މިއީ 1965 ގައި ނެރުނު ރީތި ހިންދީ ފިލްމުތަކުގެ ތެރެއިން ފިލްމް ޕޫރްނިމާގައި ހިމެނިފައިވާ ހަމްސަފަރް މެރެ ހަމްސަފަރް މި ލަވައިގެ ދިވެހި ތަރުޖަމާއެކެވެ. މި ރީތި ލަވައިގެ ރާާގަކީ ދިވެހިން ދަންނަ ފަރިތަ ރާގެކެވެ. މަޝްހޫރު ރާގެކެވެ. ‘ފުން އަސަރު ކުރި ފުން އަސަރު’ ލަވަ ކިޔާފައި ވަނީ މި ރީތި ރާގަށެވެ.

ލަވަ ކިޔާފައިވަނީ މުކޭޝް އާއި ލަތާ މަންގޭޝްކަރް ގެ ހިތްގައިމު އަޑުން ނެވެ. އަޅުގަނޑުމެންނަށް މުކޭޝް ފާހަގަ ކުރެވިފައިވަނީ ހަނދާން ނައްތައިލަން ދަތި ހިތާމަވެރި ލަވަ ކިޔާ ފަންނުވެރިއެއްގެ ގޮތުގައެވެ. ނަމަވެސް މުކޭޝް ވަނީ ހަނދާން ނައްތައިލަން ދަތި އުފާާވެރި ލޯބީގެ ލަވަތަކެއްވެސް ހުށައަޅައިދީފަ އެވެ. މުކޭޝްގެ އަޑު ޖެހުމުން ހީވަނީ މީހަކު އޭނާގެ އިޙްސާސްތައް ބަންޑުންކޮށްލާހެން ނެވެ. އެއީ ކޮންމެ ކަހަލަ ލަވައެއް ނަމަވެސް ވަކި ތަފާތެއް ނޯވެ އެވެ. މި ސަބަށްޓަކައި އެހުންތެރިން ދެކެނީ މުކޭޝް އަކީ އާއްމު ރައްޔިތު މީހާގެ އަޑު ކަމުގަ އެވެ.

ފިލްމު ‘ޕޫރްނިމާ’ ގެ މި ލަވައަކީ މުކޭޝް އާއި ލަތާގެ އެއްމެ ރީތި ޑުވެޓް ތަކުގެ ތެރެއިން ޑުވެޓެކެވެ. ލޯބީގެ މި ރީތި ޅެން ހަދާފައިވަނީ ގުލްޒާރު އެވެ. ލަވަ ކޮމްޕޯސް ކޮށްފައިވަނީ ކަލްޔަންޖީ އާނަންދްޖީ އެވެ. ގުލްޒާރަކީ އަބަދުވެސް ވަރަށް ރީތި ފުރިހަމަ ޅެންތަކެއް ހަދާ ހުނަރުވެރިއެކެވެ. ކޮންމެ ޙާލަތަކަށްވެސް ހަދައިލާާ ޅެން ހަމަ އެހާމެ ފުރިހަމަ އެވެ. މި ލަވަ ހަދާފައިވާ ލޯބީގެ ޙާލަތަށް ބަލާއިރު، މި ލަވައިގެ ޅެންވެރިކަމާމެދު ބުނާާނެ ހަމަ އެކައްޗެއްވެސް ނެތެވެ. އެހާވެސް ފުރިހަމައެވެ.

ލަވައިގެ ވީޑިއޯގައި ހަރަކާތްތެރިވެފައި ވަނީ ދްރްމެންދުރާ (ދަރޭ) އާއި މީނާ ކުމާރީ އެވެ. ލަވައިގެ ވީޑިއޯ ތައްޔާރުކޮށްފައިވަނީވެސް އެހާމެ ފުރިހަމަކޮށެވެ. އަބަދުވެސް އުފާވެރިކޮށް ފެންނަ މީނާ ކުމާރީ ފިލްމު ތަކުން ގިނައިން ފެންނަނީ ހިތާމަވެރި ބައިތައް ކުޅޭތަނެވެ. ނަމަވެސް މި ލަވައިގައި އުފާާވެރި ބައެއް ކުޅެފައިވާ ޗާލު މަންޒަރުތައް ބަލައިލުމުން ހަމަ ގައިމުވެސް އަޅުގަނޑަށް އުފާވެރިކަން ލިބެ އެވެ.

