މިނިސްޓަރ އޮފް ހެލްތް އަބްދުﷲ އަމީން އިންޑިޔާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ރީޖަނަލް ކެންސަރ ސެންޓަރާއެކު މުހިންމު އެއްބަސްވުމެއްގައި ސޮއިކުރައްވައިފިއެވެ.

ހެލްތު މިނިސްޓަރ އިންޑިއާއަށް މިކުރެއްވި ދަތުރުފުޅަކީ ދިވެހި ރާއްޖޭގަ ކެންސަރ ބައްޔަށް ދެވޭ ފަރުވާގެ ފެންވަރު ރަނގަޅުކުރުމަށް އިންޑިއާގެ ރީޖަނަލް ކެންސަރ ސެންޓަރއާއި މިނިސްޓްރީ އޮފް ހެލްތާއި ދެމެދު ވެވޭ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށްޓަކައި ކުރައްވާ ދަތުރުފުޅެކެވެ.

އިންޑިއާގެ ރީޖަނަލް ކެންސަރ ސެންޓަރއާއި މިނިސްޓްރީ އޮފް ހެލްތާއި ދެމެދު ވެވުނު އެއްބަސްވުމުގައި ސޮއި ކުރައްވާ އަދި މިއެއްބަސްވުން ރަސްމީކޮށް ބަދަލުކުރައްވާފައިވެއެވެ. މި ދެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ މިއަދު އިންޑިއާގެ ރީޖަނަލް ކެންސަރ ސެންޓަރގައި މިކަމަށްޓަކައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައެވެ. މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރ ޢަބްދުﷲ އަމީން ވަނީ މި އެއްބަސްވުމުގެ މުހިންމުކަން ފާހަގަ ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

ރީޖަނަލް ކެންސަރ ސެންޓަރ އަކީ ދުނިޔޭގެ ފެންވަރުގައި ބަލައިގަނެފައިވާ، ކެންސަރ ބައްޔަށް ފަރުވާދިނުމުގައި ވަރަށް ފުންނާބުއުސް އިންސްޓިޓިއުޓްއެކެވެ. މި ސެންޓަރުން ދެވޭ ޚިދުމަތްތަކުގެ ތެރޭގައި މިބަލި ދެނެގަނެ އެންމެ އެކަށޭނަ ފަރުވާދިނުމުގެ އިތުރުން މި ބަލިން ރައްކާތެރިވުމަށް ޢާންމުން ހޭލުންތެރިކުރުމާއި ރީހެބްލިޓޭޓް ކުރުން ހިމެނެއެވެ.

މި އެއްބަސްވުމުގެ ދަށުން ދިވެހި ރާއްޖޭގައި ދެވޭ ކެންސަރު ބަލީގެ ޚިދުމަތްތައް ހަރުދަނާކުރުމަށްޓަކައި ރީޖަނަލް ކެންސަރ ސެންޓަރގެ އެހީތެރިކަން ލިބިގެންދާނެއެވެ. އަދި މިދާއިރާއިން މީހުން ބިނާކުރުމަށްވެސް އެހީތެރިކަން ލިބިގެންދާނެއެވެ. މީގެ ތެރޭގައި ޑޮކްޓަރުން، ނަރުހުން އަދި ޞިއްޙީ ޚިދުމަތްތެރިން ތަމްރީން ކުރެވިގެންދާނެއެވެ.

މިއެއްބަސްވުމުގެ ސަބަބުން ދިވެހިރާއްޖޭގެ ސިއްޙީ ނިޒާމަށް ބޮޑެތި ކުރިއެރުންތަކެއް ލިބި ފެންވަރު ރަނގަޅު ޑޮކްޓަރުންނާއި ނަރުހިން ބިނާކުރުމަށް ދިވެހި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސަތްކަތަކަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ފާތިމަތު ފަޔާޒާ