ރާނޫ މޮންޑަލް އާއި ހިމޭޝް ރޭޝަމިޔާއާ އެކުގައި ޑުއެޓެއް ކިޔި ޚަބަރު ލިބުނު ކަމަށާއި ނަމަވެސް އެ ޑުއެޓް އަޑުއެހުމުގެ ފުރުސަތު ލިބިފައި ނުވާކަމަށް ކުޅަދާނަ ލަވަކިޔުންތެރިޔާ ކުމާރު ސާނޫ ބުނެފިއެވެ. ފުރުސަތު ލިބިއްޖެނަމަ ރާނޫ މޮންޑަލް އާއެކު ޑުވެޓެއް ކިޔަން ތައްޔާރަށް ހުރިކަމަށްވެސް ކުމާރު ސާނޫ ވަނީބުނެފައެވެ.
ނަމަވެސް މަޝްހޫރު ލަވަކިޔުންތެރިޔާ ކުމާރު ސާނޫ، ރާނޫ މޮންޑަލް އާއެކު ލަވައެއް ކިޔަން ތައްޔާރަށް ހުރީ ރަނގަޅު ފުރުޞަތެއް ލިބިއްޖެނަމަ ކަމަށް މީޑިއާތަކަށް ކުމާރު ސާނޫ ބުނެފައިވެއެވެ.
“ރަނގަޅު އޮފާރ އެއް ލިބިއްޖެއްޔާ އޭނާ (ރާނޫ) އާއެކު ޔަޤީނުންވެސް އަހަރެން ލަވަކިޔާނަން.” ކުމާރު ސާނޫ ބުންޏެވެ.
“އާ ލަވަކިޔުންތެރިޔަކު އައުމުން އަހަރުމެން ވަރަށްއުފާވޭ. ރާނޫ އެގޮތުގައި މަސައްކަތް ކުރާނަމަ އަދިވެސް ގިނަބައެއްގެ ތަރުހީބު ލިބޭނެ. ފުރުޞަތެއް ލިބިއްޖެނަމަ ޔަގީނުންވެސް އަހަރެން ރާނޫ އާއެކީގައި ލަވައެއް ކިޔާނަން.” މިދިޔަ ހޯމަދުވަހު ކުމާރު ސާނޫގެ ދުރުގާ ޕޫޖާ އަލްބަމް ލޯންޗްކުރި ހަފްލާގައި ވާހަކަ ދައްކަމުން އޭނާ ބުންޏެވެ.
“ކުރިއަށް އޮތް ދުވަސްތަކުގައި އޭނާ (ރާނޫ) ކުރިއަށްދާގޮތް ބަލަން ތިބެމާދޯ.” އުމުރުން 61 އަހަރުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކުމާރު ސާނޫ ބުންޏެވެ. ކުމާރު ސާނޫ އަކީ އަބަދަށް ފެހި ލަވަތައް ކަމަށްވާ ‘ތުޖެ ދޭކާ ތޯ އެ ޖާނާ ސަނަމް،’ އާއި ‘މެރަ ދިލް ބީ ކިތުނާ ޕާގަލް ހޭ’ ފަދަ މަޝްހޫރު ލަވަތައް ކިޔާފައިވާ ފަންނާނެކެވެ.
ވެސްޓް ބެންގޯލްގެ ރެއިލްވޭ ސްޓޭޝަންގައި ރާނޫ ކިޔާފައިވާ ލަތާ މަންގޭޝްކަރުގެ ލަވައެއްގެ ވީޑިއޯ މީސްމީޑިއާގައި ވަނީ ވަރަށްބޮޑަށް ވައިރަލްވެފައެވެ. އޭގެ ފަހުން، ހިމޭޝް ރޭޝަމިޔާއާއެކު ރާނޫވަނީ ޑުއެޓެއް ރިކޯޑްކޮށްފައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- ފިލްމީ ޚަބަރު ލިޔުމަކީ ޝައިލާގެ ޚާއްޞަ ހުނަރެކެވެ. ބޮލީވުޑްގެ ޚަބަރުތައް ލިޔުމަކީ ޝައިލާގެ ޚާއްޞަ ދާއިރާއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2019ޚަބަރުއެކްޓަރ ކުޝާލް މަރުވެއްޖެ
- 23 ޑިސެމްބަރ 2019ޚަބަރުނޭހާ އިންނާނެ މީހަކު ހޯދަނީ
- 22 ޑިސެމްބަރ 2019ޚަބަރުއަނެއްކާވެސް ވަރުންގެ ކައިވެނީގެ ވާހަކަތަކެއް
- 22 ޑިސެމްބަރ 2019ޚަބަރުޝާހުރުކް ޚާން ރީތިވުމަށް ފަސްގަޑި އިރު ހޭދަވޭ
bunye mihen liyefa otheema varah odu hen’heevanee. ehvea yageen kameh netheehen heevanee
ލިބިއްޖެއްޔާ libijjenama