ލަވަ: ހަމްސަފަރް މެރެ ހަމްސަފަރް
ފިލްމު: ޕޫރްނިމާ (1965)
އަޑުގެވެރިން: މުކޭޝް  – ލަތާ
ޅެންވެރިކަން: ގުލްޒާރު

ހަމްސަފަރް މެރެ ހަމްސަފަރް، ޕަންކް ތުމް ޕަރްވާޒް ހަމް
އަހަރެންގެ ބައިވެރިޔާ އެވެ. ކަލާއަކީ (ދޫންޏެއްގެ) ފިޔަނޑު ނަމަ އަހަންނަކީ އެ ދޫނީގެ އުދުހުމެވެ.
ޒިންދަގީ ކާ ސާޒް ހޯ ތުމް، ސާޒް ކީ އާވާޒް ހަމް
ކަލާއަކީ މިއުޒިކް ކުޅޭ އާލާތެއްނަމަ، އަހަންނަކީ އޭތިން ނިކުންނަ އަޑެވެ.
ހަމްސަފަރް މެރެ ހަމްސަފަރް، ޕަންކް ތުމް ޕަރްވާޒް ހަމް
އޭ އަހަރެންގެ ބައިވެރިޔާ އެވެ. ކަލާާއަކީ ފިޔަނޑު ނަމަ (ދޫންޏެއްގެ) އަހަންނަކީ އެ ދޫނީގެ އުދުހުމެވެ.
ޒިންދަގީ ކާ ގީތު ހޯ ތުމް، ގީތުކާ އަންދާޒް ހަމް
ކަލާއަކީ ޒިންދަގީގެ ލަވައެއް ނަމަ، އަހަންނަކީ އެ ލަވައިގެ ރާގެއެވެ.
ހަމްސަފަރް މެރެ ހަމްސަފަރް
އޭ އަހަރެންގެ ބައިވެރިޔާ އެވެ.
**************************
އާނކް ނޭ ޝަރްމާ ކެ ކަހެ ދީ
ލަދުވެތިކަމާއެކު ދެލޮލުން ބުނެދިނެވެ.
ދިލްކެ ޝަރްމާނޭ ކި ބާތު
ހިތް ބުނެދޭން ބޭނުންވެ (ލަދުން) ބުނަން ނުކެރި ހުރި ވާހަކަ އެވެ.
އޭކް ދީވާނޭ ނެ ސުން ލީ ދޫޖެ ދީވާނޭ ކި ބާތު
ދީވާނާ ވެފައިވާ މީހަކަށް (އަހަންނަށް)، ދީވާނާ ވެފައިވާ އަނެއް މީހާ (ކަލާ) ގެ ވާހަކަތައް އަޑު އިވިއްޖެއެވެ.
ޕިޔާރް ކީ ތުމް އިންތެހާ ހޯ
ކަލާއަކީ ލޯބީގެ އިންތިހާ އެވެ.
ޕިޔާރްކާ އާގާޒް ހަމް
އަހަންނަކީ ހަމަ އެކަނި އެ ލޯބީގެ ފެށުމެވެ.
ޕިޔާރްކާ އާގާޒް ހަމް
އަހަންނަކީ ހަމަ އެކަނި އެ ލޯބީގެ ފެށުމެވެ.
ހަމްސަފަރް މެރެ ހަމްސަފަރް، ޕަންކް ތުމް ޕަރްވާޒް ހަމް
އޭ އަހަރެންގެ ބައިވެރިޔާ އެވެ. ކަލާއަކީ ފިޔަގަނޑު ނަމަ (ދޫންޏެއްގެ) އަހަންނަކީ އެ ދޫނީގެ އުދުހުމެވެ.
ޒިންދަގީ ކާ ގީތު ހޯ ތުމް، ގީތުކާ އަންދާޒް ހަމް
