ދ.އަތޮޅުގެ ޞިއްޙީ ހިދުމަތަށް50 އަހަރު ފުރޭ ރަންޔޫބިލް މުނާޞަބަތުގެ ރަސްމިއްޔާތުގެ ތެރެއިން އެ އަތޮޅުގައި ޑެންޓަލްގެ ޚިދުމަތް ފައްޓަވައިދެއްވައިފި އެވެ.
ދ. އަތޮޅުގެ ޞިއްޙީ ޚިދުމަތަށް ރަންޔޫބިލް ފުރުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި މި ޚިދުމަތް އެ ހޮސްޕިޓަލްގައި ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްއެވެ. އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިހުގައި، ހެލްތު މިނިސްޓަރ އަބުދުﷲ އަމީންއާއި، ޞިއްޙީ ދާއިރާގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ދ އަތޮޅުގެ ޞިއްޙީީ ޚިދުމަތަށް 50 އަހަރު ފުރޭ ރަންޔޫބީލް މުނާސަބާ ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ދ. އަތޮޅު ޞިއްޙީ ޚިދުމަތުގައި 25 އަހަރު ޚިދުމަތްކޮށްފައިވާ ފަރާތްތަކަށް ހަނދާނީ ފިލާ ހަވާލުކުރުމާއި، ފާއިތުވެދިޔަ އަހަރު އެ އަތޮޅުން ފާހަގަކުރެވުނު “ބެސްޓް ހެލްތު ސެންޓަރ” އަށް ހަނދާނީ ފިލާ ހަވާލުކުރުމުގެ އިތުރުން ދ. އަތޮޅު ހޮސްޕިޓަލްގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން 2018 ވަނަ އަހަރު އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުގެ އަގުވަޒަންކޮށް ހަނދާނީ ފިލާވަނީ އަރުވާފައިވެއެވެ.
ދ. ކުޑަހުވަދޫގެ ކޮންމެ ގެއަކަށް ފުރަތަމަ އެހީދޭނެ ފަސްޓްއެއިޑް ކިޓެއް މި ރަސްމިޔާތުގައި ތެރެއިން ވަނީ ހަވާލުކުރެވިފައެވެ. އެ ކިޓަކީ ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ ފަރާތުން ހަދިޔާކޮށްފައިވާ ކިޓެކެވެ.
ރޭގެ ރަސްމިއްޔާތުގައި ދ. އަތޮޅު ޞިއްޙީ މަރުކަޒުން ދެމުންދާ ޚިދުމަތްތަކުގެ މައްޗައް ތައްޔާރުކުރެވިފައިވާ ވީޑިއޯ ރިޕޯޓެއް ވެސް މި ހަފްލާގެ ތެރެއިން ވަނީ ދައްކާލާފައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 6 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުގެ ޓިކެޓް ބްކިން މިއަދު ފަށަނީ!
- 4 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ރަސްމީ ޕޯސްޓަރާއި ބައެއް ލަވަތައް ނެރުމަށް އާއްމުކޮށް ހުޅުވާލައިގެން ބޮޑު އިވެންޓެއް!
- 30 މާރޗް 2025ޚަބަރު“ސޮރީ” ފިލްމުގެ ލަވައެއްގެ ޝޫޓިންއަށް ގިނަ ޢަދަދެއްގެ ކުޑަކުދިން ބޭނުންވެއްޖެ
- 30 މާރޗް 2025ރިޕޯޓްމެލަސްމާ އަކީ ކޮބާ؟