އޭޝިއާ ޕެސިފިކް ބްރޯޑްކާސްޓިން ޔޫނިއަން (އޭބީޔޫ)ގެ ފަރާތުން ކުރިއަށް ގެންދާ ރޭޑިއޯ ސޯންގް ފެސްޓިވަލްގައި މިފަހަރު ރާއްޖެ ތަމްސީލުކުރާނީ ހަސަން އިރުފާން (ޒަކިއްޓެ) އެވެ.
މޯލްޑިވިއަން އައިޑޮލް ސީޒަން ދެއަކުން ވިދާލި ލަވަ ކިޔުންތެރިޔާ، އުމުރުން 27 އަހަރުގެ ހަސަން އިރުފާން (ޒަކިއްޓެ)ގެ އެކްޓިން ހުނަރުވެރިކަން ވެސް ފެނިފައިވާއިރު، މިފަހަރު ޒަކިއްޓެ ހުރީ އޭނާގެ މިއުޒިކީ ހުނަރު ދައްކައިގެން ރާއްޖެ ތަމްސީލުކުރުމަށް ތައްޔާރަށެވެ.
ޒަކިއްޓެ ބުނެފައިވަނީ ޕީއެސްއެމްގެ ފަރާތުން އެ ފެސްޓިވަލުގައި ބައިވެރިވުމަށް ވަރަށް އަވަހަށް ރާއްޖެއިން ބޭރަށް ފުރާނެ ކަމަށެވެ.
އޭބީޔޫ ރޭޑިއޯ ސޯންގް ފެސްޓިވަލްގައި ޒަކިއްޓެއާއެކު މިއުޒީޝަން އަދި ޕްރޮޑިއުސަރު ސަމޫހު ތައުފީގުވެސް ބައިވެރިވާނެއެވެ. އެ ފެސްޓިވަލްގައި ޒަކިއްޓެ ހުށަހެޅުމަށް ނިންމާފައިވަނީ ދާދި ފަހުން އޭނާ ރިލީޒްކޮށްފައިވާ ލަވަ “ރާޅު މާލި” އެވެ.
”ރާޅު މާލި“ ލަވައާ ބެހޭގޮތުން މަޢުލޫމާތު ދެމުން ޒަކިއްޓެ ބުނީ މި ލަވައަކީ ރާޅުގަނޑުގައި ރާޅާއަޅާ ސާފަރުންނަށް ހަދާފައިވާ ލަވައެއް ކަމަށެވެ.
”އަޅުގަނޑަކީވެސް ސާރފާއެއް، މިއުޒިކު ކުޅުމުގައި އަހަރެން ކިތަންމެ ވަދި ވިޔަސް (ބިޒީ ވިޔަސް) އަބަދުވެސް މޫދު ދެކެ ލޯބިވާނަން.“ ޒަކިއްޓެ އިތުރަށް ބުނީ ’ސަރައްކާލި‘ އެ ލަފުޒު ލައިގެން ލަވައެއް ހަދާ އެންމެ ފުރަތަމަ ދިވެހި މިއުޒީޝަނަށް ވެސް އޭނާ ވުމަށް ބޭނުންވާ ކަމަށެވެ.
”ރާޅު މާލި“ ލަވަ ލިޔެފައިވަނީ ޒަކިއްޓެ އާއި ހުވޭ ނިހާދު އެވެ. ލަވަ އެރޭންޖްކުރީ ޒަކިއްޓެއެވެ. މިކްސިން އަދި މާސްޓަރިން ހެދީ ސިނޫ އަޙްމަދު އެވެ. މި ލަވަ ލަވަފޮށީގެ އިތުރުން ޒަކިއްޓެގެ ޔޫޓިއުބް ޗެނަލުން ބަލައިލެވޭނެއެވެ.
އޭބީޔޫ ރޭޑިއޯ ސޯންގް ފެސްޓިވަލް މި އަހަރު ބާއްވަނީ ބަންގްލާދޭޝްގެ ވެރިރަށް ޑާކާގައެވެ. ފެސްޓިވަލް އޮންނާނީ މިމަހުގެ 29 އިން 31 އަށެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!