ވީމީޑިއާގެ ދެވަނަ ފީޗާ ފިލްމު “ކޮސް ގިނަ މިސްޓޭކް” ގެ ތަރިންގެ ނަންތައް އިޢުލާނުކޮށް، ފިލްމުގެ އެކިއެކި ކަންތައްތަކުގައި ޝާމިލުވާ ފަރާތްތަކަށް މަސައްކަތް ހަވާލުކުރުމަށް މިމަހު ނުވަވަނަ ދުވަހުގެ ރޭ ވީމީޑިއާގައި ބޭއްވި ހަފުލާގައި ފިލްމުގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް މުނިއަވަސް ހަމަ ޖައްސާފައިވާކަން އިޢުލާނުކޮށްފިއެވެ.
އަހަރުގެ ލޯބީގެ ކޮމެޑީ ފިލްމުގެ ހޭޝްޓެގާއިއެކުގައި އިންތިހާރުކުރަން ފަށާފައިވާ ފިލްމު “ކޮސް ގިނަ މިސްޓޭކް”ގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް މުނިއަވަސް ހަމަޖައްސައި އެކަމުގެ ޒިންމާ ހަވާލުކޮށްދެއްވީ އައިލެންޑް ބްރޯޑްކާސްޓިން ކޮމްޕެނީގެ ކޮންސަލްޓެންޓް މުޙައްމަދު ރަޒީން އެވެ. މުނިއަވަސްގެ ފަރާތުން މި ތާރީޚީ ފިލްމު، އޮންލައިންކޮށް ޕްރޮމޯޓްކުރުމުގެ މަސައްކަތާއި ހަވާލުވުމަށް މި ހަފުލާގައި ބައިވެރިވީ މުނިއަވަސްގެ ޑެޕިއުޓީ އެޓިޓަރ އަލީ ނިހާސް އެވެ.
“ކޮސް ގިނަ މިސްޓޭކް”ގެ އޮންލައިން ޕާޓްނަރަކަށް މުނިއަވަސް މަސައްކަތްކޮށްދިނުމަށް ނިންމީތީ އައިލެންޑް ބްރޯޑްކާސްޓިން ކޮމްޕެނީގެ ކޮންސަލްޓެންޓް މުޙައްމަދު ރަޒީން، މުނިއަވަސް އަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރެއްވިއެވެ.
ވީމީޑިއާއިން މުނިއަވަސް އަށް މި ފުރުޞަތު ދެއްވީތީ މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ޢަލީ ނިހާސް، ވީމީޑިއާ އާއި މި ފިލްމުގެ ކަންތަތަކުގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރެއްވިއެވެ.
“މި ފުރުޞަތު އަޅުގަނޑުމެން ފާހަގަކޮށްލަން ބޭނުންވަނީ ވީމީޑިއާއިން ވީމީޑިއާގެ ދެވަނަ ފިލްމުން އަޅުގަނޑުމެންނަށް ފުރުޞަތު ލިބުނީތީ ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ދެން އޮންލައިން މީޑިއާ ޕާޓްނަރެއްގެ ގޮތުން މުނިއަވަސް އަބަދުވެސް މަސައްކަތްކުރަމުން މިދަނީ ދިވެހިރާއްޖޭގެ ފިލްމު އިންޑަސްޓްރީއާ ބެހޭގޮތުން ތަފާތު އެކިއެކި ޚަބަރުތައް ގެނެސްދިނުމުގެ ގޮތުން. ދެން އަޅުގަނޑުމެން ބެލުންތެރިންނަށް ޔަޤީންކޮށް އަރުވަން އެއްވެސް ޚަބަރެއް އަޅުގަނޑުމެން މި ފިލްމާ ބެހޭގޮތުން އުނިކޮށްނުލައި ހުރިހައި ޚަބަރެއް ފުރިހަމައަށް ގެނެސްދޭނެ ކަމަށް. އެހެންވީމަ ވީމީޑިއާއިން އަޅުގަނޑުމެންނަށް އިތުބާރުކުރައްވާ މި ފުރުޞަތު އަޅުގަނޑުމެނަށް ދެއްވިކަމަށްޓަކައި މުނިއަވަސް އާ މުނިއަވަސްގެ ޓީމުގެ ފަރާތުން އަޅުގަނޑު، ވީމީޑިއާގެ ޓީމަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.” ވީމީޑިއާގެ ސިނަމާ އެންޓަޓެއިންމެންޓް ޝޯ މެދުވެރިކޮށް ޑެޕިއުޓީ އެޓިޓަރ ވިދާޅުވިއެވެ.
