‘އަހަރެންގެ ހިތް ކަލާގެ ހިތަށް ބުނެފިއެވެ.’ ނުވަތަ ދިލް ނޭ ޔޭ ކަހާ ހެ ދިލް ސޭ’ މި ލަވައަކީ 2000 ވަނަ އަހަރު ރިލީޒްކުރި ހިންދީ ފިލްމު ތަކުގެ ތެރެއިން މަހާ ހިޓް ފިލްމެއް ކަމަށްވާ ‘ދަޅްކަން’ ގެ ހިތްގައިމު ލަވައެކެވެ. ސަމީރުގެ ވަރަށް ފުރިހަމަ ޅެންވެރިކަމަށް، ހަމަ އެހާމެ ފުރިހަމަކަމެއް ގެނެސްދީފައިވަނީ އަލްކާ ޔަގްނިކް، އުދިތު ނާރަޔަން، ކުމާރް ސާނޫ އަދި ސޯނޫ ނިގަމް މި ލަވަ ކިޔާފައިވާލެތް ފުރިހަމަ ކަމުންނެވެ. ލަވައަށް ހަމަ އެހާމެ ފުރިހަމަ މިއުޒިކެއް ހަދައިދީފައިވަނީ ނަދީމް އަދި ޝަރްވަން އެވެ.
ލަވައިގައި ހަރަކާތްތެރިވަނީ ޝިލްޕާ ޝެޓީ، ސުނިލް ޝެޓީ އަދި އަކްޝޭ ކުމާރް އެވެ.
މި ލަވައަށް ވަނީ ފާހަގަކޮށްލެވޭ ފަދަ އެވޯޑްތަކެއް ލިބިފައެވެ. އެގޮތުން ‘އައި.އައި.އެފް.އޭ’ އިންވަނީ މި ލަވަ އަށް ‘ބެސްޓް ފީމޭލް ޕްލޭބެކް’ ގެ އެވޯޑް ދީފައެވެ. ހަމަ އެހެންމެ ފިލްމު ފެއަރ އެވޯޑުންވެސް ވަނީ މި ވަނަ ހާސިލްކޮށްފައެވެ.
މުއްސަނދި މަހުޖަނެއްގެ ދަރިއެއްް ކަމަށްވާ އަންޖަލީ (ޝިލްޕާ ޝެޓީ) އަށް ލޯބިވެވެނީ ފަޤީރެއް ކަމަށްވާ ދޭވް (ސުނިލް ޝެޓީ) ދެކެ އެވެ. އެ ދެމީހުންވެސް ބޭނުންވަނީ ކައިވެނި ކުރާށެވެ. ނަމަވެސް އަންޖަލީގެ ޢާއިލާއިން އެކަމާ ދެކޮޅު ހަދައެވެ. އެއަށްފަހު މަޖުބޫރުން އަންޖަލީ ކައިވެނި ކުރުވަނީ އޭނާއާއި އެއްވަރަށް މުއްސަންޖެއްކަމަށްވާ ރާމް (އަކްޝޭ ކުމާރް) އާއި އެވެ. މިފަދަ މަޖުބޫރީ ޙާލަތެއް ވަރަށް ފުރިހަމައަށް މި ލަވައިގެ ޅެންވެރިކަމާއި ވީޑިއޯ އިން ދައްކުވައިދެއެވެ.
ލަވައިގެ މާނަ ވަރަށް ފުރިހަމައަށް ކޮށްފައިވަނީ އަލްއުސްތާޛް ޝަމްސުލް ފަލާޙް އެވެ. ވީޑިއޯ ސަބްޓައިޓްލް ކޮށް އެޑިޓްކުރީ ރިކާޒް ސްޓޫޑިއޯ އިންނެވެ.
އަހަރެންގެ ހިތް ކަލާގެ ހިތަށް ބުނެފިއެވެ.
އަހަންނަށް ކަލާދެކެ ލޯބިވެވިއްޖެއެވެ.
މަގޭ ޖާނެވެ. މަގޭ ލޯބިވާއެވެ. އަހަންނަށް އިތުބާރު ކުރާށެވެ.
އަހަރެން މި ބޭގަރާރުވެފައިވާ ކަލާވެސް ބޭގަރާރުވާށެވެ.
އަހަރެންގެ ހިތުގެ ވިންދު އެނގިބަލާށެވެ.
ކަލާވެސް އަހަރެން ދެކެ ލޯބިވާށެވެ.
އަހަރެންގެ ހިތް ކަލާގެ ހިތަށް ބުނެފިއެވެ.
އަހަންނަށް ކަލާދެކެ ލޯބިވެވިއްޖެއެވެ.
މަގޭ ޖާނެވެ. މަގޭ ލޯބިވާއެވެ. އަހަންނަށް އިތުބާރު ކުރާށެވެ.
