ގިނަ އަދަދެއްގެ ލަވަކިޔުންތެރިންނާއި މޫސީގާރުން ގުޅެމުން އަންނަ ‘އިއްޔަ ރިކޯޑްސް‘ އަށް ޙަސަން އިބްރާހިމް ނުވަތަ “އެއްކިބާ” ހަސަން ވެސް ސޮއެކޮށްފިއެވެ.

“އެއްކިބާ” މި ލަވައިން މީހުންގެ ސަމާލުކަން ހޯދި މަޝްހޫރު މެޒޯ ބޭންޑާ އެއްކޮށް ދެ އަހަރު މިއުޒިކު ކުޅުނު ޙަސަން އިބްރާހިމް ‘އިއްޔަ ރެކޯޑްސް’ އަށް ސޮއެކުރީ 06 ނޮވެމްބަރު ވީ ބުދަ ދުވަހު އެވެ.

ކުރު މުއްދަތެއްގެ ތެރޭގައި މިއުޒިކުގެ ދާއިރާގައި ފައިތިލަ ސާބިތުކޮށްފައިވާ ‘އިއްޔަ ރެކޯޑްސް’ އިން މުނިއަވަސް އަށް ބުނީ ‘އިއްޔަ ރެކޯޑްސް’ އަށް ތިން ލަވައެއް ކިޔުމަށް ޙަސަން އިބްރާހިމް ސޮއެކޮށްފައި ވާކަމަށެވެ.

“މިއީ ‘އިއްޔަ ރެކޯޑްސް’ އަށް ސޮއެކުރަން ހަމަޖެހިފައިވާ މަޤްބޫލު ދެ އާޓިސްޓުންގެ ތެރެއިން ފުރަތަ އާޓިސްޓު. ދެވަނަ އާޓިސްޓަކީ އަންހެން އާޓިސްޓެއް.” އިއްޔަ ރެކޯޑްސްގެ ސީއީއޯ އާއިޝަތު އުލްޔާ މުޝްތާގް (އިއްޔަ) ބުނީ އެ އާޓިސްޓާއެކު މިހާރު ވާހަކަދެކެވެމުން އަންނަކަމަށެވެ.

ގިނަ އާޓިސްޓުންތަކެއް ‘އިއްޔަ ރެކޯޑްސް’ އަށް ހޯދަމުންދަނީ ކީއްވެގެންތޯ މުނިއަވަސް އިން ސުވާލުކޮށްލުމުން އިއްޔަ ބުނީ ގިނަ އަމިއްލަ ރާގުތަކަކާއެކު ތަފާތު އަޑުތަކުން އެހުންތެރިންނަށް ގިނަ ލަވަތަކެއް ފޯރުކޮށްދިނުމަށް ކަމަށެވެ.

“އަދި އަޑުއެހުންތެރިންނަށް މި ދެނީ އެތައް ބައިވަރު ޗޮއިސްތަކެއް، އެއީ އަހަރުމެން ކުރިއަށްދާނީ ހަމައެކަނި އެއް ވައްތަރެއްގެ މިއުޒިކަކާ އެކުގައެއް ނޫން. ކޮންމެ ޖޮންރާއެއް އަޑުއަހާ ބޭފުޅުންނަށް ވިޔަސް އެ ބޭފުޅެއްގެ ބޭނުންތަކަަށްވެސް ކޭޓާ ވާގޮތަށް މިއުޒިކު ނެރެދިނުން އަމާޒަކީ.” އިއްޔަ ބުންޏެވެ.

https://www.youtube.com/watch?v=Syt9ugaTXqs

’އިއްޔަ ރެކޯޑްސް‘ އިން މިހައިތަނަށް އައިއިރު ޖުމްލަ އަށް ލަވަ ނެރެފައިވެއެވެ.

ކުށް ފިލުވީ: އަޙްމަދު ރަޝީދު

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.