސަކޮށްގެން ހަދާފައިވާ ވިހި މިނެޓްގެ ފިލްމެކެވެ.
ފިލްމު ”ސޯލް“ ގައި ފިލްމީ ތަރި ޖުމައިހް (ޖުމާ)ގެ އިތުރުން ނުޒުހަތު ޝުއައިބު (ނުޒޫ) ފެންނާނެ އެވެ. މީގެ އިތުރުން ސްރީލަންކާގެ ފެޝަން ޑިޒައިނަރ، ޓޮޕް މޮޑެލް އަދި ފިލްމީ ފަންނާނެއްކަމަށްވާ އަމިލާ ކަރޫނާނަޔަކަ އާއި ސްރީލަންކާގެ މޮޑެލް، އެކްޓްރެސް އަދި ޓީވީ ޕްރެސެންޓަރ ނިޕްނިީ ވިލްސަން (ނިކީމިކީ) ހަރަކާތްތެރިވާނެ އެވެ. ނިޕްނީ ވިލްސަން އަކީ ‘ދެރަނަ ސިޓީ އޮފް ޑާންސް ސީސަން ދޭއް‘ ގައި މޮޅު ނެށުންތަކެއް ހުށައަޅައިދީފައިވާ ހުނަރުވެރި ނެށުންތެރިއެކެވެ.
ފިލްމުގައި މައިގަނޑުގޮތެއްގައި ވާހަކަ ދައްކަނީ އިނގިރޭސި ބަހުންނެވެ. އެހެން ނަމަވެސް ދިވެހި ޑައިލޮގް ތަކާއި ސިންގަޅަ ޑައިލޮގްތައް ވެސް ފިލްމުން އަޑުއިވިގެން ދިޔައެވެ.
ސާކް ފިލްމު މަހާސަމާ 2019 ގެ ޝެޑިއުލް އަށް ބަލައިލާއިރު، އިފްތިތާހީ ހަފްލާ ބޭއްވުނީ ޖުލައި 02 ގައި ސްރީ ލަންކާގެ ނޭޝަނަލް ފިލްމު ކޯޕަރޭޝަންގެ ’ދަ ސިނަމާ ހޯލް‘ ގައެވެ.
ޖުލައި 03 ން 07 އަށް މި މަހާސަމާގައި ބައިވެރިކޮށްފައިވާ ފިލްމުތައް ދައްކާނެއެވެ. 04 ޖުލައި ގައި ފިލްމު ވޯކްޝޮޕެއް ކޮލޮމްބޯ ފިލްމު އެންޑް ޓެލެވިޛަން އެކެޑަމީގައި އޮންނާނެ އެވެ.
ސާކް ފިލްމު ފެސްޓިވަލްގެ އެވޯޑް ދިނުމާއި ނިންމުމުގެ ހަފްލާ އޮންނާނީ 07 ޖުލައި ގައި ސްރީ ލަންކާގެ ނޭޝަނަލް ފިލްމު ކޯޕަރޭޝަންގެ ’ދަ ސިނަމާ ހޯލް‘ ގައެވެ.
ޖުލައި 04 ގައި ދިވެހި ފިލްމު “ގޮށްރާާޅު”ވެސް ދެއްކުމަށްވަނީ ހަމަޖެހިފައެވެ.
ފިލްމު ”ސޯލް“ގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރުކަން ފަޚްރުވެރިކަމާއެކު ކުރަމުން މިގެންދަނީ ’މުނިއަވަސް’ އިންނެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 18 އޭޕްރިލް 2025ޚަބަރުޝާރިފް އަންގަނީ “ހޯދުނު ގޮތަކަށް ހޯދަން”
- 18 އޭޕްރިލް 2025ޚަބަރުހުވާކޮށްފަ ބުނަން، މަށަށް ހީވަނީ މި މުބާރާތް ކާމިޔާބުކުރާނީ ދިވެހިރާއްޖެއިން – އަނޫ މަލިކް
- 15 އޭޕްރިލް 2025ޚަބަރު“ޓޫ އޮފް އަސް” ގެ ތިންވަނަ ހުށައެޅުން މާދަމާ ހަވީރު
- 15 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ފުރަތަމަ 05 ޝޯގެ ޓިކެޓް ބުކިން ފުލްވެއްޖެ