ދަރިވަރެއްގެ ކާމިޔާބީގެ އެންމެ މުހިންމު އެއް ހިއްސާއެއް އަދާކުރާ ފަރާތަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި މުދަރިސުންނެވެ. ދަރިވަރުންގެ ކާމިޔާބީއާއި މުދައްރިސުންނާއި ގުޅުވައިދެނީ މުދައްރިސުންގެ އިޚްލާޞްތެރި މަސައްކަތެވެ. ވަޒީފާއެއްގެ ގޮތުގައި މުދައްރިސުކަން ކުރެއްވިޔަސް، ޒިންމާ އަދާކުރެއްވުމުގައި ވަޒީފާއެއްގެ ގޮތުގައި ދެކިލެއްވުމުގެ ބަދަލުގައި ޚިދުމަތެއް، ވާޖިބެއް ކަމަށް ދެކިލައްވައިގެން މަސްޢޫލިއްޔަތު އަދާކުރައްވާ މުދައްރިސުންނަކީ ނަމޫނާ މުދައްރިސުންނެވެ.
ދ. ކުޑަހުވަދޫ އަތޮޅު ތަޢުލީމީ މަރުކަޒު ގްރޭޑް 10ގެ އިކޮނޮމިކްސް ޓީޗަރަކީ ނަތީޖާ ދައްކަވަމުން ގެންދަވާ ތަޖުރިބާކާރު، ޒުވާން މުދައްރިސެކެވެ. ޢާލިމް މުޙައްމަދު (ޢާލިމް ސަރ) އަކީ ގްރޭޑް 10 އަށް އިކޮނޮމިކްސް އުގަންނަވައިދެއްވުމުގައި 11ވަނަ އަހަރު ހޭދަކުރައްވަމުން ގެންދަވާ މުދައްރިސެކެވެ.

ރެހެންދި ސްކޫލްގެ އިކޯން ދަރިވަރުންކޮޅަކާއެކު ޢަލީމް – ފޮޓޯ: ޢަލީމް
ޢާލިމް އަކީ 2013 ން 2015 އަށް މަޖީދިއްޔާ ސްކޫލުގައި އިކޮނޮމިކްސް ޓީޗަރެއްގެ ގޮތުގައިވެސް މަސައްކަތްކުރައްވާފައި ބޭފުޅެކެވެ. މަޖީދިއްޔާގައި ޢާލިމް ހޭދަކުރެއްވި އަހަރުތަކުގައި އޯލެވެލް އިމްތިހާނުން އޭނާގެ ދަރިވަރުން ހޯދީ ފާހަގަކޮށްލެވޭ ފަދަ ރަން ވަނަ ތަކެކެވެ. އެގޮތުން 2013ވަނަ އަހަރު މަޖީދިއްޔާއިން އޯލެވެލް އިމްތިހާނު ހެދި ދަރިވަރުންގެ ތެރެއިން ޢާލިމްގެ ދަރިވަރަކަށް އިކޮނޮމިކްސް އިން ދުނިޔޭން 2ވަނަ ލިބިފައިވެއެވެ. ހަމަ އެހެންމެ 2015 ވަނަ އަހަރު އޯލެވެލް އިމްތިހާނު ހެދި ދަރިވަރުންގެ ތެރެއިން ޢާލިމް ޓިއުޝަން ދެއްވި ދަރިވަރަކު ވަނީ އިކޮނޮމިކްސް މާއްދާއިން ދުނިޔޭން 1ވަނަ ހޯދާފައެވެ.

ތ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އިކޯން ދަރިވަރުންކޮޅަކާއެކު ޢަލީމް – ފޮޓޯ: ޢަލީމް
ޢާލިމްގެ ޚިދުމަތް ހަމައެކަނި ލިބެމުންދަނީ ދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނަށް އެކަންޏެއް ނޫނެވެ. ދުނިޔޭގެ ކޮންމެ ހިސާބަކުންވެސް ޢާލިމްގެ ޚިދުމަތް ހޯދަން ބޭނުންވާ ދަރިވަރުންނަށް އެކަމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެެވެ. މިކަމަށްޓަކައި “ޢާލިމް މުޙައްމަދު ފޮރ އޯލެވެލް އިކޮނޮމިކްސް“ގެ ނަމުގައި ފޭސްބްކް ކޮމިއުނިޓީ ޕޭޖެއް ހިންގަވަމުން ގެންދަވައެވެ. މި ޕޭޖް މެދުވެރިކޮށް އޯލެވެލް އިކޮނޮމިކްސް އާއި ގުޅުންހުރި މުހިންމު އެތަކެއް މަޢުލޫމާތުތަކެއް ހިއްސާކުރައްވަމުން ގެންދަވައެވެ. މީގެ އިތުރުން ޢާލިމް ތައްޔާރުކުރައްވާ އަމިއްލަ ރިސޯސްތައްވެސް ހިއްސާކުރައްވާކަމަށް ޢާލިމް މަޢުލޫމާތު ދެއްވައެވެ.

