ދިވެހި ފިލްމީ ދާއިރާއަށް އައު ފަންނާނުން ތަޢާރަފުވެ، މި ދާއިރާ ކުރިއަރައިގެން ދިއުމަކީ ދާއިރާގެ ކުރިމަގަށްޓަކައި ކިތަންމެހައިވެސް ބޭނުންތެރި ކަމެކެވެ. އަލަށް ޑައިރެކްޝަންގެ ދާއިރާއަށް ނުކުންނަ އިލްޔާސް ވަހީދުގެ ‘އައި ފިލްމްސް’ އިން އުފައްދާ ފުރަތަމަ ފީޗާ ފިލްމު ”ބަވަތި” އަކީ މި ދާއިރާއަށް އައު ފަންނާނުންތަކެއް ނެރެދޭ ފިލްމެކެވެ. ފިލްމީ ތަރިންގެ އިތުރުން، ޓެކްނިކަލް މަސައްކަތްތަކާއި މޭކަޕް އާޓިސްޓުންވެސް މިވަނީ މި ފިލްމުން އަލަށް ނެރެދީފައެވެ.

މިއަހަރު ސެޕްޓެމްބަރު ދެވަނަ ދުވަހުގެރޭ ރިލީޒްކުރާ ”ބަވަތި” ބަލަންޖެހޭ ސަބަބުތަކުގެ ތެރެއިން ފުރަތަމަ ދެ ސަބަބު މުނިއަވަސްގެ ކިޔުންތެރިންނާއި ހަމައަށް މިހައިތަނަށް ގެނެސްދީފައި ވާނެއެވެ. މިއަދު މި ބަލައިލަނީ ”ބަވަތި” ބަލަންޖެހޭ ތިންވަނަ ސަބަބުގެ މައްޗަށެވެ.

ފިލްމަށް މޭކަޕްކޮށްފައި ވަނީ މަޝްހޫރު މޭކަޕް އާޓިސްޓެއް
ބަވަތި މިފިލްމުން ދިވެހި ފިލްމު އިންޑަސްޓްރީއަށް ތައާރަފުވަނީ ހަމަ އެކަނި އާ އެކްޓަރުން އެކަންޏެންނޫނެވެ. އާ ޑައިރެކްޓަރެއްގެ އިތުން އާ ޕްރޮޑިއުސަރެއްވެސް މިވަނީ އުފަންވެފައެވެ. އަދި ހަމަ އެހެންމެ މިފިލްމުން ފިލްމް އިންޑަސްޓްރީއަށް އާ މޭކަޕް އާޓިސްޓެއްވެސް ތައާރަފްވެގެންދާނެ ކަމަށް ފިލްމްގެ ޑައިރެކްޓަރ އިލްޔާސް ވަހީދު (އިއްލެ) ބުނެއެވެ.

“ބަވަތި”ގައި ނުޒޫގެ މޭކަޕް ކުރީ ރުތުބާ – ފޮޓޯ: އައި ފިލްމްސް

ރުތުބާ އަހުމަދަކީ މިހާރުވެސް ގިނަ ޒުވާނުން ތަކަކަށް އެނގޭ މޭކަޕް އާޓިސްޓެކެވެ. މިކަން އޭނާގެ އިންސްޓަގްރާމް ޕޭޖްގެ 12000 (ބާރަހާސް) ފޮލޮވާޒްއިން ވެސް ޔަގީންކޮއްދެއެވެ. ރުތުބާގެ އިންސްޓަގްރާމް ޕޭޖް ބަލައިލިޔަސް ރުތުބާގެ ގްލެމަރ މޭކަޕް އަދި ސްޕެޝަލް އެފެކްސް މޭކަޕްގެ ކުޅަދާނަކަން އެނގޭނެއެވެ. މިކަހަލަ ހުނަރުވެރި ފަންނާނެއްގެ މޭކަޕް ހިމެނުމަކީ ދިވެހި ފިލްމަކަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭނެ ކަމެއްކަމުގައި އަޅުގަނޑުވެސް ގަބޫލްކުރަމެވެ.

