އިންޑިއާގެ ބޮކްސް އޮފީހުގެ ވިޔަފާރި އެންމެ ރަނގަޅު 20 ފިލްމުގެ ތެރޭގައި ރިތިކްގެ ‘ވޯރ’ އަދި ޕްރަބާސްގެ ‘ސާހޯ’ ހިމެނިއްޖެ އެވެ.

އިންޑިއާގެ ބޮކްސް އޮފީހުން މިއަދު ނެރުނު ރިޕޯޓުގައި ވާގޮތުން އެންމެ ވިޔަފާރި ރަނގަޅު ފިލްމުތަކުގެ ލިސްޓުގެ 12 ވަނައިގައި، އޮކްޓޫބަރު މަހުގެ 2ވަނަ ދުވަހު ރިލީޒްކުރި ރިތިކް އަދި ޓައިގަރ ގެ ‘ވޯރ’ ހިމެނިފައި ވާއިރު ޕްރަބާސްގެ ‘ސާހޯ’ ހިމެނިފައިވަނީ އެ ލިސްޓުގެ 9ވަނައިގައެވެ.

މިއަދާ ހަމައަށް އިންޑިއާގެ ނުވަ ވަނައަށް އެންމެ ވިޔަފާރި ރަނގަޅު ފިލްމުގެ ގޮތުގައި ހިމެނިފައިވަނީ ޖުމްލަ 302 ކްރޯޑު ރުޕީސް ލިބިގެންނެވެ. މި އަދަދަކީ އެ ފިލްމުގެ ޙަޔާތުގައި ލިބިފައިވާ އެންމެ ބޮޑު އަދަދެވެ. އަނެއްކޮޅުން އެ ލިސްޓުގެ 12 ވަނާގައި ހިމެނިފައިވާ ‘ވޯރ’ އަށް ފުރަތަމަ ދެ ހަފްތާ ތެރޭގައި ޖުމްލަ 277 ކްރޯޑު ރުޕީސް ލިބިފައި ވާއިރު، އެ ލިސްޓުގެ 10 ފިލްމުގެ ތެރޭގައި އެ ފިލްމު ހިމެނުމުގެ ފުރުޞަތު ވަރަށް ބޮޑެވެ.

މި ލިސްޓުގެ ފުރަތަމަ 10 ފިލްމަށް ބަލާއިރު ބޮލީވުޑްގެ ހަ ފިލްމަކާއި ސައުތު އިންޑިއާގެ ހަތަރު ފިލްމެއް ހިމެނެއެވެ. މި ލިސްޓުގެ އެންމެ މަތީގައިވާ ތިން ފިލްމުގެ ގޮތުގައި ‘ބާހޫބަލީ: ދަ ކޮންކްލޫޝަން’ ، ‘ބާހޫބަލީ: ދަ ބިގިނިންގ’ ، ‘2.0’ ހިމެނިފައި ވާއިރު މި ތިން ފިލްމަކީވެސް ސައުތު އިންޑިއާގެ ތިން ފިލްމެވެ. މީގެ އިތުރުން މި ތިން ފިލްމުވެސް ވަނީ 400 ކުރޯޑު ރުޕީސް ގެ ރޮނގު ހުރަސް ކޮށްފައެވެ.

އެންމެ ވިޔަފާރި ރަނގަޅު 20 ފިލްމުގެ ލިސްޓު

1. ބާހޫބަލީ : ދަ ކޮންކްލޫޝަން – 1115.86 ކްރޯޑް ރުޕީސް
2. ބާހޫބަލީ : ދަ ބިގިނިންގ – 418.54 ކްރޯޑް ރުޕީސް
3. 2.0 – 413.30 ކްރޯޑް ރުޕީސް
4. ޑަންގަލް – 387.29 ކްރޯޑް ރުޕީސް
5. ޓައިގަރ ޒިންދާ ހޭ – 339.00 ކްރޯޑް ރުޕީސް
6. ޕީކޭ – 337.72 ކްރޯޑް ރުޕީސް
7. ސަންޖޫ – 334.58 ކްރޯޑް ރުޕީސް
8. ބަޖުރަންގީ ބައިޖާން – 315.49 ކްރޯޑް ރުޕީސް
9. ސާހޯ – 302.31 ކްރޯޑް ރުޕީސް
10. ސުލްތާން – 300.67 ކްރޯޑް ރުޕީސް
11. ޕަދްމާވަތު – 295.46 ކްރޯޑް ރުޕީސް
12. ވޯރ – 277.00 ކްރޯޑް ރުޕީސް (14 ދުވަސް)
13. ކަބީރް ސިންގް – 276.34 ކްރޯޑް ރުޕީސް
14. ދޫމް 3 – 271.53 ކްރޯޑް ރުޕީސް
15. ޔޫރީ : ދަ ސަރޖިކަލް ސްޓްރައިކް – 244.01 ކްރޯޑް ރުޕީސް
16. ސިމްބާ – 239.85 ކްރޯޑް ރުޕީސް
17. ކިކް – 211.63 ކްރޯޑް ރުޕީސް
18. ޗެންނާއި އެކްސްޕްރެސް – 207.69 ކްރޯޑް ރުޕީސް
19. އެންތިރަން – 205.87 ކްރޯޑް ރުޕީސް
20. ގޯލްމާލް އެގެއިން – 205.50 ކްރޯޑް ރުޕީސް

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ޝައިލާ
ފިލްމީ ޚަބަރު ލިޔުމަކީ ޝައިލާގެ ޚާއްޞަ ހުނަރެކެވެ. ބޮލީވުޑްގެ ޚަބަރުތައް ލިޔުމަކީ ޝައިލާގެ ޚާއްޞަ ދާއިރާއެވެ.