މީޑިއާ ޕާޓްނަރުކަން މުނިއަވަސް އަށް ހަވާލުކުރެއްވުމަށްފަހު ވީމީޑިއާއިން ފިލްމު ހަދަން ނުކުތުމަށްފަހު ވަރަށް ގިނަ ފަރާތްތަކެއްގެ ހިތުގައި އުފެދިފައިވާ ސުވާލެއްގެ ޖަވާބު އައިލެންޑް ބްރޯޑްކާސްޓިން ކޮމްޕެނީގެ ކޮންސަލްޓެންޓް މުޙައްމަދު ރަޒީން ދެއްވިއެވެ.
“ވީމީޑިއާއިން ފިލްމު ހަދަން ނިކުންނަން ގަސްދުކުރާވާހަކަ ދެއްކީސުރެން ވަރަށް ގިނަ ބައެއްގެ ހިތުގަ އުފެދޭ ސުވާލެއް، މީ ފިލްމީ ދާއިރާގަ، ކުދިކުދި ފިލްމު ހަދާ ފަރާތްތަކާ ވީމީޑިއާ ނުވަތަ ވީޓީވީން ކޮމްޕީޓް ކުރަނީ ހެއްޔޭ؟ އެއަށް އަޅުގަނޑު މިރޭ އެއްޗެއް ދަންނަވާލަން ބޭނުން. އަސްލު ވީމީޑިއާއިން ފިލްމު ހަދާކަށް ނޫން ފެށީކީ. ވީޓީވީ ނުވަތަ ވީމީޑިއާއަކީ ވަރަށް ޑައިވަރސް ކުންފުންޏަކަށް ބަދަލުކުރުމުގެ ވިސްނުމެއް އައީ. އެއީ ޚަބަރު އެކަނި ދިވެހި ރައްޔިތުންނަށް ނުފުދޭކަން. އެންޓަޓެއިންމެންޓް ކޮންޓެންޓް ބޭނުންވާކަން. އެހެންވީމަ އެގޮތުން އަޅުގަނޑުމެން ބޭނުންވީ އަސްލުގަ އަބަދުވެސް އަހަރަކު ދެ ފިލްމެއްވަރު ހަދާ ފިލްމީ ދާއިރާގަ އުޅޭ މީހުންނަށް އަބަދުވެސް މަސައްކަތެއް އޮންނާނެ ގޮތަކަށް މި އިންޑަސްޓްރީ ބައްޓަންވެގެން ދިއުން. އެއީ ވަރަށް ގިނަފަހަރަށް މި އަމިއްލަ ފަރާތްތަކުން ފިލްމު ހަދާއިރުގަ އެ ފިލްމުން ލިބޭ އެއްޗަކުން ދެވަނަ ފިލްމެއް ހަދާނެތޯ ނުހަދާނެތޯ އެ ސުވާލުގަ ތިބޭ. އެހެން ނަމަވެސް އަޅުގަނޑުމެން ފިލްމުގެ ފައިދާއަށްވުރެން ބޮޑަށް ކޮންޓިނުއަސްލީ މި ކޮންޓެންޓް ޕްރޮޑަކްޝަން ހައުސްއެއްގެ ގޮތުގަ ކޮންޓެންޓް އުފެއްދުމުގަ ދެމިތިބިއްޔާ އަބަދުވެސް ފިލްމީ ދާއިރާގަ މަސައްކަތްކުރާ މީހުންނަށް ކޮންމެވެސް މަސައްކަތެއް ހަވާލުވެފަ އޮންނާނެ ކަމުގެ ނިޔަތުގަ އަސްލު މިކަން ފެށީ.”
ފިލްމު “ކޮސް ގިނަ މިސްޓޭކް” އަކީ ޔޫއްޕެ ލިޔެ ޑައިރެކްޓްކުރާ ލޯބީގެ މަޖާ ފިލްމެކެވެ. ފިލްމު ރިލީޒްކުރުމަށް ނިންމާފައިވަނީ މިއަހަރު ނޮވެމްބަރު މަހުގެ ދެވަނަ ހަފުތާ ތެރޭގައެވެ.
“ކޮސް ގިނަ މިސްޓޭކް”ގެ އިތުރުން މިއަހަރު ކުރިއަށް ނިކުންނަން ހުރި ގިނަ ފިލްމުތަކެއްގެ އޮންލައިން މީޑިއާ ޕާޓްނަރުކަން ވަރަށް އިޚްލާޞްތެރިކަމާއެކު ކުރަމުން މިގެންދަނީ މުނިއަވަސް އިންނެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!