މަޝްހޫރު އެކްޓަރ، ޑައިރެކްޓަރ މުޙައްމަދު އަބޫބަކުރު (މާއެނބޫ)ގެ ޕްރޮޑަކްޝަން ހައުސް ’މީ ޕްރޮޑަކްޝަންސް‘ގެ ބިރުވެރި ފިލްމު ”ކާކު؟“ މި އަހަރު ސެޕްޓެމްބަރު 24 ގައި ރިލީޒްކުރުމަށް އަލުން ތާވަލުކޮށްފިއެވެ.
”ކާކު؟”ގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރ ’މުނިއަވަސް‘ އަށް ރޭގެ ވަގުތެއްގައި މަޢުލޫމާތު ދެމުން މާއެނބޫ ބުނީ 24 ސެޕްޓެމްބަރަކީ ފިލްމު ރިލީޒްކުރުމަށް ނިންމާފައިވާ ތާރީޚް ކަމަށެވެ. މިހާރު ކްލެސިފައިވެސް ކޮށް ނިމިފައިވާ މި ފިލްމަކީ ގިނަ ތަފާތު އައު ވިޒުއަލް އިފެކްޓް ތަކެއް ހިމެނޭނެ ފިލްމެއްކަމަށްވެސް އެމްއީ ޕްރޮޑަކްޝަނުން ބުނެއެވެ.
މަޝްހޫރު ސްކްރީން ރައިޓަރ މަހުދީ އަހުމަދުގެ ސްކްރިޕްޓަކަށް ހަދާ ބިރުވެރި ފިލްމު ”ކާކު؟“ އިން ފެނިގެންދާނީ ރަށަކަށް ގޮސް ގެއެއްގައި މަޑުކުރާ ފަސް ރަހުމަތްތެރިންނަށް ކުރިމަތިވާ ބިރުވެރި ހާދިސާތަކެކެވެ.
”ކާކު؟“ ގެ ކާސްޓަށް ބަލައިލާއިރު، ފިލްމު ”އެ ދަތުރު“ އާއި ގިނަ އަދަދެއްގެ ވީޑިއޯ ލަވަތަކުން ފެނިފައިވާ އިބްރާހީމް ސޮބާ (ކުޑަ ސޮބާ) އާއި މާއެނބޫ މީގެ ކުރިން ގެނެސް ދިން ފިލްމެއް ކަމަށްވާ ”ހިތް ވިންދާ ނުލާ“ ގެ ބަތަލު ޝާފިއު މުހައްމަދުގެ އިތުރުން އަލަށް ތައާރަފުވާ ޔާސިރާ އާއި މިހާރު ކުރިއަރަމުން އަންނަ އިރްފާނާ އިބްރާހީމް (އިރޫ) ހިމެނެވެ. އިރޫގެ ވަރަށް ތަފާތު އެކްޓިންއެއް މި ފިލްމުން ފެނިގެންދާނެ ކަމަށް އެމްއީ ސްޓޫޑިއޯ އަށް މުނިއަވަސް ޓީމުން ކުރި ޒިޔާރަތުން ވަނީ ފެނިފައެވެ. މި ފިލްމުގައި މާއެނބޫ ވެސް ވަރަށް ޚާއްޞަ ފެނިލުމަކުން ފެނިގެންދާނެ އެވެ.
ފިލްމުގައި އެންމެ ތަފާތު، އަދި ބެލުންތެރިންނަށް ކަމުދާނެ އެއް ކެރެކްޓަރ އެއް ހުށައަޅައިދީފައިވާ މަޝްހޫރު ޑައިރެކްޓަރ އަދި އެހާމެ ކުޅަދާނަ އެކްޓަރ ހާމިދު ޢަލީ މި ފިލްމާމެދު ބުނީ އޭނާ މި ފިލްމު ކުޅުނީވެސް ފިލްމުގެ ސްކްރިޕްޓް ކިޔުމަށްފަހު ފިލްމުގައި އޭނާއަށް ލިބިފައިވާ ރޯލު ކުޅޭހިތުން، ބޭނުންވެގެން ކަމަށެވެ. އަދި މި ފިލްމުގައި އޭނާގެ މޮޅު އެކްޓިންއެއް ފެނިގެންދާނެ ކަމަށެވެ.
ފިލްމުގެ ފައިނަލް ކޮޕީގެ ގިނަ މަންޒަރުތަކެއް މުނިއަވަސް ގެ ޓީމަކުން ބަލައިލުމުގެ ފުރުޞަތު ލިބިފައިވާއިރު، މި ފިލްމަކީ ފިލްމުގެ ލީޑް ތަރިންކަމަށްވާ ކުޑަސޮބާ އާއި އިރޫ އަދި ސަޕޯޓިން ތަރިންގެ ފަރާތުންވެސް މޮޅު އެކްޓިންއެއް ފެނިގެންދާނެ ފިލްމެއްކަން ފާހަގަކޮށްލެވެއެވެ. ޚާއްޞަކޮށް ފިލްމުގައި ގެނެސްދީފައިވާ ވިޒުއަލް އިފެކްތަކުގެ ފެންވަރު ރަނގަޅުކަމާއި ތަފާތުކަން ފާހަގަކޮށްލެވެއެވެ.
24 ސެޕްޓެމްބަރަށް ތައްޔާރުވާށެވެ. “ކާކު؟” މި ފިލްމު ބަލައިގެން “ކާކު؟” އެއީ “ކާކު؟“ކަން އެނގިގެންދާނެ އެވެ.
ފިލްމު ”ކާކު؟“ ގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރުކަން ފަޚްރުވެރިކަމާއެކު ކުރަމުން މިގެންދަނީ ’މުނިއަވަސް’ އިންނެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- މުނިއަވަސް ގެ ފައުންޑަރ އަދި އެޑިޓަރ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 22 ސެޕްޓެމްބަރ 2023ޚަބަރުދުވާލެއްގެ މައްޗަށް 08 ލީޓަރުގެ މިނިކިރު އުފެދޭ މީހެއްގެ ވީޑިއޯ!!
- 17 ސެޕްޓެމްބަރ 2023އިޖްތިމާޢީލޯންޑްރީ ޓްރިކްސް : ހުދު ފޭރާން އިތުރަށް ހުދުކޮށް ބެހެއްޓުމަށް ތިން އުކުޅެއް!
- 29 އޭޕްރިލް 2021ރެސިޕީއަނބު މޮހީޓޯ – މުނިއަވަސް ރަހަފަތް
- 18 ނޮވެމްބަރ 2019ޚަބަރުސޮނާލިކާ އަކީ ކޮމޯލިކާ ކަން ޕްރޭނާއަށް ފަޅާއަރަނީ