ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އިން ކުރިއަށް ގެންދާ ޔަންގް ލީޑާސް ޓްރެއިނިންގ ޕްރޮގްރާމްގައި ބައިވެރިވާ ދިވެހި ޒުވާނުން ޖަޕާނަށް ފުރައިފިއެވެ.
ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީއިން ހިންގަމުން ގެންދާ ޔަންގް ލީޑާސް ޓްރެއިނިންގ ޕްރޮގްރާމް ފޮރ މޯލްޑިވްސް (YLTP) ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަހަރު އޮކްޓޯބަރ މަހުގެ 06 ން 24 އަށެވެ. މިއަހަރުގެ ޕްރޮގްރާމް އަމާޒުކޮށްފައިވަނީ ދަނޑުވެރިކަމުގެ ދާއިރާއަށް ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރުން މަޢުލޫމާތު ދެއްވައެވެ.
ޖަޕާނުގައި މިއަދު ފެށުމަށް ހަމަޖެހިފައިވާ މިޕްރޮގްރާމްގެ ބައިވެރިން ޖަޕާނަށް ދިއުމަށް ފުރީ މިމަހު 5ވަނަ ދުވަހު އެވެ. މި މިޕްރޮގްރާމްގައި ފުވައްމުލައް، ރ. ފައިނު، ތ. ކަނޑޫދޫ، ފ. ދަރަނބޫދޫގެ އިތުރުން މި މިނިސްޓްރީން ހަނިމާދޫގައި ޤާއިމްކޮށްފައިވާ އެގްރިކަލްޗަރ ސެންޓަރުގެ މުވައްޒަފެއް ބައިވެރިވެއެވެ.
މިޕްރޮގްރާމްގައި ކިޔަވާދޭ ބައިތަކުގެ ތެރޭގައި:
1- ޖަޕާނުގެ ރަށްފުށުގެ ތަރައްޤީގައި ދަނޑުވެރި ގްރޫޕްތަކުގެ ދައުރާއި، ޖަޕާނު ސަރުކާރުގެ މައިގަނޑު ޞިޔާޞަތުތަކާއި އިދާރީ ހިންގުމުގެ އޮނިގަނޑު އެކުލަވާލާފައިވާ ގޮތުގެ އަސާސީ މައުލޫމާތުތައް.
2- ރަށްފުށުގެ ތަރައްޤީގެ ޕްރޮގްރާމްތައް ރާވާ ހިންގުމުގައި ޖަޕާނުގެ ތަޖުރިބާތަކުން ފިލާވަޅު ލިބިގަތުމާއި އެފަދަ އިޖްތިމާޢީ މަސައްކަތްތައް ކުރިއަށްދާގޮތް އަމިއްލައަށް ތަޖުރިބާކުރުން.
3- ޖަޕާނަށް ކުރާ މިދަތުރުން ދަސްވި ކަންކަމުގެ ތެރެއިން ރާއްޖޭގެ ރަށްފުށު ތަރައްޤީގައި ބޭނުން ހިފޭނެ ކަންތައްތައް ދެނެގަނެ އެކަންކަން އަމަލީގޮތުން ކުރިއަށް ގެންދިއުމަށް އެކްޝަން ޕްލޭންއެއް އެކުލަވާލުން ހިމެނެއެވެ.
ޔަންގް ލީޑާސް ޓްރެއިނިންގ ޕްރޮގްރާމް ފޮރ މޯލްޑިވްސް (YLTP) ޕްރޮގްރާމަކީ ލާމަރުކަޒީ އުޞޫލުން ޕްރޮގްރާމްތައް ބައްޓަންވެ ދަނޑުވެރިންނާއި ކައިރިން ޚިދުމަތްތައް ފޯރުކޮށްދިނުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރުން ކުރަމުން ގެންދާ މަސައްކަތްތަކަށް ލިބޭ ވަރަށް ބޮޑު އެހީތެރިކަމެއް ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 18 އޭޕްރިލް 2025ޚަބަރު“ޓޫ އޮފް އަސް” ބޭންޑްގެ ހަތަރުވަނަ ހުށައެޅުން 19 އޭޕްރީލްގައި
- 18 އޭޕްރިލް 2025ޚަބަރުޝާރިފް އަންގަނީ “ހޯދުނު ގޮތަކަށް ހޯދަން”
- 18 އޭޕްރިލް 2025ޚަބަރުހުވާކޮށްފަ ބުނަން، މަށަށް ހީވަނީ މި މުބާރާތް ކާމިޔާބުކުރާނީ ދިވެހިރާއްޖެއިން – އަނޫ މަލިކް
- 15 އޭޕްރިލް 2025ޚަބަރު“ޓޫ އޮފް އަސް” ގެ ތިންވަނަ ހުށައެޅުން މާދަމާ ހަވީރު