1717 – އައިޖީއެމްއެޗަށް ގެންދެވުނު އެއްވެސް މީހެއްގެ ހާލަތު ސީރިއަސްއެއް ނޫންކަމަށް ހޮސްޕޓަލުން ބުނޭ
1713 – ފެންނަ މަންޒަރުން މިހާރު އަލިފާން ނިއްވައިލެވިފައިވާކަމަށް މަޢުލުމާތުލިބޭ

އަލިފާނުގެ ހާދިސާގައި ފިހިނު މީހެއް – ފޮޓޯ: ނަޒީރު – މުނިއަވަސް
1709 – އަލިފާނުގެ ހާދިސާގައި ފިހުނު މީހެއް ހޮސްޕިޓަލަށް ގެންދިއުމަށް ވެހިކަލްއެއްގައި

ފޮޓޯ: ނަޒީރު – މުނިއަވަސް
1702 – އަލިފާން ރޯވި ލޮރީތަކުން އެއް ލޮރީ އަދިވެސްވަނީ ނިއްވައިނުލެވި. އެމްއެންޑިއެފްން މަސައްކަތްކުރަމުން ގެންދަނީ އަލިފާން ނިއްވުމަށް.
1701 – އަލިފާން ރޯވި ސަރަހައްދުން އުޅަނދުތައް ދުރުކޮށް މުޅި ސަރަހައްދު އެއްކޮށްވަނީ ސާފުކޮށްފައި
1659 ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދަނީ5 މީހުންނަށް ކަމަށް މަޢުލޫމާތު ލިބޭ. ނަމަވެސް މި އަދަދު މިއަށްވުރެން މައްޗަށް އަރާފައިވުމަކީ އެކަށީގެންވާކަމެއް
1658 މި އަދިވެސް އަލިފާން ކޮންޓްރޯލު ކުރުމަށް ސަލާމަތީ ބާރުތަކާއި އާއްމުން ގުޅިގެން އަންނަނީ ކުރަމުން.
1650 މި ހާދިސާގައި 8 މީހުން ފިހިގެން އައިޖީއެމްއެޗް ހޮސްޕިޓަލްގައި އަންނަނީ ފަރުވާދެމުން
1646 ފަރުވާދިނުމަށް އިތުރު މީހަކު ހޮސްޕިޓަލަށް ގެންގޮސްފި
އެންމެ ފުރަތަމަ އަލިފާން ރޯވޯ ލޯންޗެއްގައި. ލޯންޗުގައި ރޯވި އަލިފާން ނިއްވާލެވިފައިވީނަމަވެސް ތެޔޮ ބައުޒަރުތަކުގައި ރޯވެފައިވާ އަލިފާންގަނޑު އަދި ނިއްވައި ނުލެވޭ.
އެމްއެންޑީއެފްގެ ފަޔާ ޓީމުންނާއި ފުލުހުންގެ އިތުރުން ގިނަ އަދަދެއްގެ އާންމުން މިހާރު ދަނީ އަލިފާން ނިއްވުމުގެ މަސައްކަތުގައި ބައިވެރިވަމުން.
މިހާތަނަށް އެނގިފައިވާގޮތުން އެންމެ ފުރަތަމަ އަލިފާން ރޯވީ ލޯންޗެއްގައި. އެ ލޯންޗުގައި ހަތް މީހަކު ތިބި ކަމަށް މަޢުލޫމާތު ލިބޭ. މިއީ “ނަވީ 3” ނަމަކަށްކިޔާ އުކުޅަހު ލޯންޗެއް. ލޯންޗަކީ ހއ އަށް ދަތުރުކުރާ ލޮންޗެއް
ޓީޖެޓީ ސަރަޙައްދުގައި އަލިފާނުގެ ހާދިސާ ހިނގައިގެން ސަލާމަތީ ބާރުތަކާއި އާންމުން ހަރަކާތްތެރިވަމުން އެބަދޭ.
ފުލުހުން ބުނީ އެ ސަރަހައްދުގައި ރޯވެފައިވަނީ ތިން ލޮރީގައި ކަމަށް
އެކަކު ސީރިއަސް ހާލުގައި
ފިހުނު 05 މީހުން އައިޖީއެމްއެޗަށް ގެންގޮސްގެން ފަރުވާދެމުން ދަނީ
ފުލުހުންނަށް މަޢުލޫމާތު ލިބުނީ1540 ހާއިރު
ޓީ-ޖެޓީގައި އޮތް ތެޔޮ ބައުޒަރެއްގައި ރޯވެއްޖެ.
pic.twitter.com/x6F7N4wWbQ— waddey (ވައްޑެ)
(@WaddeyAli) September 30, 2019
ތެޔޮ ބައުޒަރަކާއި ލޯންޗެއްގައި ރޯވެ އަނދަމުން ދަނީ
އިތުރު ބައުޒަރެއްގައިވެސް ވަނީ ރޯވެފައި
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 15 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުގެ ފުރަތަމަ ޝޯގެ ޓިކެޓް ވިކި ހުސްވެއްޖެ
- 15 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ފުރަތަ ޝޯގެ ޓިކެޓް ބުކިން ގަޑިއެއްހާއިރު ތެރޭ ފުލްވެއްޖެ
- 14 އޭޕްރިލް 2025ޚަބަރުރާއްޖެއަށް މަރުހަބާ! މިއަދުގެ އެންމެ ސަޅި ހުށައެޅުން “ޓޫ އޮފް އަސް” އަށް – ވީޑިއޯ
- 14 އޭޕްރިލް 2025ޚަބަރުއަނޫ މަލިކްގެ ހިތް “ޓޫ އޮފް އަސް” އިން އަތުލައިފި