ފްރޭންކްފަޓް އަތުން 5-1 ބޮޑު ތަފާތަކުން ލަދުވެތިގޮތަކަށް ބަލިވި މެޗަށް ފަހު، ބަޔާން މިއުނިކްގެ ކޯޗު ނިކޯ ކޮވަޗް މަގާމުން ވަކިކޮށްފި އެވެ.
ބަޔާން މިއުނިކުން ނެރުނު ސްޓޭޓްމަންޓްގައި އެ ކްލަބުގެ ސީއީއޯ ކާލް ހެއިންޒް ރޫމެނިޖް ބުނެފައިވަނީ “އަހަރެމެންގެ ޓީމުގެ ފާއިތުވެދިޔަ ހަފްތާތަކުގެ ޕާފޯމަންސް އަށް ބަލާ ދިރާސާކޮށްލުމުން ފިޔަވަޅެއް އަޅަން ޖެހިފައިވާ ކަން ޔަގީންވި. ޓީމުގެ ރައީސް އާއި، ސްޕޯޓިންގް ޑިރެކްޓަރ އަދި އަހަރެން އާދިއްތަ ދުވަހު ޓީމުން ނެރުނު ދަށް ނަތީޖާ އާއި މެދު ނިކޯ އާ އެކު ކުރެވުނު މަޝްވަރާތަކުން އެއްބަސްވެވުނީ އޭނާ މަގާމުން ވަކިކުރުމަށް.”
“އަހަރެމެން އެންމެން ޓީމަށް ވަމުންދާ ގޮތާމެދު ދެރަވަން. އަހަރެން ބަޔާން މިއުނިކްގެ ނަމުގައި ނިކޯ ކުރި މަސައްކަތަށް އޭނާ އަށް ޝުކުރު އަދާކުރަން. ޚާއްޞަކޮށް މިދިޔަ ސީޒަންގައި ލީގު އަދި ކަޕް ކާމިޔާބުކޮށްދިނުމުން.” ރޫމެނިޖް އިތުރަށް ބުނެފައިވެއެވެ.
ބަޔާން މިއުނިކްގެ ކޯޗު ކަމާ 2018 ގައި ހަވާލުވެ އެޓީމަށް ޖަރުމަނުގެ ލީގު، ކަޕް އަދި ސުޕަރ ކަޕް ކާމިޔާބު ކޮށްދިން ކޯޗް ނިކޯ ކޮވަޗް ބުނެފައިވާގޮތުގައި ބަޔާން މިއުނިކް އެންމެ ފަހުން ކުޅުނު މެޗުތަކުން ނެރެމުންދާ ނަތީޖާތަކާ އަދި ދައްކަމުންދާ ކުޅުމަށް ބަލާއިރު މިއީ އޭނާ ޓީމާ ދުރުވާންވީ އެންމެ ރަނގަޅު ދަނޑިވަޅުކަން އެނގުނު ކަމަށެވެ.
މި ހަފްތާގެ ބުދަ ދުވަހުގައި އޮންނަ ޔުއެފާ ޗެމްޕިއަންސްލީގުގައި އޮލިމްޕިއާކޮސް އާ އެކު ކުޅޭ މެޗާއި، އަންނަ ހޮނިހިރު ދުވަހު ބުންޑަސްލީގާގައި ބޮރޫސިއާ ޑޯޓްމަންޑާ އެކު ކުޅޭ މެޗުގައި ބަޔާން މިއުނިކަށް އިރުޝާދު ދޭނީ އެސިސްޓެންޓް ކޯޗް ހަންސް ފްލިކް އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި