ބޮޑުބެރު ޖެހުމަކީ ޒަމާނުއްސުރެން ދިވެހިންގެ ލެޔާއި ވިންދާ އެންމެ ބޮޑަށް ގުޅިފައިވާ އެއް ސަގާފީ ކުޅިވަރުކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. ޒަމާނީ ބޮޑުބެރު ގްރޫޕްތައް އުފެދެމުން، މަޝްހޫރުވަމުން އަންނަން ފެށުމާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑުބެރު ގްރޫޕްތައް އުފެދި، ބޮޑުބެރުގެ އަޑު ދިވެހި މޫސީޤީ ފަޒާގައި މެދުކެނޑުމެއް ނެތި ގުގުމަން ފަށައިފިއެވެ. އެގޮތުން ބ. އަތޮޅު ދަރަވަންދޫގައި ހަރަކާތްތެރިވަމުން އަންނަ ބޮޑުބެރު ގްރޫޕް؛ “ޗަނބޭލީ ބޮޑުބެރު”ގެ ބުންޒީލަ އަޑާއި ނެށުމުގެ ފަރި ހަރަކާތްތަކާއެކު ބ. އަތޮޅުގައި ގުގުމައި، ވިދަންފެށީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ.

“ރެޔަކު ދެ ޝޯ، ތިން ޝޯ ނުކުޅޭ ރެޔެއް ނުދޭ މިދިޔަ ޢީދު ތެރޭގަ. ވަރަށް ވަރަށް ބިޒީކޮށް ގްރޫޕް އުޅުނީ.” ޗަނބޭލީ ބޮޑުބެރު ގްރޫޕްގައި ތިބޭ އަށް ލީޑް ވޯކަލިސްޓުންގެ ތެރެއިން އެއް ވޯކަލިސްޓް އަލީފް އަލީ ބުންޏެވެ.

“ޗަނބޭލީ ބޮޑުބެރު” ގްރޫޕު އަންނަނީ ވަރަށް ބާރު ސްޕީޑްގައި ކުރިއަރަމުން – ފޮޓޯ: ޗަނބޭލީ ބޮޑުބެރު

ޗަނބޭލީ ބޮޑުބެރު ގްރޫޕްގައި މިއުޒިކީ ދާއިރާގައި ނަން މަޝްހޫރު މެންބަރެއް ނުހިމެނުނަސް، އެ ގްރޫޕްގައި ތިބީ ހުނަރަވެރި ޒުވާނުންތަކެއްކަން އެމީހުންގެ ޝޯތަކުން އެނގިގެން ދިޔައެވެ. މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ތިއޭޓަރ ރައުންޑާއި ހަމައަށް ދަތުރުކުރި އަލީފް ބުނީ އެ ގްރޫޕްގައި ވަރުގަދަ އަށް ވޯކަލިސްޓުން ތިބިކަމަށެވެ.

“ޗަނބޭލީ ބޮޑުބެރު” ގްރޫޕު އަންނަނީ ވަރަށް ބާރު ސްޕީޑްގައި ކުރިއަރަމުން – ފޮޓޯ: ޗަނބޭލީ ބޮޑުބެރު

އަލީފް އަލީ، ޒިމާހް އަޒީޒް، އިބްރާހިމް ޚަލީލް، އަލީ ރާޝިދު، އަޙްމަދު ރީހާން އަދި ހުސައިން ޒިޔާދު އާއި އިބްރާހިމް މިރްޝާލް އަކީ ޗަނބޭލީ ބޮޑުބެރު ގްރޫޕްގެ ހުނަރުވެރި އަށް ވޯކަލިސްޓުންނެވެ.

ޗަނބޭލީ އުފެދުނީ 2015 ގައެވެ. މެނޭޖްމެންޓްގައި ތިބީ ގްރޫޕްގެ ވެރިޔާ އަޙްމަދު ލަތީފް ގެ އިތުރުން މުޙައްމަދު ރިޔާޒް، އަލީ ނަޖީބް އާއި އަލީ މާޖިދު އެވެ.

“ޗަނބޭލީ ބޮޑުބެރު” ގްރޫޕު އަންނަނީ ވަރަށް ބާރު ސްޕީޑްގައި ކުރިއަރަމުން – ފޮޓޯ: ޗަނބޭލީ ބޮޑުބެރު

ޗަނބޭލީ ބޮޑުބެރު ގްރޫޕްގެ ހުނަރުތައް ސޮނެވާ އާއި ލަނޑާގިރާވަރާއި މިލާދޫ ރިޒޯޓްގައި ވަނީ ދައްކާލާފައެވެ. މީގެ އިތުރުން ބ. އަތޮޅުގެ ރަށްތަކުގައިވެސް އެ ގްރޫޕުން ޕާފޯމްކޮށް، ބޮޑު ތާއިދެއް އެ ގްރޫޕުން އަންނަނީ ހޯދަމުންނެވެ.

“ޗަނބޭލީ ބޮޑުބެރު” ގްރޫޕު އަންނަނީ ވަރަށް ބާރު ސްޕީޑްގައި ކުރިއަރަމުން – ފޮޓޯ: ޗަނބޭލީ ބޮޑުބެރު

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.