ހިންދީ ފިލްމު ‘ދޭވަދާސް’ އަކީ ބޮލީވުޑްގައި ނުކުތް ފިލްމުތަކުގެ ތެރެއިން އެތައް ގޮތަކުން ފާހަގަކޮށްލެވޭ ފިލްމެކެވެ. ހޯދި ގިނަ ކާމިޔާބު ތަކެވެ. ފިލްމުގެ ރީތި ވާހަކަ އެވެ. ފިލްމުގައި ހިމެނޭ ރީތި ލަވަ ތަކެވެ.

2002 ގައި ރިލީޒްކުރި ލޯބީގެ މި ފިލްމަކީ ޢާއްމު އެހެން ޑައިރެކްޓަރުންނަށް ނަގަން ނުކެރޭ ބޮޑު ރިސްކު ނަގައިގެން ތަފާތު ފިލްމުތަކެއް އުފައްދަމުން އަންނަ ސަންޖޭ ލީލާ ބަންސާލީ ގެ ފިލްމެކެވެ. މިއީ 1917 ވަނަ އަހަރު އިންޑިޔާގެ މަޝްހޫރު ލިޔުންތެރިޔާ ޝަރަތު ޗަންދްރާ ލިޔެފައިވާ ‘ދޭވްދާސް‘ ވާހަކައެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.

ޝާހް ރުކް ޚާން އާއި އައިޝްވާރިޔާ ހަރަކާތްތެރިވެފައިވާ މި ފިލްމަށް ވަނީ ބަފްޓާ އެވޯޑް ފޯރ ބެސްޓް ފޮރިންގ ލޭންގުއޭޖް ފިލްމު އެވޯޑް ލިބިފައެވެ. މީގެ އިތުރުން އިންޑިޔާއިން އެކަޑަމީ އެވޯޑް އަށްވެސް މި ފިލްމު ހުށައެޅިއެވެ.

ދިމާނަ – ޔޫޓިއުބް ޗެނަލްގައި މި ފިލްމުގެ ރީތި ލޯބީގެ ލަވަތަކުގެ ތެރެއިން ހިމަނާލާފައިވާ ލަވައަކީ ސިލްސިލާ ޔޭ ޗާހަތު ކާ (ލޯބީގެ މި ސިލްސިލާ) އެވެ. ވަރަށް މޮޅު، ރީތި ޅެންވެރިކަމެއް ހިމެނޭ މި ލަވައިގެ ޅެންވެރިއަކީ ނުސްރަތު ބަދުރް އެވެ. މިއުޒިކް ހަދާފައިވަނީ އިސްމާޢީލް ބަދުރް އެވެ. ޝްރަޔާ ގޯސަލް ގެ ހިތްގައިމު އަޑުން ކިޔާފައިވާ މި ލަވައިގެ ވީޑިއޯ ޑައިރެކްޓް ކޮށްފައިވަނީ ސަންޖޭ ލީލާ ބަންސާލީ އެވެ.

ލަވައިގެ ލިރިކްސް ދިވެހި ބަހަށް ތަރުޖަމާ ކޮށްފައިވަނީ އަޅުގަނޑުގެ އަޚް، ޑޮކްޓަރ ޝަމްސުލް ފަލާޙް އެވެ. ލަވައިގެ ދިވެހި ސަބްޓައިޓްލް ކޮށް އެޑިޓް ކުރީ ރިކާޒް ސްޓޫޑިއޯ އިންނެވެ.

ލަވަ: ސިލްސިލާ ޔޭ ޗާހަތު ކާ (ފިލްމް: ދޭވްދާސް – ޅެންވެރިޔާ: ނުސްރަތު ބަދުރު)    ތަރުޖަމާކުރީ: ފަލާޙް

ކޯރަސް

މޫސުމް ބަދަލުވާހިނދު… އާދެއެވެ. އާދެއެވެ.

ވިލާގަނޑުތައް އާދެއެވެ. އާދެއެވެ.

މި ހުޅުކޮޅު ނިއްވާލަން ހިމޭން ރޯޅިއެއް އަންނާނެއެވެ.

