އިލްޔާސް ވަޙީދުގެ އައި ފިލްމްސްގެ ފުރަތަމަ ފީޗާ ފިލްމު ”ބަވަތި”ގެ ޓިކެޓް މިމަހު 20ން ފެށިގެން އޮލިމްޕަހުން ވިއްކަން ފަށާނެކަމަށް ފިލްމުގެ ޑައިރެކްޓަރ ބުނެފިއެވެ.

ބަވަތި”ގެ ޓިކެޓް ގަތުމަށް ޕްރީ-ބުކިންގ ހެއްދުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، އަތޮޅު ތަކުގައި މިފިލްމު އަޅުވަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު އެބައޮތް ކަމަށްވެސް އިލްޔާސް ބުންޏެވެ. ”ބަވަތި”ގެ ޕްރީ-ބްކިން ހެއްދުމަށް 7390005 ފޯނު ނަންބަރު އައި ފިލްމްސް އިން ވަނީ އާއްމުކޮށްފައެވެ.

ފިލްމް އެޅުވުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުންދާކަމަށް ވެސް އިއްލެ ބުންޏެވެ.

ބަވަތި” ފިލްމުގެ ވާހަކަ މައިގަނޑުގޮތެއްގައި އަމާޒު ކޮށްފައި ވަނީ ޢާއިލީ މައްސަލަ ތަކެއްގެ ތެރެއިން ބޮޑުވެގެން އަންނަ އަންހެން ކުއްޖަކު، އުފާވެރި މުސްތަޤުބަލަކަށް އެދި ކުރާ އުއްމީދުތައް، ރޫޙާނީ ބާރެއްގެ ސަބަބުން ވިއްސި ވިހާލިވެގެންދާ ގޮތުގެ މައްޗަށެވެ.

ފިލްމު ”ބަވަތި”ގެ އަންހެން ލީޑްގައި ބަތަލާ ނުޒުހަތު ޝުއައިބް (ނުޒޫ) ހަރަކާތްތެރިވާއިރު، ފިރިހެން ލީޑުން ފެނިގެންދާނީ ފީޗާ ފިލްމަކުން ފިލްމީ ދާއިރާއަށް މުޅިން އަލަށް ތައާރަފްވާ ބަތަލު އަހުމަދު އިފްނާޒް ފިރާޤެވެ.

ފިލްމު ”ބަވަތި“ އަކީ އިލްޔާސް ވަހީދު ލިޔެ ޑައިރެކްޓްކުރާ ފިލްމެކެވެ.

ފިލްމު ”ބަވަތި”ގެ ކެމެރާ މަސައްކަތް ކުރީ އެ މަސައްކަތަށް ނަމޫނާ ދައްކަމުން އަންނަ، ހުނަރުވެރި ސިނަމޮޓޮގްރާފަރ ވިޝާން (ކަނޑި) އެވެ. ވިޝާންގެ ހިތްގައިމު މަންޒަރުތަކަށް ހިތްގައިމު މިއުޒިކެއް ގެނެސްދީ ފިލްމުގެ ލޮނު ހެޔޮވަރުކޮށްދެނީ ފިލްމު ’ގޮށްރާޅު’ގެ ވެސް މިއުޒިކް ހަދާފައިވާ މިސްޓީ އެވެ. ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަން އާއި ވިޝުއަލް މަސައްކަތް ކޮށްފައިވަނީ ’އޯކޭޒް އިންކް“ އެވެ.

ބަވަތި”ގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.