ކޮންމެ ދުވަހަކުވެސް އަހަރެމެންނާބެހޭ ކޮންމެވެސް އައު ކަމެއް ދަސްވެއެވެ. އެމެރިކަން އެކެޑަމީ އޮފް ހޭންޑް އެނެލައިސިސްގެ އިސް ވެރިޔާ ކޭ ޕެކާޑް ޔަގީންކުރާ ގޮތުގައި އަހަރެމެންގެ ގިނަ ކަންތައްތަކެއް އަތްތިލަ ބުނެދެއެވެ. މިކަމަށް ޝައުގު ހުންނަނީ މަދު ބައެއް ނޫނެވެ. ކޮންމެ އިނގިއްޔަކުންވެސް ތަފާތު މައުލޫމާތުތަކެއް ލިބޭކަމަށް އެކެޑަމީގެ ތަޖުރިބާކާރުން ނިންމާފައި ވެއެވެ.

– ގަދައަތް ދެނެގަންނާށެވެ. ކޮންމެ މީހަކީވެސް ކާނާތްތެރިއެއް ނުވަތަ ވާތްތެރިއެކެވެ. އެމީހަކު އިސްކުރާ އަތަކީ އެމީހެއްގެ ގަދައަތެވެ. ގަދައަތުގެ އަތްތިލައިންނާ އިއިނގިލިތަކުން ވިޔަފާރީގެ ގާބިލްކަމާއި އަމިއްލަ ނަފުސުގެ ފެންވަރު ބުނެދެއެވެ. އަނެއްއަތުގެ އިނގިލިތަކުން ބުނެދެނީ ގާތް މީހުންނާމެދު ތިބާގެ މިޒާޖު ހުންނަ ގޮތެވެ.

– ގަދައިނގިއްޔާއި ބަލި އިނގިލި ދެނެގަންނާށެވެ. ކޮންމެ މީހެއްގެވެސް ގަދައިނގިލި ތަކަކާއި ބަލި އިގިލިތަކެއް ހުރެއެވެ. ގަދައިނގިލިތައް ގަދަވިވަރަކަށް ޝަޚުސިއްޔަތުގެ ޚާއްސަ ސިފަތަކުގެ ފާޅުކަން ބޮޑުވެއެވެ. އިނގިއްޔެއް ލެނބިފައި ހުރުމާއި އެ އިނގިލިން ބައެއް ކަންކަން ނުކުރެވޭނަމަ އެއީ ބަލި އިނގިއްޔެކެވެ. އިނގިއްޔެއް ތެދުކޮށް ހުރެފައި ދިގުނަމަ އެއީ ގަދަ އިނގިއްޔެކެވެ.

ގަދައަތުގެ ބޮޑުވައި އިނގިލި ގަދަނަމަ މަސައްކަތުގައި ކާމިޔާބީ ހޯދަން ގަދައަޅައި މަސައްކަތް ކުރާނެއެވެ.

ގަދަ ޝަހާދަތް އިނގިއްޔެއް ލިބިފައި ވާނަމަ ބާރުހޯދަން ހުންނަ ޝައުގާއި ޝަޚުސިއްޔަތުގެ ވަރުގަދަކަމާއި ގޮތް ނިންމުމުގައި ހުރި ސާބިތުކަން ދައްކައިދެއެވެ.

މެދިއިނގިލި ބުނެދެނީ ޒިންމާދާރުކަމާއި ކަންކަމަށް އެކަށޭނަވުމާއި އަގީންކަމާއި ބުއްދީގެ މިންވަރެވެ.

ކަށިއިނގިލި ގަދަނަމަ ދޭހަވާ ކަމަކީ އުފެއްދުންތެރިކަމުގެ އިހުސާސް ތަކާއި މޮޅު ބުއްދި ބުނެދޭން އެނގޭކަމެވެ.

ކުޑަވައި އިނގިލިން ބުނެދެނީ މުއާމަލާތުގެ ހުނަރު ބޭނުންކުރަން އެނގޭކަމެވެ.

މިސާލަކަށް ގަދަ ބޮޑުވައި އިނގިއްޔަކާއި ގަދަމެދުއިނގިއްޔެއް ލިބިފައިވާނަމަ ތިބާއި ޒިންމާދާރު މީހެއް ކަމާއި ކަންކަން ފުރިހަމަކުރުމުގެ ގާބިލުކަން ލިބިފައިވާ މީހެކެވެ.

– ނިޔަފަތީގެ ބައްޓަން:

ވަށް ބައްޓަން ބުނެދެނީ އެހެންމީހުންނާމެދު ސުލްހަވެރިކަން ދަމައްޓަން އެދޭކަމާއި ކަމަކަށް ހުއްދަ ނުލިބިއްޖެނަމަ އެކަމެއް ކުރަން ޖެހިލުން ވާނޭކެމެވެ.

ފަތާ ހަތަރެސްކަން ބައްޓަމުން ދޭހަކޮށްދެނީ ކުރާ ކޮންމެކަމެއްވެސް ފުރިހަމަކޮށް ކުރަން ބޭނުންވާކަމާއި ޔަގީންކަންނެތް ކަންކަމާމެދު ނުރުހޭކަމެވެ.

ތޫނު ބައްޓަމުން ދޭހަކޮށްދެނީ މަދުބައެއްގެ ޝައުގަށްޓަކައި އަމަލީ ކަންކަން ނުކޮށް ދޫކޮށްނުލާނޭ މީހެއް ކަމެވެ.

ދެއިނގިލި ދޭތެރެއަށް ބަލާށެވެ.

ހަމަތަނެއްގައި އަތް ބާއްވާށެވެ. އިނގިލިތައް ދުރުދުރުގައި ހުރިނަމަ ތިބާއި މިނިވަން ކަމާއެކު އައު ކަންކަން ހޯދާބަލަން ޝައުގު ހުންނާނޭ މީހެކެވެ.

އިނގިލިތައް ކައިރިނަމަ ތިބާއީ ދުރަށް ވިސްނާ، ފަރުވާތެރި، ހަމަހިމޭން، އެހެންމީހުންގެ ނުފޫޒުން އެއްކިބާ ވެފައިވާ މީހެކެވެ.

ކަށިއިނގިއްޔާ މެދުއިނގިލި ދުރުނަމަ ތިބާއަށް އެހެންމީހުން ނުފޫޒު ފޯރުވަން ދަތިވާނެއެވެ. މިދެއިނގިލި ކައިރިނަމަ މުޖުތަމައު ބޭނުންވާގޮތަށް ގަވާއިދުން ކަންކަން ކުރާނެއެވެ.

ކަށިއިގިއްޔާ ކުޑަވައިއިނގިލި ދުރުނަމަ ސީރިއަސް ވާހަކަ ތަކާއި ނިންމުންތަކާ ދުރުހެލިވާން ބޭނުންވާނެއެވެ. މިއީ މަސައްކަތުގެ މާހައުލާއި ގޭތެރޭގެ ދިރިއުޅުމުގައިވެސް މީގެ އަސަރު ކުރާނޭ ކަމެކެވެ. އެވްރެޖް ވަރަކަށް ދުރުނަމަ (ރައްޓެއްސެއްގެ އަތާ އަޅާބަލާށެވެ) ތިބާއީ މިނިވަން ޚިޔާލުގެ އާހިތަވެރިއެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު ނަޒީރު
މުޙައްމަދު ނަޒީރު
އާއްމުކޮށް ނަޒީރުގެ ލިޔުންތައް ނުފެނުނަސް، ނަޒީރަކީ ތަޖުރިބާކާރު ބޭފުޅެކެވެ.