ލޯބީގެ މި ސިލްސިލާ ނިވޭކަށް އަހަރެން ދުލެއް ނުކުރަމެވެ.

ލޯބީގެ މި ސިލްސިލާ ނިވޭކަށް އަހަރެން ދުލެއް ނުކުރަމެވެ.

ލޯބިވާއެވެ. މި ހުޅުކޮޅު ނިވިފައެއް ނުވެއެވެ. އަދި ނުވެސް ނިވޭނެއެވެ.

އަހަރެންގެ ލޯބީގެ ހުޅުކޮޅު

މަގޭ ލޯބިވާއެވެ. މިހާރު އައިސްބަލާށެވެ. މަގޭ ލޯބިވާއެވެ.

ހޯ، މަގޭ ލޯބިވާއެވެ. މިހާރު އައިސްބަލާށެވެ. މަގޭ ލޯބިވާއެވެ.

މި ހުޅުކޮޅު އަހަރެންގެ ހިތާއި ހުރިހާ ތަނެއްގައި އަނދައަނދާ ހުރެއެވެ.

މިހާރު އައިސްބަލާށެވެ. މަގޭ ލޯބިވާއެވެ.

ހޯ، މަގޭ ލޯބިވާއެވެ. މިހާރު އައިސްބަލާށެވެ. މަގޭ ލޯބިވާއެވެ.

އަހަރުމެން ދުރުވެއްޖެއެވެ.

ވަކިވުމުގެ އާލަމެއްވެއެވެ.

އަދި ކަލާވަނީ އެތަނުގައެވެ. އެތަނުގައެވެ. އެތަނުގައެވެ.

(އެތަނުގައި ކަލާ) ވިދާ ބަބުޅާ އުފަލުން ފޮޅެނީއެވެ.

އަދި އަހަރެން މިތަނުގައި އަނދަމުންދަނީއެވެ. އަނދަމުންދަނީއެވެ.

އަނެއްފަހަރު ވިލާގަނޑުން ގުގުރައިފިއެވެ. ގުގުރަ ގުގުރާ ވާރޭ ވެހިއްޖެއެވެ.

އެނބުރެމުން ތޫފާނެއް އަތުވެއްޖެއެވެ. އެހެނަސް، އެތޫފާނަށްވެސް ކަލާ ނިއްވައެއް ނުލެވުނެއެވެ.

އޯ ލޯބިވާއެވެ. މި ހުޅުކޮޅާއެވެ. މި ވާރޭ ކިތަންމެ ވަރަކަށް ކަލާއަށް ގޯނާ ކުރިޔަސް،

މި ވަޔާއި މި އަލިކަން

މަގޭ ލޯބިވާއެވެ. މިހާރު އައިސްބަލާށެވެ. މަގޭ ލޯބިވާއެވެ.

ހޯ، މަގޭ ލޯބިވާއެވެ. މިހާރު އައިސްބަލާށެވެ. މަގޭ ލޯބިވާއެވެ.

ކޯރަސް

މިހިރަ މޮޔަ ކުއްޖަކަށް ބަލައިބަލާށެވެ. ދުނިޔޭގެ ކަންކަން ވަރަށްނޭނގޭ ކުއްޖެކެވެ.

ކޮޅިގަނޑެއް އައިސް، އެއާއެކު އޭނާގެ ލޯބިވެރިޔާ ގެންނާނެޔޯލައެވެ.

ހޯ، މަގޭ ލޯބިވާއެވެ. މިހާރު އައިސްބަލާށެވެ. މަގޭ ލޯބިވާއެވެ.

ކޯރަސް

ލޯބީގެ މި ހުޅުކޮޅު ނިވުނަކަ ހިތް ނުދެއެވެ.

ހޯ، މަގޭ ލޯބިވާއެވެ. މިހާރު އައިސްބަލާށެވެ. މަގޭ ލޯބިވާއެވެ.

ކޯރަސް

ލޯބީގެ މި ހުޅުކޮޅު ނިވުނަކަ ހިތް ނުދެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.