ދިޕިކާ ޕަޑުކޯންގެ ކުރީގެ ލޯބިވެރިޔާ ރަންބީރު ކަޕޫރު އަދި ފިރިމީހާ ރަންވީރު ސިންގ އެކްޓުކުރުމުގައި ފާހަގަ ކުރެވޭ ތަފާތުތައް ހާމަ ކޮށްފިއެވެ.

ފިރިމީހާ ރަންވީރާ ބެހޭގޮތުން ދިޕިކާ ބުނެފައިވަނީ، ފިލްމުގެ މަންޒަރުތަކަށް އެހާ ބޮޑަށް ތައްޔާރު ނުވާކަން ފާހަގަ ކުރެވޭ ކަމަށެވެ. ‘ޔެ ލަވާނީހޭ ދިވާނީ’ ގެ އެކްޓްރެސް ބުނެފައިވަނީ ކޯ ސްޓަރ ގެ ފަރާތުން ފެންނަނީ މުޅިން ތަފާތު މަންޒަރެއް ކަމަށެވެ. ކޯ ސްޓަރ ރަންބީރަކީ ތިމަންނަ ފަދައިން ފިލްމުގެ ކޮންމެ މަންޒަރެއްގެ ފަންސާސް އިންސައްތަ ފަރިތަ ކުރުމުގައި ހޭދަކުރާ މީހެއް ކަމުގައެވެ.

ރަންވީރު އަދި ރަންބީރު އާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ދިޕިކާ ބުނެފައިވަނީ، ފިރިމީހާގެ ފަރާތުން މާ ބޮޑު ފަރިތަކުރުން ތަކެއް ނުފެނުނު ނަމަވެސް، ކުޅެން ހަމަޖެހިފައިވާ މަންޒަރުތަކާ އެއްގޮތަށް ލައިފް ސްޓައިލަށް ބަދަލުތަކެއް ގެންނަ ކަމަށެވެ. ކާރު ދުއްވުމުގައާއި ލާ ހެދުމާއި ބޭނުންކުރާ ސެންޓުން އެކަން ފާހަގަ ކުރެވޭ ކަމަށެވެ. 

މީގެ އިތުރުން ކޮންމެ ހަ މަހަކުން އޭނާގެ ސްޓައިލަށް ބަދަލުތައް ގެންނަ ކަމަށްވެސް ދިޕިކާ ބުނެފައިވެއެވެ. އެ ދެމީހުންގެ ގުޅުން މިހާ ދިގު މުއްދަތަކަށް ދެމިގެން ދިޔަ އެންމެ ބޮޑު ސަބަބަކީ އެއީ ކަމަށްވެސް ދިޕިކާ ފާހަގަކުރިއެވެ. ރަންވީރަކީ ކޮންމެ ހަމަހަކުން މުޅިން ތަފާތު މީހެއް ކަމަށާއި އެހެން ކަމުން އެކީގައި އުޅުމުގައި ކުޑަވެސް ފޫހިކަމެއް ދުވަހަކުވެސް އިހުސާސް ނުވާ ކަމުގައިވެސް ދިޕިކާ ފާހަގަ ކުރިއެވެ.

ދިޕިކާގެ ޕްރޮފެޝަނަލް ފަޅިއަށް ބަލާލާއިރު، ކަބީރު ޚާންގެ ’83’ ގައި ފިރިމީހާ ރަންވީރުގެ އިދިކޮޅު މީހެއްގެ ރޯލުން ފެނިގެންދާއިރު، މެގްނާ ގުލްޒާރުގެ ‘ޗަޕާކު’ ގައި އެސިޑް ހަމަލާ އަކުން ސަލާމަތްވި މީހެއްގެ ރޯލުންވެސް ދިޕިކާ ފެނިގެން ދެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ޝައިލާ
ފިލްމީ ޚަބަރު ލިޔުމަކީ ޝައިލާގެ ޚާއްޞަ ހުނަރެކެވެ. ބޮލީވުޑްގެ ޚަބަރުތައް ލިޔުމަކީ ޝައިލާގެ ޚާއްޞަ ދާއިރާއެވެ.