‏ޔުއެފާ ޔޫރޯ 2020 ކޮލިފައިންގެ ގުރޫޕް އޭ ގައި 14 އޮކްޓޯބަރ 2019 ވަނަ ދުވަހު ބަލްގޭރިޔާ އަދި އިންގްލެންޑް ބައްދަލުކުރި މެޗުގައި ބަލްގޭރިޔާގެ ސަޕޯޓަރުން އިންގްލެންޑްގެ ޓީމުގެ ކުޅުންތެރިންނާ ނަސްލީ ގޮތުން ދިމާކޮށްފައިވާތީ، އެމައްސަލަ ބަލާ ޔުއެފާގެ ޑިސިޕްލިނަރީ ކޮމެޓީން ބަލްގޭރިޔާގެ ފުޓްބޯޅަ ޓީމް 75،000 ޔޫރޯ އިން ޖޫރިމަނާކޮށް، ދެން ކުޅޭ ދެ މެޗު ސަޕޯޓަރުން ނުވައްދާ ކުޅޭގޮތަށް ވަނީ ނިންމާފިއެވެ.

ގައުމީ ސަލާމް ޖެހުމުގައި އިހުމާލު ވެފައިވާތީއާއި، ކޮންމެ މެޗެއް ފެށުމުގެ ކުރިން ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް ދަމާ ބެނާ ދަމާފައިނުވާތީ ބަލްގޭރިޔާގެ ފުޓްބޯޅަ ޔޫނިއަން ވެސް ވަނީ 10،000 ޔޫރޯ އިން ޖޫރިމަނާކޮށްފަ އެވެ. 

ނަސްލީ ތަފާތުކުރުންތައް މިހާރަކަށް އައިސް ގިނަކަން ފާހަގަކުރެވޭއިރު އެކަމާ ގުޅިގެން ދޭ އަދަބުތައް ކުޑަކަމަށް ބުނެ ގިނަބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.