ޔުއެފާ ޗެންޕިއަންސް ލީގު ގްރޫޕް އެފް ގެ އެންމެ ކުރީގައި އޮތް ބާސެލޯނާ އަދި އެންމެ ފުލުގައި އޮތް ސްލާވިއާ ޕްރާގު ބައްދަލުކުރި މެޗު 0-0 ގެ ނަތީޖާއަކުން ނިމިއްޖެއެވެ.
ބާސެލޯނާގެ ދަނޑުގައި ކުޅުނު މި މެޗުގައި ބާސެލޯނާ އިން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެ ގިނަ ހަމަލާތަކެއް ސްލާވިއާ ޕްރާގުގެ ގޯލަށް އަމާޒު ކުރި ނަމަވެސް ގޯލެއް ކާމިޔާބު ކުރެވޭނެގޮތެއް ވަނީ ނުވެފައެވެ. މެޗުގައި މޮޅުކުޅުމެއް ދެއްކި ސްލާވިއާ ޕްރާގުގެ ކީޕަރު އޮންދްރެޖް ކޮލާ ވަނީ ހުށިޔާރުކަމާ އެކު ބާސެލޯނާ އިން ފޮނުވާލި ހަމަލާތައް ދިފާއުކޮށްފައެވެ.
މެޗުގައި ފެނުނު އެންމެ ނުރައްކާތެރި ހަމަލާ ފެނިގެން ދިޔައީ މެޗުގެ 35 ވަނަ މިނެޓުގައެވެ. މެސީ ފޮނުވާލި މި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. ފުރަތަަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގެ ތެރޭގައި ސްލާވިއާ ޕްރާގުން އުފެއްދި ކައުންޓަރ އެޓޭކެއްގައި އެޓީމުގެ ޑިފެންޑަރު ޖޭން ބޮރިލް ޖެހި ގޯލް ވަނީ އޮފްސައިޑް ކަމަށް ނިންމާފައެވެ.
ދެވަނަ ހާފުގައި މެޗުގެ 58 ވަނަ މިނެޓުގައި ބާސެލޯނާގެ އަރްތޫރޯ ވިދާލް ޖެހި ގޯލުވެސް ވަނީ އޮފްސައިޑް ކަމަށް ނިންމާފައެވެ.
މި މެޗުން އެއްވަރުވުމާއެކު ބާސެލޯނާގެ ކޯޗު އަރނަސްޓޯ ވަލްވާޑޭ އަށް ވަނީ އިތުރު ޕްރެޝަރާ ކުރިމަތިލާން ޖެހިފައެވެ. ފަހަކަށްއައިސް ބާސެލޯނާ އިން ނެރެމުންދާ ދަށް ނަތީޖާ ތަކާ މެދު ސަޕޯޓަރުންގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.
ޔުއެފާ ޗެންޕިއަންސް ލީގުގައި އަމިއްލަ ދަނޑުގައި ބާސެލޯނާ އެންމެ ފަހުން ކުޅުނު 34 މެޗުން ވެސް ބަލިވެފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ.
30 މެޗުން މޮޅުވެ، 4 މެޗުން އެއްވަރު ވެފައިވާ ބާސެލޯނާގެ މި ރެކޯޑަކީ ޔުއެފާ ޗެންޕިއަންސް ލީގުގެ ތާރީޚު ގައި އަމިއްލަ ދަނޑުގައި ޓީމެއް ބަލިނުވެ ފުރިހަމަކޮށްފައިވާ އެންމެ ގިނަ މެޗެވެ.
މި މެޗުން އެއްވަރުވެ ލިބުނު 1 ޕޮއިންޓާއެކު ކުޅުނު 4 މެޗުން 8 ޕޮއިންޓް ލިބިގެން ބާސެލޯނާ އަދިވެސް އޮތީ ގުރޫޕް އެފް ގެ އެއްވަނައިގަ އެވެ. ސްލާވިއާ ޕްރާގު އޮތީ 2 ޕޮއިންޓާއެކު ގްރޫޕްގެ ފުލުގައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި