ލޯބިވާ މީހަކަށް އަނގޮޓިއެއް ދޭއިރު ހާއްސަކޮށް އެންގޭޖްމެންޓް އަނގޮޓިއެއް ގަންނަ އިރު އަގަށް ބެލުމަކީ އެއީ ވާނެކަމެއް ނޫނެވެ. ހަމަގައިމުވެސް ކޮންމެ މީހެއްވެސް ބޭނުންވާނީ އެމީހެއްގެ އަނބިމީހާ ނުވަތަ ލޯބި ވެރިޔާ އަތުގައި އެންމެ ރީތި އަނގޮޓި އަޅުވާށެވެ. ބޮލީވުޑްގެ މަޝްހޫރު ތަރިންގެ އެންޖޭގްމެންޓް އަނގޮޓިތަކަކީ ގައިމުވެސް ބޮލީވުޑްގެ ފޭނުންނަށް ފެނިފައި ހުންނާނެ އެއްޗެކެވެ. އެ އަނގޮޓިތަކުގެ އަގު އެނގެނީ ކިތައް ބޭފުޅުންނަށްތޯ އެވެ. މިލިސްޓްގައި މި ހިމަނާލަނީ މަޝްހޫރު ބައެއް ތަރިންގެ އެންގޭޖްމެންޓް އަނގޮޓިތަކާއި އޭގެ އަގުތަކެވެ.

އީޝާ ޑިއޯލް
މިލިސްޓްގައި ފުރަތަމަ މިހިމަނާލަނީ މަޝްހޫރު ތަރި އީޝާ ޑިއޯލްގެ އަގުބޮޑު އަނގޮޓިއެވެ. 11 ލައްކަ އިންޑީއަން ރުޕީސްގެ އަގުބޮޑު މި އަނގޮޓި ޖަރީ ކުރެވިފައިވަނީ ހުދުކުލައިގެ އަލިމަސް ތަކަކުންނެވެ.

ލާރާ ދައްތާ
އަކްޝޭގެ ހައުސްފުލް އިން ލާރާގެ ފެނިލުން ވަރަށް ކަމުދިޔައެވެ. އޭނާގެ އެންގޭޖްމެން އަނގޮޓި 9.5 ލައްކަ އިންޑިއަން ރުޕީސްއަށް އަރައެވެ. ވަށްކޮށް އިން ބޮޑު އަލިމަހަކާއެކު މި އަނގޮޓިވެސް ލާރާ ފަދައިން ވަރަށް ޗާލެވެ.

ޖެނީލިއާ ޑިސޫޒާ
50 ލައްކަ އިންޑިއަން ރުޕީސްގެ އަގުބޮޑު އަނގޮޓިއާއެކު މިލިސްޓަށް ދެން އިތުރު ކޮށްލާނީ ކުޅަދާނަ އެކްޓަރ ރިތޭޝް ދޭޝްމުކްގެ އަނބިމީހާ އެކްޓްރެސް ޖެނީލިއާ ޑިސޫޒާގެ ރީތި އަނގޮޓި އެވެ.

ކަރީނާ ކަޕޫރު
ޝާހީ އާއިލާއެއް ކަމަށްވާ ނަވާބް އާއިލާގެ ޗޯޓޭ ނަވާބް އާދެ! ސައިފް އަލީ ހާންގެ އަނބިމީހާ އަށް ސައިފް ދިން މި ރީތި އަނގޮޓީގައި ގިނަ އަދަދެއްގެ އަލިމަސް، ދެ ބަރިއަކަށް ޖަހާފައިވެއެވެ. ބޮޑު އެއް އަލިމަހާއެކު ޖަރީކޮށްފައިވާ މި އަނގޮޓީގެ އަގަކީ 18 ލައްކަ އިންޑިއަން ރުޕީސް އެވެ.

އައިޝްވާރިޔާ ރާއި
ރީތީގެ ރާނީގެ އަނގޮޓީއާ ނުލައި މި ލިސްޓް ފުރިހަމަ ވާނެތޯއެވެ. ބޮޑު އަލިމަހަކުން ޒީނަތްތެރިކޮށްފައިވާ މި އަނގޮޓީގެ އަގަކީ 50 ލައްކަ އިންޑިއަން ރުޕީސްއެވެ.

އަނުޝްކާ ޝަރުމާ
މިސިޒް ކޯލީގެ އަތުގައި މިސްޓަ ކޯލީ އަޅުވާލި އެންގޭޖްމެންޓް އަނގޮޓީގެ އަގަކީ 1 ކުރޯޑް ރުޕީސްއެވެ. އަނގޮޓި ޖަރީކުރެވިފައިވަނީ މެދުގައި ބޮޑު ޖަވާހިރެއް އަދި ދެފަރާތުގައި ޖަވާހިރު ބަރިއެއް ހަރުކޮށްގެންނެވެ.

ޝިލްޕާ ޝެޓީ
އާދައިގެ ވަރަކަށް ވުރެ ބޮޑު އަލިމަހަކުން ޒީނަތްތެރިކޮށްފައިވާ މި އަނގޮޓީގެ އަގަކީ 3 ކުރޯޑް ރުޕީސްއެވެ.

އާސިން
ގަޖްނީ ގާރލް ނުވަތަ އާސިންގެ ފިރިމީހާ އަކީ މަޝްހޫރު ވިޔަފާރިވެރިއެކެވެ. ހުދު ކުލައިގެ ވަށް ޖަވާހިރެއް ބޭނުންކޮށްގެ ފަރުމާ ކޮށްފައިވާ މިއަނގޮޓީގެ އަގަކީ 6 ކުރޯޑް ރުޕީސް އެވެ.

ސޯނަމް ކަޕޫރު
އަނިލް ކަޕޫރުގެ ދަރިފުޅު ސޯނަމް ކަޕޫރަށް ފިރިމީހާ އާނަންދު އަހޫޖާ ދިން އަނގޮޓިއާނުލައި މި ލިސްޓް އިތުރަށް ކުރިއަށް ގެންދެވޭކަށް ނެތެވެ. އާސިން ފަދައިން ވަށް އަލިމަހެއް ޖެހި މި އަނގޮޓީގެ އަގަކީ 90 ލައްކަ އިންޑިއަން ރުޕީސް އެވެ.

ޕްރިޔަންކާ ޗޯޕްޅާ
ހަތަރެސްކަން ޖަވާހިރަކާއެކު ޖަރީކޮށްފައިވާ މި އަނގޮޓީގެ އަގަކީ 24.7 ކުރޯޑް ރުޕީސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އާމިނަތު ސަޒްރާ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސަޒްރާ އަކީ ކުރިން ރާއްޖެ ޓީވީގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. މުނިފޫހިފިލުމުގެ ދާއިރާގެ އިތުރުން އިޖުތިމާޢީ ދާއިރާގައިވެސް ސަޒްރާ ޚާއްޞައެވެ.