ފިލްމު “ހަތަރު ހަޅަ”އަކީ އެ ފިލްމު އުފައްދަން ފެށިފަހުން، ފިލްމުގެ ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންގެ މެދުގައިވެސް ވަރުގަދަ ހަޅަޖެހުންތަކެއް ކުރިމަތިވި ފިލްމެއްކަމަށް ބުނެވިދާނެއެވެ. ފިލްމުގެ މަސައްކަތް 2013 ވަނަ އަހަރު ފެށިއިރު އެކި ސަބަބުތަކާހުރެ ފިލްމުގެ މަސައްކަތް ނިމުމަށް ގިނަ ދުވަސްތަކެއް ހޭދަވިއެވެ.
މިހައިތަނަށް އާއްމުކޮށް ދައްކާފައިނުވާ “ހަތަރު ހަޅަ” ބައިސްކޯފުން މިމަހުގެ ފުރަތަމަ ދުވަހު ވަނީ ދައްކަން ފަށާފައެވެ. “ހަތަރު ހަޅަ”އިން ‘ބައިވެރިޔާ’ގެ ނަމުގައި ފުރަތަމަވެސް ޖެހީ ވަރުގަދަ ހަޅައެކެވެ.
ރާއްޖޭގައި ކުރިމަތިވެފައިވާ މަސްތުވާތަކެތީގެ މައްސަލައާއި ގޭންގް މާރާމާރީގެ މައްސަލަތަކެއް “ހަތަރު ހަޅަ”އިގެ ފުރަތަމަ ބައިން ދައްކުވައިދެއެވެ. މި ބައިގައި ނިޢުމާ މުޙައްމަދު ފެނިގެންދަނީ ކަޅު ހެދުންލައިގެން، ބުރުގާ އަޅައިގެން އުޅޭ އަތްބެއްގެ ރޯލުންނެވެ. ފިރިމީހާގެ ނުފޫޒާއި ބާރުވެރިކަމުގެތެރޭގައި ގެވެށިއަނިޔާ ބަރުދާސްތުކުރަމުންދާއިރު، ފިރިމީހާގެ ވިޔާނުދާ މަސައްކަތުގައި ނިޢުމާ ބައިވެރިވަނީ މަޖުބޫރީ ހާލަތުގެ ސަބަބުންކަން އެނގިގެންދެއެވެ.
“ހަތަރު ހަޅަ” އިން ފުރަތަމަ ޖަހައިލި ވަރުގަދަ ހަޅައިގެ އިތުރު ތަފުޞީލެއް ދޭކަށް ނެތީމެވެ. ނަމަވެސް ބުނެލަން އޮތީ މިއީ ބަލައިލަން ޖެހޭ މުހިންމު، މެސެޖެއް ލިއްބައިދޭނެ ބައެއް ކަމެވެ.
It’s time! Hatharu Halha premieres tomorrow on Baiskoafu!
Episode 1 will be available for streaming on 1st Oct. pic.twitter.com/wrDsI4PPcr— Baiskoafu (@baiskoafu) September 30, 2019
އާންމުކޮށް އެންތޮލޮޖީ ފިލްމުތަކުގައި ހިމެނޭ ހުރިހާ ބައިތަކެއް ވަކި އެއް ތީމަކަށް ހަދާއިރު، މި ފިލްމު ހަދާފައި ވަނީ ކްރައިމް ތީމްގެ ހަތަރު ވާހަކައިގެ މައްޗަށް ބިނާކޮށްގެންނެވެ. މީގެ ތެރެއިން ތިން ބައެއްގެ ވާހަކަ މަހުދީ އަހުމަދާއި އަހްމަދު ޒަރީރު ލިޔެފައިވާއިރު އަނެއް ބައިގެ ވާހަކަ ލިޔުނީ މޫމިން ފުއާދު އެވެ.
މި އެންތޮލޮޖީން މިމަހުގެ އެއްވަނަ ދުވަހު ނެރެފައިވަނީ ‘ބައިވެރިޔާ’ އެވެ. މި ބައި ޑައިރެކްޓުކުރީ މޫމިން ފުއާދުއެވެ.
”ދަރިފަނި“ ބައި ޑައިރެކްޓުކުރީ ފައްތާހު އެވެ. މި ބައިގައި އުޅެނީ މަރިޔަމް ޝަކީލާ އާއި އަލީ އާޒިމް (ދޮން އައްޔަ) އެވެ.
ޒުވާން ޑައިރެކްޓަރ ރަވީގެ ބަޔަކީ ”ގާތިލް“ އެވެ. މި ބައި ކުޅުނީ މަޖުދާ އާއި އައިޝަތު ރިޝްފާ އެވެ. މިއީ މަރިޔަމް މަޖުދާ ކުޅުނު ފުރަތަމަ ފިލްމެވެ.
ޑާކްރެއިންގެ ވަރުގަދަ ޑައިރެކްޓަރު ޗިއްޕެގެ ބަޔަކީ ”ފޮށި“އެވެ. މިބައިގައި އުޅެނީ އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) އާއި ފާތިމަތު ފަރީލާ އެވެ.
“ހަތަރު ހަޅަ”އިގެ ކުރިއަށްހުރި ބައިތަކަށް އިންތިޒާރުކޮށްލަމާ ހިނގާށެވެ. ހަޅައަކަށް ވުރެން ހަޅައެއް ވަރުގަދަ އަށް ޖަހާނެކަމަށް ބެލެވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 29 ޑިސެމްބަރ 2024ޚަބަރު“ރޯމްދުނިޔެ” އިން އީސިމް ނެގުން ދިވެހީންނަށް މާ ސަޅިވާނެ!
- 27 ޑިސެމްބަރ 2024ޚަބަރުޑާކް ރެއިން އިން މިފަހަރު “ފެށުމާއި ނިމުން”
- 24 ޑިސެމްބަރ 2024ޚަބަރުނިޝާ އާރްޖޭއަކަށް!
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!