ކަލާއަކީ ޒިންދަގީގެ ލަވައެއް ނަމަ، އަހަންނަކީ އެ ލަވައިގެ ރާގެވެ.
ހަމްސަފަރް މެރެ ހަމްސަފަރް
އޭ އަހަރެންގެ ބައިވެރިޔާ އެވެ.
***********************
ޒިކްރް ހޯ އަބް އާސުމާން ކާ
(އަހަރެންގެ ދެކޭގޮތުން) އެއްމެ މަތީ ހައްދަކީ އުޑެވެ.
ޔާ ޒަމީން ކީ ބާތު ހޯ
ނުވަތަ އަނެއް ހައްދަކީ ބިމެވެ. – ކޮންމެ ކަމެއް ކޮންމެ ގޮތަކަށް އޮތަސް މެއެވެ.
ޚަތުމް ހޯތީ ހޭ ތުމްހީނ ޕަރް
ހުރިހައިކަމެއްވެސް ނިމޭނީ ކަލާއާއި ހަމައިންނެވެ. – އަހަރެންގެ ދިރިއުޅުމުގެ މައިގަނޑު އަމާޒަކީ ކަލާއެވެ.
އަބް ކަހީނ ކީ ބާތު ހޯ
އެއީ ކޮންމެ އިރެއްގެ ވާހަކައެއް ނަމަވެސް މެއެވެ.
ހޯ ހަސީން ތުމް، މެހެޖަބީން ތުމް
ކަލާ ރީއްޗެވެ. ތިޔައީ ހަނދެއްފަދަ ރީތި ކުއްޖެކެވެ.
ނާޒްނީން ތުމް ނާޒް ހަމް
ނަމަވެސް ތިޔަ ރީތިކަމުގެ ފަޚްރަކީ އަހަންނެވެ.
ނާޒްނީން ތުމް ނާޒް ހަމް
ނަމަވެސް ތިޔަ ރީތިކަމުގެ ފަޚްރަކީ އަހަންނެވެ.
ހަމްސަފަރް މެރެ ހަމްސަފަރް، ޕަންކް ތުމް ޕަރްވާޒް ހަމް
އޭ އަހަރެންގެ ބައިވެރިޔާ އެވެ. ކަލާއަކީ ފިޔަނޑު ނަމަ (ދޫންޏެއްގެ) އަހަންނަކީ އެ ދޫނީގެ އުދުހުމެވެ.
ޒިންދަގީ ކާ ގީތު ހޯ ތުމް، ސާޒް ކީ އާވާޒް ހަމް
ކަލާއަކީ ޒިންދަގީގެ ލަވައެއް ނަމަ، އަހަންނަކީ އެ ލަވައިގެ ރާގެއެވެ.
ހަމްސަފަރް މެރެ ހަމްސަފަރް، ޕަންކް ތުމް ޕަރްވާޒް ހަމް
އޭ އަހަރެންގެ ބައިވެރިޔާ އެވެ. ކަލާާއަކީ ފިޔަނޑު ނަމަ (ދޫންޏެއްގެ) އަހަންނަކީ އެ ދޫނީގެ އުދުހުމެވެ.
ޒިންދަގީ ކާ ސާޒް ހޯ ތުމް، ސާޒްކީ އާވާޒް ހަމް
ކަލާއަކީ މިއުޒިކް ކުޅޭ އާލާތެއްނަމަ، އަހަންނަކީ އެ މިއުޒިކް އާލާތުން ނިކުންނަ އަޑެވެ.
ހަމްސަފަރް މެރެ ހަމްސަފަރް
އޭ އަހަރެންގެ ބައިވެރިޔާ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.