ޗައިނާގެ ކުންފުންޏަކުން ރާއްޖޭގައި ކަނޑު ހުރަސްކޮށް އެޅި ފުރަތަމަ ދާލަމުގެ ސަބަބުން، 17 އަހަރުގެ ކިޔަވާ ކުއްޖެއް ކަމަށްވާ އައިޝާއަށް ހިނިތުވުން ގެނެސްދީފިއެވެ.
ސްކޫލަށްދާން ފެރީ އަތުލުމަށްޓަކައި އޭނާއަށް މިހާރު ފަތިހު ފަހޭއް ޖަހާއިރު ހޭލާކަށް ނުޖެހެއެވެ. ކަނޑު ގަދަވުމުގެ ސަބަބުން ފެރީގެ ދަތުރުތައް ހުއްޓާލަފާނެތީ ކަންބޮޑުވާކަށްވެސް ނުޖެހެއެވެ.
ބައިނަލްއަގްވާމީ ވައިގެ ބަނދަރެއް އޮންނަ ހުޅުލެއާއި ވެރިކަންކުރާ ރަށް މާލެ ގުޅާލަދޭ މި ދާލަމުގެ ސަބަބުން އުފާކުރާ ފަތުރުވެރިންނާއި ދިވެހީންގެ ތެރޭގައި އައިޝާ ހިމެނެއެވެ.
މިދިޔަ އަހަރު އޯގަސްޓް 30 ގައި ހުޅުވުނު 2ކިލޯ މީޓަރުގެ ދިގު މި ބުރިޖުން ފަސް މިނެޓް އިރުގެ ތެރޭގައި މާލެ ދެވެއެވެ. ދިވެހި ރައްޔިތުންނަށް ހިޔާވަހިކަން ހޯދައިދޭން ފަޅުހިއްކާ ތަރައްގީކުރި ހުޅުމާލޭގައި ދިރިއުޅޭ އައިޝާ ކޮންމެ ދުވަހަކު އޭނާގެ ބައްޕަގެ ސައިކަލު ފަހަތުގައި ބުރިޖު ހުރަސްކޮށް، މާލޭގައި ހުންނަ އޭނާގެ ސްކޫލަށް ދެއެވެ.
“ބުރިޖު ހުޅުވުމުގެ ކުރިން، 10 މިނެޓުން ސްކޫލަށް ދެވުމަކީ ވާނޭކަމެއް ނޫން” އައިޝާ ބުންޏެވެ.
ސްކޫލް އޮންނަ ދުވަސްދުވަހު އައިޝާއަށް ކުރިން ވަރަށް ފަތިހާ ހޭލާން ޖެހެއެވެ. އޭރު އައިޝާ ބައެއް ދުވަސް ދުވަހު ގަޑި ޖެހެއެވެ. ފެރީ ނުލިބިގެންނެވެ. އަދި ބައެއް ދުވަސްދުވަހު ސްކޫލަށް ދެވޭގޮތް ނުވެފައިވެސް އެބަހުއްޓެވެ. މޫސުން ގޯސްވުމުގެ ސަބަބުން ފެރީ ދަތުރު ނުކުރާތީއެވެ. “ރާޅު ބޮޑު ދުވަސްދުވަހު އަހަރެން ބިރުގަނޭ. މިހާރު އެ ބިރެއް ނެތް. އަދި މިހާރު ފަތިހު ފަހޭއް ޖަހާއިރު ހޭލާކަށްވެސް ނުޖެހޭ” އޭނާ ހީނލިއެވެ.
އައިޝާއެކޭ އެއްފަދައިން ހުޅުމާލޭގައި ދިރިއުޅޭ ޔުނިވަރސިޓީގެ ދަރިވަރު ނަހުލާ ޢަލީ ބުނާގޮތުން މޫސުން ގޯސްވުމުގެ ސަބަބުން އޭނާއަށް ދެ އިމްތިހާނަކަށް ނުދެވި ދިޔައެވެ. އެއީ ބުރިޖު ހުޅުވުމުގެ ކުރިންނެވެ. “މިބުރިޖު އަހަރެމެންގެ ދިރިއުޅުން ފަހިކޮށްދީފި” އޭނާ ޒިންހުއާން އަށް ކިޔައިދިނެވެ.
