2016 ވަނަ އަހަރު ނިކުތް ފިލްމުތަކުގެ ތެރެއިން ‘ސަރްބަޖީތު’ ގެ ސަލާމަތު ރަހޭ އަކީ އަސަރުގަދަ ލޯބީގެ ލަވައެކެވެ. ލަވައިގެ ލިރިކްސް ގެ ދިވެހި ތަރުޖަމާ ޑރ. ޝަމްސުލް ފަލާޙް ކޮށްދެއްވާފައިވަނީ ވަރަށް ފުރިހަމަ ކޮށެވެ.
ސަލާމަތު – ދިވެހި ތަރުޖަމާ
އަހަރެން މިހުރި ތަނެއްގައި ކަލާ ހުންނަން އަހަރެން ބޭނުންނުވިޔަސް، އަހަރެން އެދެނީ،
ކަލާޔާއި އަހަރެންގެ ލޯބި އުމުރަށް ސަލާމަތްތެރިކަމުގައި ވާށިއެވެ.
މި ބިމާއި އުޑު ވުޖޫދުގައިވިޔަސް ނުވަތަ ނުވިޔަސް، އަހަރެން އެދެނީ،
ކަލާޔާއި އަހަރެންގެ ލޯބި އުމުރަށް ސަލާމަތްތެރިކަމުގައި ވާށިއެވެ.
ކަލާ ގެއްލިދާނެކަމުގެ ބިރު އެބައޮތެވެ. ގެއްލުނަ ނުދޭށިއެވެ.
ރައްބުއާ އަހަރެން ބައްދަލުވެއްޖެނަމަ ދަންނަވާނަމެވެ.
ދެދުނިޔޭގައި އަހަރެން ކުރާނީ ކީއްހެއްޔެވެ؟ ބުނެދެއްވާންދޭވެއެވެ.
އަހަރެން ކައިރީގައި ކަލާ ހުންނައިރު، އެހެން އެއްވެސް ކަމަކަށް އަހަރެން އެދުންވެރިއެއް ނުވެއެވެ.
އަހަރެންގެ ހުރިހާ ދުޢާއެއް އިޖާބަކޮށްދެއްވައިފިއެވެ.
އަހަރެންގެ ޖިސްމުގައި މި ފުރާނަ ހުއްޓަސް ނެތަސްވެސް އަހަރެން އެދެނީ
ކަލާޔާއި އަހަރެންގެ ލޯބި އުމުރަށް ސަލާމަތްތެރިކަމުގައި ވާށިއެވެ.
މި ދިރިއުޅެނީ ކުދިކުދިވެފައިވާ ޙާލުގައެވެ. ކަލާ ލިބުމާއެކު (ކުދިކުދިވެފައިވާވުން) ގުޅިއްޖެއެވެ. (އަހަރެން ފުރިހަމަވެއްޖެއެވެ.)
ފިޔަގަނޑުޖަހައި އަހަރެންގެ ހިތް އުދުހެމުންދެއެވެ.
ކަލާވަނީ އަހަރެންގެ ގައިގެތެރޭގައެވެ. އަހަރެންވަނީ ކަލާގެ ގައިގައެވެ.
އަހަރެމެން އެކަކުއަނެކެއްގެ ނޭވާވަނީ ގުޅިފައެވެ.
އަހަރުމެންގެ ދެމެދުގައި އެއްވެސް އެއްޗެއް ނުވެއެވެ.
އެ ހަނދުން ހަނދުވަރު ދިނަސް ނުވަތަ ނުދިނަސް،
ކަލާޔާއި އަހަރެންގެ ލޯބި އުމުރަށް ސަލާމަތްތެރިކަމުގައި ވާށިއެވެ.
އަހަރެން މިހުރި ތަނެއްގައި ކަލާ ހުންނަން އަހަރެން ބޭނުންނުވިޔަސް، އަހަރެން އެދެނީ،
ކަލާޔާއި އަހަރެންގެ ލޯބި އުމުރަށް ސަލާމަތްތެރިކަމުގައި ވާށިއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 10 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ޓްރެއިލާއިން ރެކޯޑެއް މުގުރާލައިފި
- 9 އޭޕްރިލް 2025ޚަބަރުރާއްޖޭގެ “ޓޫ އޮފްއަސް” ބޭންޑުން އިންޑިއާގެ ޖަޖުން އާޝޯޚްކޮށްލާ ފަދަ ހުށައެޅުމެއް!
- 9 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ޓްރެއިލާ އަދި ލަވަތަކަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް!
- 6 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުގެ ޓިކެޓް ބްކިން މިއަދު ފަށަނީ!