ރުތުބާ ކޮށްފައިވާ ގްލެމަރ މޭކަޕް – ފޮޓޯ: ރުތުބާގެ އިންސްޓަގްރާމުން

މިދިޔަ ހަފްތާގެ ވީޓީވީ ‘ސިނަމާ އެންޓަޓެއިންމަންޓް’ ޕްރޮގްރާމްގައި ވާހަކަދައްކަމުން ރުތުބާ ބުނެފަވަނީ ވަރަށްވެސް ތަފާތު އަދި ފުރިހަމަ މޭކަޕްތަކެއް ”ބަވަތި”އަށް ކޮއްފައިވާނެ ކަމަށެވެ. އަދި އޭގެ ތެރެއިން ރުތުބާ އާންމުކޮށް ނުކުރާ ކަހަލަ މޭކަޕެއް ކަމަށްވާ “ނޯ މޭކަޕް މޭކަޕް” ނުވަތަ މޭކަޕް ކޮށްފައި ހުންނަހެން ހީނުވާގޮތަށް ކޮށްފައި ހުންނަ ޚާއްޞަ މޭކަޕެއް ވެސް ބަވަތީގައި ފެނިގެން ދާނެ ކަމަކަށް ރުތުބާ ބުނެފަައި ވެއެވެ.

“ބަވަތި”ގައި މޭކަޕް ކުރީ ރުތުބާ – ފޮޓޯ: އައި ފިލްމްސް

ބަވަތި”އަށް ކޮށްދީފައިވާ މޭކަޕްތަކާމެދު އިތުރަށް ރުތުބާ ބުނީ އޭނާ ކޮށްފައިވާ ބައެއް މޭކަޕްތައް ފިލްމްގައި ނުފެނިދާނެ ކަމަށާ އެއީ ފިލްމުގެ ބައެއް މަންޒަރުތައް ފަހުން މަދުކުރިއިރު ޑިލީޓްކޮށްލާފައިވާ ސީންތަކުގައި ހުރިމޭކަޕް ކަމަށްވެސް ރުތުބާ ބުންޏެވެ. މީގެ އިތުރުން ރުތުބާ އާއި ކުރެވުނު ސުވާލަކަށް ޖަވާބުދެމުން ބުނީ ”ބަވަތި” ފިލްމްގެ މޭކަޕްތައް ވަރަށް ފުރިހަމަވާނެކަމަށާއި އިންޓަވިއުގައި ހުރިހާ އެއްޗެއް ކިޔައިދީފިނަމަ ފިލްމްގެ ސަސްޕެންސް ގެންލިދާނެތީ ހުރިހާ ތަފްސީލެއް ދެވެން ނެތްކަމަށެވެ.

ރުތުބާ ކޮށްފައިވާ އެފްއެކްސް މޭކަޕް – ފޮޓޯ: ރުތުބާގެ އިންސްޓަގްރާމުން

އެހެންކަމުން ރުތުބާ ސިއްރުކޮށްފައި އެވަނީ ކޮން ކަހަލަ ޚާއްސަ މޭކަޕްތަކެއް ތޯ ބަލައިލަންވެސް ”ބަވަތި” ބަލައިލަން ދިއުމަކީ ދިވެހި ފިލްމަށް ލޯބިކުރާ ފަރާތްތަކަށް މުހިންމުވާނެ ކަމެއްނޫންތޯއެވެ.

ފިލްމު ”ބަވަތި”ކެމެރާ ކޮށްފައި ވަނީ ގައުމީ އެވޯޑު ހޯދާފައިވާ ސިނަމޮޓޮގްރާފަރ އިބްރާހިމް ވިޝާން (ކަނޑި) އެވެ. ގިނަ ވިޒުއަލް އިފެކްޓްސްތަކެއް ވެސް ހިމެނޭ މި ފިލްމުގެ އެ މަސައްކަތް ވަރަށް ފުރިހަމައަށް ކުރަމުން ދަނީ ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތްތަކާއި ހަވާލުވެފައިވާ ޒުވާން ޓީމް، އޯކޭޒް އިންކް އިންނެވެ.

އިލްޔާސް ވަހީދުގެ ”އައި ފިލްމްސް“ އިން އަލަށް އުފައްދާ ފީޗާ ފިލްމު ”ބަވަތި”ރިލީޒްކުރާނީ މިއަހަރުގެ އަންނަ ސެޕްޓެމްބަރު މަހު ދޭއްގައެވެ.

ބަވަތި”ގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.