އަހަރުތަކެއް ވަންދެން މިދެރަށް ދެމެދު ދަތުރުކުރަން ދިވެހީން ބަރޯސާވެގެން އުޅުނީ ފެރީއަށެވެ. މިބުރިޖު މިވީ ދިވެހީންގެ ދިރިއުޅުން ބަދަލުކޮށްލި ވަސީލަތަކަށެވެ.
ދިވެހީން ސިނަމާލެ ބުރިޖުގެ އަގު ވަޒަން ކުރެއެވެ. ރެހެންދި މައިޒާނުގައި ބުރިޖުގެ ބޮޑު ކުރެހުމެއް އެބަހުއްޓެވެ. ކުރެހުންތެރިޔާ ޢަލީ ޢާމިރު އާއި މި މައިޒާނުގެ ފާރުގައި ބުރިޖުގެ މަންޒަރެއް ކުރަހަން 2016 ވަނަ އަހަރު ހަވާލުކުރިއެވެ. އޭރު މި މައިޒާން ހުޅުވަން ތައްޔާރު ވަނީއެވެ.
“ބުރިޖު މަތިން ފުރަތަމަ ކުރި ދަތުރުންވެސް އަންތަރީސް ކުރުވައިފި” ޢާމިރު ބުންޏެވެ. “މިއީ ކުރިން ކަނޑު އުޅަނދެއްގައި ނޫނީ ހުރަސް ނުކުރެވޭނެ ކަނޑުއޮޅިއެއް. މިހާރު މިދެވެނީ މާ މަތިން ވެރިރަށާއި އެއަރޕޯޓު ފެންނަ ގޮތަށް. އިހުސާސް ވަނީ ކަނޑުމަތިން އުދުހިލާފައި ދެވޭހެން”
މޯލްޑިވްސް – ޗައިނާ ޓްރޭޑް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަންގެ ވައިސް ޕްރެޒިޑެންޓް މިދުއާމް ސަޢުދު ވިދާޅުވީ ބޮޑުމިނުގައި 1.5 އަކަ ކިލޯމީޓަރު ހުރި މާލޭގައި 100،000 މީހުން އުޅޭކަމަށެވެ. މާލޭގެ ތޮއްޖެހުން ކުޑަކުރަން ހުޅުމާލޭގައި އަތްފޯރާފަށުގައި ހިޔާވަހިކަން ހޯދައިދޭން ސަރުކާރުން ނިންމާފައިވެއެވެ.
މާލޭގެ ރައްވެއްސެއް ކަމަށްވާ އިބްރާހީމް ރަޝީދު ދިރިއުޅެނީ ނުވަ މީހުންގެ އާއިލާއަކާއެކު 600 އަކަފޫޓުގެ ތަންކޮޅެއްގައެވެ. ސިނަމާލެ ބުރިޖު ހުޅުވުމާއެކު އޭނާ ހުޅުމާލޭގެ 1100 އަކަފޫޓުގެ ތަނަކަށް ބަދަލުވެއްޖެއެވެ. އެތާނގައި ތިން ކޮޓަރި ހުރެއެވެ. ކުލި ބޮޑުނަމަވެސް މާލޭގައި އުޅުނު ތަންކޮޅަށްވުރެ ދެގުނަ ބޮޑުތަނަކަށް ބަދަލުވެވުމުން އޭނާހުރީ ހިތްހަމަޖެހިފައެވެ.
