އަޔުޝްމަން ކުރާނާގެ އެންމެ ފަހުގެ ފިލްމު ‘ބާލާ’ އަށް އެކަށީގެންވާ ތަރުހީބެއް ލިބޭނެކަމުގެ އުއްމީދު ވަރަށް ބޮޑުކަމަށް ބޮކްސް އޮފީހުން ބުނެފިއެވެ.
މިއަދު އެ ފިލްމު ރިލީޒް ކޮށްފައި ވާއިރު، ކުރިން އެ ފިލްމު ރިލީޒް ކުރުމަށް ތާވަލު ކޮށްފައި ވަނީ މިމަހުގެ 15 ވަނަ ދުވަހު އެވެ.
ބޮކްސް އޮފީހުން ނެރުނު ރިޕޯރޓުގައި ވަނީ ފިލްމުގެ ފުރަތަމަ ދުވަހުވެސް 25 އިންސައްތަ އާއި 30 އިންސައްތަ އާ ދެމެދުގެ ކުރި އެރުމެއް ލިބުނު ކަމަށާއި ނަމަވެސް މިއީ އަޔުޝްމަންގެ ކުރީގެ ފިލްމް ‘ޑްރީމް ގަރލް’ އަށް ވުރެ ކުޑަ މިންވަރެއްކަންވެސް ފާހަގަކޮށްފައި ވެއެވެ.
‘ޑްރީމް ގަރލް’ އަށް ފުރަތަމަ ދުވަހުވެސް 10 ކްރޯޑު ރުޕީސްއާ ގާތްކުރާ އަދަދެއް ލިބިފައި ވާއިރު އެ ފިލްމަކީ އަޔުޝްމަންގެ ފިލްމަކުން ފުރަތަމަ ދުވަހު އެހާ ބޮޑު އަދަދެއް ލިބުނު ފުރަތަމަ ފިލްމެވެ.
މިއަދު ރިލީޒްކުރި އަޔުޝްމަންގެ ‘ބާލާ’، އިންޑިއާގެ 3000 ސްކްރީނެއްގައި ދައްކާފައި ވާއިރު ގައުމުން ބޭރުގައި 550 ސްކްރީނެއްގައި ދައްކާފައި ވެއެވެ. މި ފިލްމު މިހާ ބޮޑުކޮށް ރިލީޒްކޮށްފައި ވާއިރު ‘ޑްރީމް ގަރލް’ އަށް ވުރެ ބޮޑު ތަރުހީބެއް ލިބޭނެ ކަމުގެ އުއްމީދު ވަރަށް ބޮޑެވެ.
އަމަރް ކޯޝިކް ޑައިރެކްޓް ކޮށްފައިވާ ފިލްމު ‘ބާލާ’ އަކީ ބޮލުން އިސްތަށި ފޭބުމުގެ ސަބަބުން މީހުންގެ ދިމާ ކުރުމާއި އަމިއްލަ ލަދުވެތި ކަމުގެ ސަބަބުން އެ ކަންކަމާ ކުރިމަތިލާ ގޮތް ދައްކައިދޭ ފިލްމެކެވެ. މި ފިލްމުގެ ލީޑް ރޯލުން ފާހަގަ ކޮށްލެވޭ އެހެން ތަރިންނަށް ބަލާއިރު، ބޫމީ ޕެޑްނޭކަރް އަދި ޔަމީ ގޯތަމް ހިމެނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- ފިލްމީ ޚަބަރު ލިޔުމަކީ ޝައިލާގެ ޚާއްޞަ ހުނަރެކެވެ. ބޮލީވުޑްގެ ޚަބަރުތައް ލިޔުމަކީ ޝައިލާގެ ޚާއްޞަ ދާއިރާއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2019ޚަބަރުއެކްޓަރ ކުޝާލް މަރުވެއްޖެ
- 23 ޑިސެމްބަރ 2019ޚަބަރުނޭހާ އިންނާނެ މީހަކު ހޯދަނީ
- 22 ޑިސެމްބަރ 2019ޚަބަރުއަނެއްކާވެސް ވަރުންގެ ކައިވެނީގެ ވާހަކަތަކެއް
- 22 ޑިސެމްބަރ 2019ޚަބަރުޝާހުރުކް ޚާން ރީތިވުމަށް ފަސްގަޑި އިރު ހޭދަވޭ