އެކްޓަރު/ޑައިރެކްޓަރު ޢަލީ ސީޒަންގެ ‘އެސް ޕްރޮޑަކްޝަން’ އާއި ޢަބްދުﷲ ޝިވާޒް (މާސްކޭ)ގެ ‘މާސްކޭ ސްޓޫޑިއޯ’ އިން އާއިލީ ޑްރާމާ ސްޓައިލަށް ހަދަމުން އަންނަ ފިލްމު “އަނދިރިކަން” މި މަހު 22ގައި އޮލިމްޕަހަށް ވެރިވާނެއެވެ.
ލީޑު ތަރީންގެ ގޮތުގައި މި ފިލްމުން ފެނިގެންދާނީ ސީޒަން، ރިޝްފާގެ އިތުރުން ޝީލާ ނަޖީބެވެ. އެ ތަރީންގެ އިތުރުން ފިލްމުން ފެނިގެންދާނީ ދަރާ ރަޝީދު، ޝަކީލާ، ޒީނަތު އަދި ސައީދެވެ.
ޖުމްލަ ތިން ލަވަ ހިމެނޭ މި ފިލްމު ޑައިރެކްޓް ކުރަނީ ސީޒަން އެވެ. ކެމެރާ ކުރަނީ މާސްކޭ އެވެ. ސްކްރިޕްޓް ތައްޔާރުކޮށްފައިވަނީ އަހްމަދު ޒަރީރު އެވެ. މޭކަޕް ކުރަނީ ޒީނަތުއެވެ.
“އަނދިރިކަން” ފިލްމުގެ އާއްމުކޮށްފައިވާ ޓީޒާ ޓްރެއިލާއިން ފެންނަނީ ލޯތްބާއި އުދާހުގެ މަންޒަރުތަކެކެކެވެ. ޝީލާ އާއި ރިޝްފާ ފެންނަނީ ސީޒަން އާއި ގާތް ގުޅުމެއް އޮންނަ ދެމީހުންގެ ގޮތުގައެވެ.
ފިލްމު ޝޫޓްކުރުން ދެ މަރުހަލާއަކަށް ބަހާލާފައިވާއިރު، ފުރަތަމަ މަރުހަލާގެ ޝޫޓިން ކޮށްފައިވަނީ މ. މަޑުއްވަރީގައެވެ. މ. ރަތްމަންދޫގައި ވެސް ފިލްމުގެ ޝޫޓިން ކުރިއަށްގެންދިޔައެވެ. ފިލްމުގެ ޑަބިން މަސައްކަތްވެސް މިހާރު ވަނީ ފަށާފައެވެ. ސީޒަން ބުނީ “ކޮސް ގިނަ މިސްޓޭކް”ގެ ޝޫޓިން އަށް ޖާގަދިނުމަށްފަހު އަލުން އަނެއްކާ ”އަނދިރިކަން“ ފިލްމުގެ ޝޫޓިން ފަށާނެކަމަށެވެ.
ފިލްމުގެ ޑައިރެކްޓަރު އަދި ލީޑް އެކްޓަރުގެ ގޮތުގައި ހަރަކާތްތެރިވާ ސީޒަން ބުނީ މި ފިލްމަކީ ބެލުންތެރިން ބަލައިގަންނާނެ ރީތި ފިލްމަކަށް ވާނެކަމަށް އުއްމީދުކުރާ ކަމަށެވެ. ސީޒަން އާއި މާސްކޭ އަދި ޓީމުން މަސައްކަތްކުރަމުން އަންނަނީވެސް ބެލުންތެރިންނަށް ރީތި މޮޅު ފިލްމެއް ގެނެސްދިނުމަށެވެ.
”އަނދިރިކަން“ ފިލްމުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!