މާލޭގައި 19 ހައުސްފުލް ޝޯ އާއެކު ރެކޯޑް މުގުރާލަމުން އެތައް ބަޔަކަށް “މާމުއި”ގެ ފޮނިކަން ލިއްބައިދިނުމަށްފަހު، ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ހިތްގައިމު މޮޅު ކޮމެޑީ ފިލްމު ”މާމުއި“ގެ ފޮނިކަން އެކެއް އޮގަސްޓުން ފެށިގެން ލ. އަތޮޅު ބައެއް ރަށްރަށް ގެނައުމަށް ކޮމެޑީ ތަރި ސުނީ ހުރީ ތައްޔާރަށެވެ. އެހެންކަމުން 01 އޮގަސްޓް (މާދާމާ) އިން ފެށިގެން ލާމު ކުދިން “މާމުއި” ބޯން ތައްޔާރުވާށެވެ.
މުނިއަވަސް އަށް މަޢުލޫމާތު ދެމުން، ލ. އަތޮޅަށް ”މާމުއި“ގެ ފޮނިރަހަ ލައްވައިލުމަށް މަސައްކަތްކުރަމުންދާ މުޙައްމަދު ސުނިލް (ބަތަލް) ބުނީ އޮގަސްޓް އެއްވަނަ ދުވަހުގެ ރޭ ލ. ގަމުގައި، އޯގަސްޓް ދެވަނަ ދުވަހުގެ ރޭ ލ. ފޮނަދޫގައި، އޯގަސްޓް ތިންވަނަ ދުވަހުގެރޭ ލ. މާމެންދޫގައި އެޅުވުމަށްފަހު އޯގަސްޓް ހަތަރުވަނަ ދުވަހުގެރޭ ލ. މާވަށުގައި އަދި އޯގަސްޓް ހަވަނަ ދުވަހުގެ ރޭ ލ. މާބައިދޫގައި ”މާމުއި“ ދައްކާނެ ކަމަށެވެ.
”މާމުއި“ އަކީ ޑާކްރެއިންގެ އެންމެ އަގުބޮޑު ފިލްމެވެ. ފިލްމުގެ ވާހަކަ ލިޔުނީ އައިޝަތު ފުއާދު އަދި އަހްމަދު ތޮލާލުއެވެ. އެ ފިލްމުގެ ޕްރޮޑިއުސަރަކީ މުހައްމަދު އަލީ (މޮގާ)އެވެ. ފިލްމުގެ ޑައިރެކްޓްކުރީ މިވަގުތު ރާއްޖޭގައި ތިބި އެންމެ ފުންނާބު އުސް ޑައިރެކްޓަރުންގެ ލިސްޓުގެ އެންމެ ކުރީ ސަފުގައި ގުނާލެވޭ އަލީ ޝިފާއު (ޗިއްޕެ)އެވެ.
”މާމުއި”ގެ ތަރިންގެ ތެރޭގައި ޖުމައްޔިލް ނިމާލް (ޖުމަލް)، މަރިޔަމް އައްޒަ، އަޙްމަދު ސަޢީދު، މުހައްމަދު ފައިސަލް، މަރިޔަމް މަޖުދާ (މަޖޫ)، ޝީލާ ނަޖީބް، ނުޒުހަތު ޝުއައިބް (ނުޒޫ)، އިބްރާހީމް ޝާފިއު (ފުބޫ)، އިސްމާއިލް ޖުމައިހް (ޖުމާ)، އަހުމަދު ސުނީ، ހަމްދާން ފާރޫގް، މަރިޔަމް ނޫރާ، އަލީ ޝަޒްލީމް، އާދަމް ރިޒްވީ (ރެކްސް)، އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ) އަދި އިބްރާހީމް އަމާން ފަދަ ތަރިން ހިމެނެ އެވެ. މީގެ އިތުރުން ”މާމުއި” ގެ ކާސްޓުންގެ ތެރޭގައި މަޝްހޫރު ފިލްމީ ތަރި އިސްމާޢީލް ވަޖީހްގެ ފެންނައިރު، ޗިއްޕެގެ އަންހެނުން އައިޝަތު ޔާދާ ވެސް މި ފިލްމުން ފެނިގެންދިޔައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- މުނިއަވަސް ގެ ފައުންޑަރ އަދި އެޑިޓަރ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 22 ސެޕްޓެމްބަރ 2023ޚަބަރުދުވާލެއްގެ މައްޗަށް 08 ލީޓަރުގެ މިނިކިރު އުފެދޭ މީހެއްގެ ވީޑިއޯ!!
- 17 ސެޕްޓެމްބަރ 2023އިޖްތިމާޢީލޯންޑްރީ ޓްރިކްސް : ހުދު ފޭރާން އިތުރަށް ހުދުކޮށް ބެހެއްޓުމަށް ތިން އުކުޅެއް!
- 29 އޭޕްރިލް 2021ރެސިޕީއަނބު މޮހީޓޯ – މުނިއަވަސް ރަހަފަތް
- 18 ނޮވެމްބަރ 2019ޚަބަރުސޮނާލިކާ އަކީ ކޮމޯލިކާ ކަން ޕްރޭނާއަށް ފަޅާއަރަނީ