ކްރިޝް ސީރީޒްގެ ހަތަރުވަނަ ބައި ވުޖޫދަށް ގެނައުމަށްޓަކައި މަސައްކަތް ކުރަން ކެތް މަދު ވެފައި ވާކަމަށް މަޝްހޫރު އެކްޓަރ ރިތިކް ރޯޝަން ބުނެފިއެވެ. ރިތިކް ރޯޝަންގެ ބައްޕައަށް ކުރިމަތިވި ބަލިމަޑުކަމަކާ ގުޅިގެން މި ފިލްމުގެ މަސައްކަތް މިއަދާ ހަމައަށް ވަނީ ނުފެށި މަޑުޖެހިފައެވެ.

ކްރިޝް ސީރީޒްގެ ފުރަތަމަ ފިލްމު ‘ކޮއި މިލްގަޔާ’ 2003 ގައި ބެލުން ތެރިންނާ ހަމައަށް ނެރެފައި ވާއިރު، ކްރިޝް ނެރެފައިވަނީ 2006 ގައެވެ. އަދި އެއަށްފަހު ކްރިޝް3 ނެރުނީ 2013 ވަނަ އަހަރުގެ ތެރޭގައެވެ. މި ސީރީޒް ތައްޔާރު ކޮށްފައި ވަނީ އެކްޓަރ ރިތިކް ރޯޝަންގެ ބައްޕަ ރާކޭޝް ރޯޝަން އެވެ.

ކްރިޝްގެ ހަތަރު ވަނަ ބައިގެ މަސައްކަތްތައް ފެށުމަށްޓަކައި 2017 ވަނަ އަހަރު ތައްޔާރުވި ނަމަވެސް، ރިތިކްގެ ބައްޕައަށް ކުރިމަތިވި ބަލީގެ ސަބަބުން އެ މަސައްކަތް މިއަދާ ހަމައަށް ވެސް ވަނީ ކުރިއަށް ނުގެންދެވިއެވެ. ނަމަވެސް ބައްޕަގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށާއި ފިލްމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ރިތިކް ވަނީ ބުނެފައެވެ.

“ބައްޕަގެ ހާލު ރަނގަޅުވަމުން އަންނަން ފެށުމުން ބައްޕަޔާއެކު އިށީނދެ އެންމެ އެކުގައި ފިލްމުގެ މަސައްކަތް އަނެއްކާވެސް ފެށީ.” ފިލްމުގެ އެކްޓަރ ރިތިކް ރޯޝަން ބުންޏެވެ.

ރިތިކް ރޯޝަން ބަތަލެއްގެ ގޮތުގައި ހަރަކާތްތެރިވި އަމީތާބް ބައްޗަން ގެ ފިލްމް ‘އަގްނީޕަތު’ އަކީވެސް 2012 ވަނަ އަހަރު ނިކުތް ފިލްމު ތަކުގެ ތެރެއިން ބެލުންތެރިންގެ ތަރުހީބު ވަރަށް ބޮޑަށް ލިބިގެން ދިޔަ ފިލްމެކެވެ.

ހަމަ އެއާއެކު، 1982 ވަނަ އަހަރު ނިކުތް އަމީތާބު އެކްޓު ކޮށްފައިވާ ‘ސައްތޭޕޭ ސައްތާ’ގެ ރީމޭކިން ހެދުމަށް ތައްޔާރުވަމުން އަންނައިރު ރިތިކް ރޯޝަން ބުނެފައިވަނީ އަދި ރަސްމީ ގޮތެއްގައި އެ މަސައްކަތް ފެށިފައި ނުވާ ކަމަށެވެ.

ސައްތޭޕެ ސައްތާގެ ފަހުގެ މޭކިން ރޯހިތު ޝެޓީ ޕްރޮޑިއުސް ކުރާއިރު، 1982 ގެ ފިލްމް ޑައިރެކްޓް ކޮށްފައި ވަނީ ރާޖް ސިޕީ އެވެ. އަދި އެ ފިލްމުގެ އަންހެން ލީޑް އެކްޓްރަސް އެއްގެ ގޮތުން ހަރަކާތްތެރި ވެފައިވަނީ ހެމާ މަލިނީ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ޝައިލާ
ފިލްމީ ޚަބަރު ލިޔުމަކީ ޝައިލާގެ ޚާއްޞަ ހުނަރެކެވެ. ބޮލީވުޑްގެ ޚަބަރުތައް ލިޔުމަކީ ޝައިލާގެ ޚާއްޞަ ދާއިރާއެވެ.