ބޮލީިވުޑްގެ ކިންގް، ޝާހްރުކް ޚާން އޭނާގެ ކުރިއަށް ހުރި ޕްރޮޖެކްޓައް އުފަންދުވަހު ހާމަކުރަން ނިންމާފައިވާކަމަށް އިންޑިޔާގެ ނޫސްތަކުން ބުނެފިއެވެ.

ޝާހްރުކް އެންމެ ފަހުން ފެނިފައިވަނީ އާނަންދް އެލް ރާއީގެ ފިލްމު “ޒީރޯ” އިންނެވެ. އަނުޝްކާ ޝަރްމާ އާއި ކެޓްރީ ވެސް އެ ފިލްމުގައި މުހިންމު ރޯލެއް އަދާކޮށްފައިވެއެވެ. ބޮކްސް އޮފީހުގައި “ޒީރޯ” އަށް އެހާބޮޑު ކާމިޔާބީއެއް ލިބިފައި ނުވިޔަސް އެ ފިލްމުގައި އަނުޝްކާ އާއި ކެޓްރީނާ ކޮށްފައިވާ މަސައްކަތުގެ އަގު ޝާހް ވަޒަންކުރެއެވެ.

ފިލްމު “ޒީރޯ” އަށްފަހު ކުޑަކުޑަ ބްރޭކެއް ނެގުމަށްޝާހް ނިންމައި އާއިލާއާ އެކުގައި ވަގުތު ހޭދަކުރުމަށް ނިންމިއެވެ. ދެ ދަހަރަށް ވުރެން ދިގު މުއްދަތަކަށް ބޮލީވުޑްގެ އެންމެ އުހުގައި ހިފަހައްޓާލުމަށްފަހު މިހާރު އަނެއްކާވެސް ޝާހް ހުރީ އޭނާގެ ކުރިއަށް ހުރި ޕްރޮޖެކްޓަކާމެދު ނިކަން ރަނގަޅަށް ވިސްނުމަށްފަހު ގޮތް ނިންމުމަށެވެ.

އަންނަ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހަކީ ޝާހްގެ އުފަންދުވަހެވެ. އެންމެ ފަހުގެ ރިޕޯޓްތައް ބުނާގޮތުން އޭނާގެ ކުރިއަށް ހުރި ބޮޑު ދެ ޕްރޮޖެކްޓެއް އުފަން ދުވަހު ހާމަކުރާނެއެވެ. އޭގެ ތެރެއިން އެއް ފިލްމަކީ ރާޖްކުމާރް ހިރާނީ ދެން ހަދާ ފިލްމެވެ. އަނެއް ފިލްމަކީ ތަމަޅަ ފިލްމު ހެދުމަށް މަޝްހޫރު އެސް.ޝަންކަރްގެ ފިލްމެކެވެ.

ޝާހްގެ އުފަންދުވަހު އޭނާގެ ފޭނުންނަށް ލިބިގެންދާނެ ހަދިޔާއަށް ހަމަ ގައިމުވެސް އިންތިޒާރުކުރާނެ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.