އަހަރެން މި ބޭގަރާރުވެފައިވާ ކަލާވެސް ބޭގަރާރުވާށެވެ.
އަހަރެންގެ ހިތުގެ ވިންދު އެނގިބަލާށެވެ.
ކަލާވެސް އަހަރެން ދެކެ ލޯބިވާށެވެ.
ކަލާ ބުނެފިނަމަ، ހަނދާއި ތަރިތައް ގެނެސް ދޭނަމެވެ.
ކަލާއަށްޓަކައި މިވަޔާއި ވިލާތަކުގެ މިސްރާބު ބަދަލުކޮށްލައި އެވެސް ގެނެސްދޭނަމަވެ.
އަހަރެންގެ ލޮލަށް މިފެންނަނީ ކޮންފަދަ މަންޒަރެއް ހެއްޔެވެ؟ މިއީ ކޮންފަދަ އިހުސާސެއް ހެއްޔެވެ.
ސަހަރާވަނީ ދުރުގައެވެ. ކޯރުވަނީ ކައިރީގައެވެ.
އެހެނަސް، ފެންބޮވަނީ މި ކީއްވެހެއްޔެވެ؟
މުޅި ދުނިޔެ ކަލާގެ ފައި ދޮށުގައި ބާއްވާނަމެވެ. އަހަރެންގެ ލޮލަށް ބަލައިބަލާށެވެ.
އަހަރެން މި ބޭގަރާރުވެފައިވާ ކަލާވެސް ބޭގަރާރުވާށެވެ.
އަހަރެންގެ ހިތުގެ ވިންދު އެނގިބަލާށެވެ.
ކަލާވެސް އަހަރެން ދެކެ ލޯބިވާށެވެ.
ކޮންމެ ދުވަހަކު ކަލާ އަހަރެންގެ ހުވަފެންތަކުގައާއި ހަނދާނަށް އާދެއެވެ.
މަގޭ ލޯބިވާއެވެ. މިހާވަރަށް ކަލާ އަހަންނަށް ތިޔަ ތަދުތައް ދެނީ ކީއްވެހެއްޔެވެ؟
ކޮންމެ ދުވަހަކު ކަލާ އަހަރެންގެ ހުވަފެންތަކުގައާއި ހަނދާނަށް އާދެއެވެ.
މަގޭ ލޯބިވާއެވެ. މިހާވަރަށް ކަލާ އަހަންނަށް ތިޔަ ތަދުތައް ދެނީ ކީއްވެހެއްޔެވެ؟
ކަލާގެ އަތުތެރޭން، ކަލާގެ ޙަޔާތުން އަހަރެން ދުރަކަށް ނުދާނަމެވެ.
މީ އަހަރެންވާ ވަޢުދެކެވެ. އަހަރެން އެނބުރި އަންނާނަމެވެ.
ދުނިޔޭން ކަލާ އަތުލައިގަނެގެން ގެންދާނަމެވެ.
ކުޑަ އިންތިރާޒެއް ކޮށްލާށެވެ.
އަހަރެން މި ބޭގަރާރުވެފައިވާ ކަލާވެސް ބޭގަރާރުވާށެވެ.
އަހަރެންގެ ހިތުގެ ވިންދު އެނގިބަލާށެވެ.
ކަލާވެސް އަހަރެން ދެކެ ލޯބިވާށެވެ.
ކަލާގެ ލޮލަށް އަހަރެން ބަލާނީ ކިހިނަކުން ހެއްޔެވެ؟
ކަލާއަށް އިތުބާރުކުރާނީ ކިހިނަކުން ހެއްޔެވެ؟
އަހަރެންގެ ހިތުގެ ވިންދު ކަލާފަދައިން ބޭގަރާރު ކުރާނީ ކިހިނަކުން ހެއްޔެވެ؟
އަހަރެންގެ ހިތް ކަލާއަށް ދޭނީ ކިނިހެއްހެއްޔެވެ؟
ކަލާދެކެ އަހަރެން ލޯބިވާނީ ކިހިނެއް ހެއްޔެވެ؟
އަހަރެންގެ ހިތް ކަލާގެ ހިތަށް ބުނެފިއެވެ.
އަހަންނަށް ކަލާދެކެ ލޯބިވެވިއްޖެއެވެ.
މަގޭ ޖާނެވެ. މަގޭ ލޯބިވާއެވެ. އަހަންނަށް އިތުބާރު ކުރާށެވެ.
އަހަރެން މި ބޭގަރާރުވެފައިވާ ކަލާވެސް ބޭގަރާރުވާށެވެ.
އަހަރެންގެ ހިތުގެ ވިންދު އެނގިބަލާށެވެ.
ކަލާވެސް އަހަރެން ދެކެ ލޯބިވާށެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!