ކ. ހުރާ ސްކޫލްގެ އިކޯން ދަރިވަރުންކޮޅަކާއެކު ޢަލީމް – ފޮޓޯ: ޢަލީމް
އޮންލައިން މަންސައެއްގެ އިތުރުން މިހައިތަނަށް ރާއްޖޭގެ 25 ސްކޫލަކަށް އެކި ފަހަރު މަތީން ދަތުރުކޮށް ގްރޭޑް10 ގެ އިކޮނޮމިކްސް ދަރިވަރުންނަށް އޯލެވެލް ސެޝަންތައް ނަގައިދީފައިވާނެކަމަށް ވެސް ޢާލިމް މަޢުލޫމާތު ދެއްވައެވެ. ހިލޭސާބަހަށް ނޫންކަމުގައި ވިޔަސް، ސްކޫލްތަކުން އެދިގެން، އެ ސްކޫލްތަކުން ޚަރަދުކޮށްގެން ބާއްވާ މިފަދަ ދަތުރުތަކުގައި އިކޮނޮމިކްސް އިން އިތުރު އެހީތެރިކަމަށް ބޭނުންވެފައި ތިބޭ ދަރިވަރުންނަށް ޢާލިމް އެހީތެރިވެދެއްވައެވެ.
“އަޅުގަނޑަކީ އިކޮނޮމިކްސް ކިޔަވައިދިނުމަށް އެންމެ ބެސްޓް ޓީޗަރ ކަމަކަށް ނުދަންނަވަން، މިކަން އަޅުގަނޑު ކޮށްދެނީ އަޅުގަނޑަށް އެނގިހުރި އެއްޗެއް އުނގަންނައިދީ ދަރިވަރުންނަށް ރަނގަޅު ނަތީޖާއަކާއި ހަމައަށް ވާޞިލުވުމަށް އެހީތެރިވެދިނުން.” ޢާލިމްގެ މަޤްޞަދު ވަރަށްވެސް ސާފެވެ.
ޢާލިމް ހުންނެވީ އޯލެވެލް އިކޮނޮމިކްސް އިން އެހިތެރިކަން ބޭނުންވާ ދަރިވަރުންނާއި ސްކޫލްތަކަށް އެހީތެރިވެދެއްވުމަށް ތައްޔާރަށެވެ. އިކޮނޮމިކްސް އަކީ ދަރިވަރުން ކިޔަވާ ހިތްވާ މާއްދާއެއްގެ ގޮތުގައި ފިލާވަޅުތަކާއި ސެޝަންތައް ރާއްވަވައިގެން ކުރިއަށް ގެންދަވަން ތައްޔާރަށެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 19 އޭޕްރިލް 2025ޚަބަރު“ޓޫ އޮފް އަސް” ބޭންޑްގެ ހަތަރުވަނަ ހުށައެޅުން 19 އޭޕްރީލްގައި
- 19 އޭޕްރިލް 2025ޚަބަރުޑާކް ރެއިންގެ ޕްރޮޖެކްޓް 37 ގެ ނަން މިމަހު ހާމަކުރަނީ
- 18 އޭޕްރިލް 2025ޚަބަރުޝާރިފް އަންގަނީ “ހޯދުނު ގޮތަކަށް ހޯދަން”
- 18 އޭޕްރިލް 2025ޚަބަރުހުވާކޮށްފަ ބުނަން، މަށަށް ހީވަނީ މި މުބާރާތް ކާމިޔާބުކުރާނީ ދިވެހިރާއްޖެއިން – އަނޫ މަލިކް
Thee hama best sir
Thee aharemen beynunvaakala teacharun saabas alim sir