‘މީ ޕްރޮޑަކްޝަން’ އިން ގެނެސްދޭ ބިރުވެރި ފިލްމު ”ކާކު؟”ގެ ރަސްމީ ޓްރެއިލަރ މާދަމާ ރިލީޒްކުރާނެ ކަމަށް ފިލްމުގެ ޕްރޮޑިއުސަރ އަދި ޑައިރެކްޓަރ މުޙައްމަދު އަބޫބަކުރު (މާއެނބޫ) ބުނެފިއެވެ.
މުނިއަވަސް އަށް މާއެނބޫ ބުނީ ކުރިން އާއްމުކޮށްފައިވާ ޓީޒާއާއި ޚިލާފަށް މާދަމާ ނެރޭ ޓްރެއިލަރގައި ބިރުވެރި އެތަކެއް މަންޒަރުތަކެއް ހިމަނާފައިވާނެކަމަށެވެ. މީގެ އިތުރުން މީގެ ކުރިން ފެނިފައި ނުވާފަދަ އެފްއެކްސް އެ ޓްރެއިލާއިން ފެނިގެންދާނެ ކަމަށްވެސް މާއެނބޫ ބުންޏެވެ.
މިއަހަރު ސެޕްޓެމްބަރު 24 ގައި ރިލީޒްކުރުމަށް ނިންމާފައިވާ ބިރުވެރި ފިލްމު ”ކާކު؟”ގެ ތަރިންގެ ތެރޭގައި ‘ފޯޓީ ޕްލަސް’ އާއި ވެބް ސީރީޒް ‘ހުވާ’ގައި މޮޅު އެކްޓިންއެއް ދައްކާފައިވާ ހުނަރުވެރި ތަރި އިރްފާނާ އިބްރާހީމް (އިރޫ) އާއި މަޝްހޫރު އެކްޓަރ ޑައިރެކްޓަރ ހާމިދު އަލީ އާއި ވީޑިއޯ ލަވަތަކުން ފެނިފައިވާ އިބްރާހީމް ސޮބާ (ކުޑަސޮބާ) އާއި ’މީ ޕްރޮޑަކްޝަން‘ އިން އުފެއްދި ފިލްމެއް ކަމަށްވާ ”ހިތް ވިންދާ ނުލާ“ ގެ ބަތަލު ޝާފިއު މުހައްމަދުގެ އިތުރުން ’މީ ޕްރޮޑަކްޝަން‘ އިން އުފެއްދި އެމީހުންގެ ފުރަތަމަ ވެބްސީރީޒް ’އަހަރެންވެސް ލޯބިވޭ‘ އިން ފެނިގެންދިޔަ އައިޝާތު ޔާސިރާ ހިމެނެއެވެ.
ފިލްމުގެ އެފްއެކްސް ހަދާފައިވަނީ ބޮޑު ރިޔާ އެވެ. ‘މީ ޕްރޮޑަކްޝަން’ގެ ފުރަތަމަ ވެބް ސީރީޒް ’އަހަރެންވެސް ލޯބިވޭ‘ގެ ހިތްގައިމު ބެކް މިއުޒިކް ހަދާފައިވާ ސޯލް ސީރީޒްގެ ބެކް މިއުޒިކް މި ފިލްމުގައި އަޑުއިވިގެންދާނެ އެވެ.
”ކާކު؟”ގެ ޓިކެޓްވެސް މިހާރު ވިއްކަން ފަށާފައިވާއިރު، ފިލްމުގެ ޓިކެޓް ބުކްކުރުމަށް 7954191 ނަންބަރަށް ގުޅުމަށް ފިލްމުގެ ޕްރޮޑްކްޝަން ޓީމުން އެދެއެވެ.
މަހްދީ އަހްމަދުގެ ސްކްރީންޕްލޭ އަކަށް ކުޅެފައިވާ ފިލްމު ”ކާކު؟“ އިން ފެނިގެންދާނީ ރަހުމަތްތެރިން ތަކަކަށް ދިމާވާ ބިރުވެރި ކަންތައްތަކެއް ކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނެއެވެ. މި ފިލްމްގެ ހުރިހާ މަންޒަރެއްވެސް ނަގާފައިވަނީ ހދ. ކުޅުދުއްފުށީގައެވެ.
ފިލްމަށް ކޮސްޓިއުމް ފޯރުކޮށްދީފައިވަނީ ‘ޕެންޓަގްރާމް’ އިންނެވެ. ކެމެރާ ކޮށްފައިވަނީ މާއެނބޫއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!