މަޝްހޫރު އެކްޓަރ، ޑައިރެކްޓަރ އަދި ސްކްރީން ރައިޓަރ ޔޫސުފު ޝަފީޢު (ޔޫއްޕެ) ލިޔެ ޑައިރެކްޓްކޮށް ވީމީޑިއާ އޮރިޖިނަލްސްގެ ދަށުން އުފައްދަން ތައްޔާރުވެފައިވާ ވީމީޑިއާގެ ދެވަނަ ފީޗާ ފިލްމު ”ކޮސް ގިނަ މިސްޓޭކް”ރިލީޒްކުރަނީ އަންނަ މިއަހަރުގެ ނޮވެމްބަރު މަހުގައެވެ.

ފިލްމަކީ ގިނަ ތަރިންތަކެއް ހިމަނައިގެން ތައްޔާރުކުރާ ރޮމޭންޓިކް ކޮމެޑީއެވެ. ފިލްމުގެ ޝޫޓިންއަށް އދ. ފެންފުށްޓަށް މިމަހު 25ގައި ފުރުމަށް ނިންމާފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

ފިލްމުގެ މައިގަނޑު ތަރިންގެ ތެރެއިން ބައެއް ތަރިން މި ފިލްމުން ފުރުޞަތު ލިބުމުން ބުނަނީ ކީކޭތޯ ބަލައިލަމާ ހިނގާށެވެ. މީގެ އިތުރުން ފިލްމުގެ މޭކަޕް ތައްޔާރުކޮށްދޭ ހަސަންގެ ވާހަކަކޮޅަކާއި ފިލްމުގެ އޮންލައިން މީޑިއާ މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރގެ ވާހަކަކޮޅެއްވެސް ވީޑިއޯގައި ހިމަނާފައިވާނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.