މިހާރު މާމިގިލީގައި ޝޫޓްކުރަމުން އަންނަ ވެބް ސީރީޒް “ހަނާ”ގެ ފަންސަވީސް އިންސައްތަ ޝޫޓިން ނިމިފައިވާކަމަށް ސީރީޒްގެ ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތަކާ ހަވާލުވެހުރި މަޤްބޫލު ކެމެރާމަން ޢަލީ ރަޝީދު (ގޮޅާ އައްޔަ) ބުނެފިއެވެ.
މުނިއަވަސް އަށް މަޢުލުމާތު ދެމުން މިއަދު ހަވީރު، އައްޔަ ބުނީ ސީރީޒްގެ އެޑިޓިންއާއި ޑަބިން މަސައްކަތްވެސް އޮން ލޮކޭޝަންގައި ކުރިއަށްދާ ކަމަށާއި އެގޮތުން ޝޫޓްކޮށްފައިވާ ބައިތަކުގެ ބޮޑުބައެއް އެޑިޓްކޮށް ޑަބްކޮށް ނިމިފައިވާކަމަށެވެ.
ހުސައިން މުނައްވަރު ޕްރޮޑިއުސްކޮށް އަމްޖަދު އިބްރާހީމް (އަމްޖޭ) ޑައިރެކްޓްކުރާ 13 އެޕިސޯޑްގެ ސީރީޒް އަންނަ ނޮވެމްބަރު މަސްތެރޭގައި ބައިސްކޯފުން ދައްކަން ފަށާނެ ކަމަށް ވެސް އައްޔަ މަޢުލޫމާތުދެއެވެ.

“ހަނާ” ޑައިރެކްޝަންގައި އަމްޖޭ – ފޮޓޯ: މުނިއަވަސް
”ހަނާ“ އަކީ ތިނެސްކަން ލޯބީގެ ޑްރާމާއެކެވެ. ވާހަކަ ލިޔެފައިވަނީ އައިމިނަތު ރިނާޒާ އެވެ.
”ހަނާ“ގައި ހަރަކާތްތެރިވާ ތަރިންގެ ތެރޭގައި ޢަލީ އާޒިމް (ދޮން އައްޔަ)، އިބްރާހިމް ޖިހާދު (ޖިމީ)، ޒީނަތު އައްބާސް، ނޫރާ، ޝަމީލް، ނިޝާ ހިމެނެއެވެ.
”ހަނާ“ ޕްރޮޑިއުސްކޮށް ކެމެރާ ކުރަނީ ހުސައިން މުނައްވަރު (ކުޑަފޫޅު) އެވެ.

“ހަނާ” ގައި ހަރަކާތްތެރިވާ ނޫރާ އާއި ދޮން އައްޔަ – ފޮޓޯ: މުނިއަވަސް
ލިޔުންތެރިޔާގެ ފުރަމަލަ