“ޔޫތުސިޓީ” ގެނަމުން މަޝްހޫރުވެފައިވާ ހުޅުމާލެ އަކީ ތިން މާލެ ވަރުގެ ބޮޑު ބިމެކެވެ. މިރަށުގައި ރެސްޓޯރަންޓް ތަކާއި ޕާކުތައް، ސްޓޭޑިއަމަކާއި ރީތި ގޮނޑުދޮށެއް އޮވެއެވެ. ސިނަމާލެ ބުރިޖު ހުޅުވުމުން މާލޭ ރަސްވެހިންނަށް ފަސޭހަކަމާއެކު ހުޅުމާލެއަށް އާދެވެއެވެ. ރެސްޓޯރަންޓް ހިންގާ މީހުންވެސް ބުނަނީ ބުރިޖު ހުޅުވިފަހުން އެމީހުންގެ ވިޔަފާރިވެސް ފުޅާވެއްޖެ ކަމަށެވެ.
މިދިޔަ އަހަރު ބުރިޖު ވާހަނައަށް (ދުއްވާތަކެއްޗަށް) ހުޅުވާލުމާއެކު، ހުޅުމާލެއަށް ޒިޔާރަތްކުރާ މީހުންގެ އަދަދު ވަރަށް ބޮޑުތަން މައްޗަށް ދިއައެވެ. މާލޭ ރަށްވެހިން ރޭގަނޑުގެ ކެއުމަށް ހުޅުމާލެއަށް ދިއުމަކީ މިހާރު އާންމު ކަމެކެވެ.
ވެހިކަލް މަރާމާތުކުރާ ވޯކްޝޮޕެއް ހިންގާ ވަޙީދު ބުނާގޮތުން އޭނާގެ ވިޔަފާރިވެސް ވަރަށްބޮޑުތަން ރަނގަޅު ވެއްޖެއެވެ. “މިތާނގެ 12 މުވައްޒަފުން މިހާރު ހިންދެމިލާނެ ވަގުތުވެސް ނުވޭ. އެވަރަށް މަސައްކަތް ލިބޭ. މިތަނުން މަރާމާތުކުރާ ކާރު މިހާރު ދުއްވާލާފައި މާލެގެންދެވޭ. ކުރިން މިއީ ކުރެވޭނޭ ކަމެއްނޫން.” ވަޙީދު ބުންޏެވެ.
ގިނަ ދިވެހީން ދުށްގޮތުގައި މި ދާލަމަކީ ކުލަނުޖެހޭނެ ހުވަފެނެކެވެ. ނަމަވެސް އެމީހުންގެ މި ހުވަފެން ހަގީގަތަކަށް ވެއްޖެއެވެ. “މި ބުރިޖު އަދާއި މާދަމާ ގުޅުވާލަދީފި. މިހާރާއި ކުރިމަގު އެއްކޮށްލަދީފި. މި ބުރިޖު ހުޅުވުމަކީ ދިވެހީންގެ ހުވަފެނެއްގެ ނިމުމެއް ނޫން. އެހުވަފެނުގެ ފެށުން މިއީ” ސަޢުދު ވިދާޅުވިއެވެ.
ނޯޓް: މިއީ ޒިންހުއާނެޓް ވެބްސައިޓްގައި 2019 އޯގަސްޓް 30 ގައި ޝާއިއު ކޮށްފައިވާ ޚަބަރެއްގެ ތަރުޖަމާއެއް
http://www.xinhuanet.com/english/2019-08/30/c_138351692.htm
ލިޔުންތެރިޔާގެ ފުރަމަލަ
- އާއްމުކޮށް ނަޒީރުގެ ލިޔުންތައް ނުފެނުނަސް، ނަޒީރަކީ ތަޖުރިބާކާރު ބޭފުޅެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 29 އޮކްޓޯބަރ 2024މަޢުލޫމާތުތުނބުން ފުމުނީ ކާކު؟
- 23 ސެޕްޓެމްބަރ 2023އިޖްތިމާޢީމުށިބިހާއި ހުދުބިހުގެ ސިއްހީ ފައިދާ ތަފާތުތަ؟
- 10 ފެބްރުއަރީ 2023މަޢުލޫމާތުލުނބޯފެން – ކިހާ މުހިންމު އެއްޗެއްކަން އެނގޭތަ؟
- 9 ފެބްރުއަރީ 2023ރިޕޯޓްދޮންކޭލާއި ކިރު އެއްކުރުން ރަނގަޅުތަ؟