ޑާކް ރެއިން އެންޓަޓައިންމެންޓްގެ ނުވަ ވަނަ ފިލްމު “މީ ލޯތްބަކީ”ގެ “ހީލާހަދާލަން” ލަވަ ރިލީޒްކޮށްފިއެވެ. މީގެ ކުރީން ފިލްމުގެ ޕްރޮމޯޝަނަލް ލަވައެއްގެ ގޮތުގައި ނެރުނު “ހީލާހަދަން” ލަވައާއި ޚިލާފަށް މިފަހަރު ރިލީޒްކޮށްފައި މިވަނީ ފިލްމުގައި ހިމެނޭ “ހީލާހަދާލަން” ލަވައެވެ.

“ހީލާހަދާލަން” އަކީ މަޝްހޫރު ޑިޓިއުން ބޭންޑްގެ ލަވައެކެވެ. ލަވަ ކިޔާފައިވާ ޑިޓިއުން ބޭންޑްގެ ލީޑް ވޯކަލިސްޓް ފާތިމަތު ފެޒްލީން (ފެޒޫ) އެވެ. “ހީލާހަދާލަން” ޝޫޓްކޮށްފައިވަނީ ޑިޓިއުން ބޭންޑުން ކެފޭއެއްގައި ޝޯއެއް ދޭގޮތް ދައްކައިދެމުންނެވެ. ފިލްމުގެ ލީޑް ތަރިން އެ ޝޯ ބެލުމަށް ދެއެވެ.

ފިލްމުގައި ހިމެނޭ “ހީލާހަދާލަން” މިރޭ ރިލީޒްކޮށްފައިވާއިރު، މީގެ ކުރީން ރިލީޒްކޮށްފައިވާ “ހީލާހަދަން” އަށް ވަރަށް ބޮޑު މަޤުބޫލުކަމެއް ލިބިގެންދިޔަކަން ފާހަގަކޮށްލެވެއެވެ.

ހީލާހަދަން” އަކީ ރާއްޖޭގައި ފްލައިޓެއްގެ ތެރޭގައި ޝޫޓްކުރި ފުރަތަމަ ވީޑިއޯ ލަވަ އެވެ. ލަވަ ޝޫޓް ކުރީ މެގަ މޯލްޑިވްސްގެ ފްލައިޓެއްގެ ތެރޭގަ އެވެ. ލަވައިގައި ކިޔާހެން ވަރަށް މަޖާ އަދި އުފާވެރި މަންޒަރުތަކެއް މި ލަވައިން ފެނެ އެވެ.

މި ލަވައިގައި ފިލްމްގައި ފެނިގެންދާ ގިނަ ތަރިން ފެނިގެންދާއިރު ލަވަ ޝޫޓްކޮށްފައިވަނީ 60 އަށްވުރެ ގިނަ މީހުން ހިމަނައިގެންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.