ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ އާއި ރެއާލް ވަލަޑޮލިޑް ބައްދަލުކުރި މެޗުގައި 5-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ބާސެލޯނާ ތާވަލުގެ 1 ވަނަ އަށް ޖެހިލައިފިއެވެ.
ބާސެލޯނާގެ ކޭމްޕް ނޫ ގައި ކުޅުނު މި މެޗުގެ 2 ވަނަ މިނެޓުގައި ފުރާންސުގެ ޑިފެންޑަރު ކްލިމެންޓް ލެންގްލެޓް ވަނީ ގޯލެއްޖަހާ ބާސާ އަށް ލީޑް ނަގާދީފައެވެ.
ގިނައިރު ބޯޅަ ހިފަހައްޓައިގެން ބާސާ މޮޅަށް ކުޅެމުންދިޔަ ނަމަވެސް ރެއާލް ވަލަޑޮލިޑްގެ ކިކޯ އޮލިވާސް ވަނީ 15 ވަނަ މިނެޓުގައި ގޯލެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.
ވަލަޑޮއިޑްގެ ގޯލާ އެކު ބާސާ އިން ޓީމު ހަމަޔަކަށް އަޅުވާ އެޓޭކް ތަކެއް އުފެއްދުމުގެ ނަތީޖާ އަކަށްވީ މެޗުގެ 29 ވަނަ މިނެޓުގައި އާތޫރޯ ވިދާލް ގެ ގޯލުން ބާސާ އަނެއްކާވެސް ލީޑު ނެގުމެވެ. ވިދާލް މި ގޯލް ޖެހީ ބާސާގެ ކެޕްޓަން މެސީ ވަލަޑޮލިޑް ޑިފެންޑަރުން ބޯމަތިން އެއްލި ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
ބާސާގެ ތިންވަނަ ގޯލު މެޗުގެ 34 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބުކޮށްދިނީ މެޗުގެ މޮޅުކުޅުންތެރިޔާ މެސީ އެވެ. މި ހިތްގައިމު ގޯލަކީ އޭނާގެ ކެރިއަރުގައި ހިލޭ ޖެހުމަކުން ކާމިޔާބުކުރި 50 ވަނަ ގޯލެވެ.
ދެވަނަ ހާފުގައި ވެސް މުޅި މެޗް ކޮންޓްރޯލް ކުރަމުން ދިޔައީ ބާސާއެވެ. ނަމަވެސް ވަލަޑޮލިޑުން ދިޔައީ އެ ޓީމު ކުރިއަށް ޖައްސައިގެން ގޯލެއް ޖެހޭތޯ މަސައްކަތް ކުރަމުންނެވެ. ވަލަޑޮލިޑަށް ރަނގަޅު ހަމަލާއެއް އުފެއްދޭނެ ގޮތެއްނުވެ އުޅެނިކޮށް މެސީ ވަނީ 75 ވަނަ މިނެޓުގައި ގޯލެއްޖަހާ ބާސާގެ ލީޑު ފުޅާކޮށްދީފައެވެ. މެސީ އޭނާގެ 2ވަނަ ގޯލް ކާމިޔާބުކުރީ ރަކިޓިޗް ދިން ޕާހަކުންނެވެ.
އޭގެ 2 މިނެޓް ފަހުން ބާސާގެ 5 ވަނަ ގޯލް ޖެހީ މެސީ ދިން ރީތި ޕާހަކުން ލުއިސް ސުއަރޭޒް އެވެ. ސީޒަނުގެ ކުރީކޮޅު ބާސާގެ ފޯމް ދަށްކޮށް އޮތްނަމަވެސް، މިހާރު އެޓީމު ދަނީ ފޯމަކަށް އެޅެމުން ކަން ފާހަގަކޮށްލެވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި