ލަވަ: ތޫ ޖާނެ ނާ (ފިލްމް: އަޖަބް ޕްރޭމް ކީ ގަޒަބް ކަހާނީ – ޅެންވެރިޔާ: އިރުޝާދު ކާމިލް) ތަރުޖަމާކުރީ: ފަލާޙް
ކަލާދެކެ އަހަރެން ލޯބިވަނީ ކީއްވެގެންކަން ބުނެދޭނީ ކިހިނެއްހެއްޔެވެ؟
ޔާރާއެވެ. އެކަންކުރާކަށް (ބުނެދޭކަށް) އަހަންނަކަށް ކުޅަދާނައެއް ނޫނެވެ.
އަހަރެންގެ ހިތް ބުނެދޭން ބޭނުންވާ ހުރިހާ އެއްޗެއް، އަހަރެންގެ ލޮލުން ކަލާއަށް ދޭހަވާނެއެވެ.
(އެހެންނަމަވެސް) ކަލާއަކަށް ނޭނގެއެވެ. ކަލާއަކަށް ނޭނގެއެވެ.
އަހަރުމެން ބައްދަލުވިޔަސްވެސް، އަސްލު އަހަރުމެން ބައްދަލެއް ނުވެއެވެ…. ކީއްވެގެންބާއެވެ؟
އެތައް މޭލެއްގެ ދުރުމިން އަހަރުމެންގެ ދެމެދުގައިވެއެވެ. ކީއްވެގެންބާއެވެ؟
ގޮތްނޭނގޭ (ބީރައްޓެހި) އެތައްކަމެއް ކަލާގެ ފަރާތުން ނޭނގި ފެނިއްޖެއެވެ. (ހިނގައިފިއެވެ.) ކީއްވެގެންބާއެވެ؟
އަހަރެންގެ ލޮލުގައި ކަލާގެ ހުވަފެންތައްވެއެވެ. ކީއްވެގެންބާއެވެ؟
އަހަރެންގެ ލޮލަށް ބަލައިލަބަލާށެވެ. އެތަނުގައި (ލޮލުގައި) ވާ ސޫރަ، ހުރިހާގޮތަކުންވެސް ކަލާއާ ވައްތަރެވެ.
އެއީ ކަލާގެ ލޯ ހެއްޔެވެ. ނޫނީ ކަލާގެ ބަސް (ވާހަކަތައް) ހެއްޔެވެ.
އަހަރެންގެ މުރާދަކަށް ކަލާވީ ކީއްވެހެއްޔެވެ؟
ކައިރީގައިވިޔަސް، އަހަރެންގެ އުއްމީދުކަމުގައިވިޔަސް، އިޙްސާސްކަމަށްވިޔަސް،
ކަންއޮތީ މިހެންނެވެ. ކަލާތީ އަހަރެންގެ މީހެއްނޫނެވެ.
ކަލާޔާމެދު މިހާ ޝަކުވާ މިކުރެވެނީ ކީއްވެގެންބާއެވެ.
އަހަރެންގެ ޚިޔާލުތަކުގައި، އެތައް ލައްކަ ވާހަކަތަކެއް އަހަރެންގެ ނަފުސަށް އަހަރެން ކިޔައިދީފީމެވެ.
އެހެންނަމަވެސް، ކަލާގެ ހާޒިރުގައި އެއްވެސް ވާހަކައެއް ނުބުނެވެއެވެ.
ކަލާ އެހެންމީހަކަށް ނިސްބަތްވިޔަސް، އަދިވެސް ކަލާތީ އަހަންނަށް ބީރައްޓިއްސެއްނޫނެވެ.
އެހެންނަމަވެސް، ކަލާތީ އަހަރެންގެ މީހަކަށް ނުވެއެވެ.
އަހަރެން ހިތާމަކުރަމެވެ. ހިތް ރޯންވެސް ރޮއެވެ.
އެކަމަކުވެސް، (މިމޮޔަކަން) ހުވަފެންތައް އެބަ ދައްކުވައެވެ.
މޮޔަވެއްޖެއެވެ. އަދި ވިސްނައެވެ. (މޮޔަކަން)
މިހުރިހާކަމަކަށްފަހުވެސް ކަލާއާ ބައްދަލުމިވީ ކީއްވެގެންހެއްޔެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!