‘ބައިސްކޯފް ޕްރެސެންޓްސް ދިވެހި ފިލްމު އެވޯޑްސް 9’ ގެ ނޮމިނޭޝަންސް ތައް މިރޭ 10:00 ޖަހާއިރު ވީޓީވީ މެދުވެރިކޮށް އިޢުލާން ކުރާނެކަމަށް އެންސީއޭއިން ބުނެފައިވާއިރު، ފިލްމު އެވޯޑްސްގެ ކަންތައްތައް ކުރިއަށްދާގޮތުން ފިލްމީ ދާއިރާގެ ފަންނާނުން ރަތަށް އަރައިފިއެވެ
މިމަހު 15 ވަނަ ދުވަހުގެ ރޭ އެވޯޑް ހަފުލާ ބާއްވާން ނިންމާފައިވާއިރު، ދިވެހި ޤައުމަށް ނިސްބަތްވާ ‘ގައުމީ ފިލްމް އެވޯޑްސް’ ގެ ނޮމިނޭޝަން ތައް ގެނެސްދިނުމާއި ފިލްމު އެވޯޑްސް ހަފުލާ، ގައުމީ ޓީވީން ނުދައްކާތީ ފިލްމީ ފަންނާނުންގެ ހިތްހަމަ ނުޖެހުންތައް ރެއާއި މިއަދު އުތުރިއަރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ފިލްމު އެވޯޑްސް އަށް ފިލްމުތައް ހުށައަޅާފައިވާ ޕްރޮޑިއުސަރުންނާއި އެންސީއޭގެ އިސް ބޭފުޅުން ހިމެނޭ ވައިބަރ ގްރޫޕެއްގައި މިކަމާމެދު ފަންނާނުން ފާޅުކޮށްފައިވާ ޚިޔާލުތަކެއްގެ ސްކްރީންޝޮޓްތަކެއް މިއަދު މުނިއަވަސް ވަނީ ލިބިފައެވެ
“ފިލްމު އެވޯޑްގެ ނޮމިނޭޝަންސް ތައް މާދާމާރޭ، 10 ޖަހާއިރު ވީޓީވީން އިޢުލާނުކުރާނެ.” ރޭ 22:45 ގައި ‘ޑީއެފްއޭ 9- ޕްރޮޑިއުސަރސް’ ވައިބަރ ގްރޫޕަށް އެންސީއޭގެ އޮފިޝަލެއް ކޮށްފައިވާ މެސެޖެއް ތިލަވިއެވެ. އެއާއެކު ފިލްމު ‘ވިޝްކާ’ގެ ޕްރޮޑިއުސަރ ރިޝްމީވަނީ އެއްވެސް ރަސްމިއްޔާތެއް ނެތްތޯ އަހާފައެވެ. ހަމަ އެއާއެކު “ފޯޓީ ޕްލަސް”ގެ ޕްރޮޑިއުސަރ ޝަފީޤްވެސްވަނީ ވީޓީވީން ލައިވްކުރަނީތޯ އާ އެ އިވެންޓަށް ފިލްމީ ދާއިރާ މީހުންނަށް ދަޢުވަތުދޭތޯ ސުވާލުކޮށްފައެވެ. އަދި މީގެ އިތުރުން ފިލްމު “ކަނޑު އިބްލީސް”ގެ އެއް ޕްރޮޑިއުސަރ ކޮޕީ އިއްސެ ވެސް ވަނީ ޤައުމީ ޓީވީ ކޮބައިތޯ އަހައި ގައުމީ ފިލްމް އެވޯޑްސް ގައުމީ ޓީވީން ނުދައްކާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އިއްސެގެ އެ ސުވާލަށް ރިޝްމީ ވަނީ “ވީޓީވީކަން ނޭނގެ މީޑިއާ ޕާޓްނަރަކީ،” މިހެންބުނެ ޖަވާބު ދީފައެވެ.
ހަމައެހެންމެ، ދެން ފިލްމު “ބޮސް”ގެ ޕްރޮޑިއުސަރ ނަހުލާވެސް ވަނީ “ގައުމީ ފިލްމު އެވޯޑް ގައުމީ ޓީވީން ދެއްކެންވާނެ ކަމަށް ގަބޫލުކުރާކަމަށާއި އެވޯޑް ލައިވްކުރަނީވެސް މިފަހަރު ވީޓީވީންނޭ ކިޔާ އަޑުއެހިކަމަށް ބުނެފައެވެ. އަދި އެހެން ވެއްޖެނަމަ ވަރަށް ދެރަ ކަމަށާއި، ވީޓީވީން ލައިވްކުރިޔަސް ގައުމީ ޓީވީންވެސް ލައިވް ކުރެވެން ވާނެ ކަމަށް ނަހުލާވަނީ ބުނެފައެވެ.
ތީ ދެތަކަށް ވާނަމަ ވީޓީވީއަށް ޝުކުރުއަދާކުރާ ހާލު ގައުމީ ޗެނަލެއް އޮވެ މިކަން ގައުމީ ޗެނަލުން ނުދެއްކޭ ކަމީ ލަދުވެތިވާން ޖެހޭ ކަމެއްކަމަށް ބުނެ ކޮޕީ އިއްސެވެސް ވަނީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ.
އަދި އެންސީއޭއިން ވެސް ބޮޑަށް ބަލަން ޖެހޭނީ މިފަދަ އެވޯޑްތައް ގައުމީޓީވީއިން ދެއްކޭތޯ މަސައްކަތް ކުރުމަށް ކަމަށާއި ގައުމީ އެހެން ކަންކަމަށް އަހަންމިއްޔަތުކަން ދޭ މިންވަރަށް ފިލްމީ ދާއިރާގެ ކަންކަމަށް އަހަންމިއްޔަތުކަން ނުދޭކަމަށް ބުނެ ފިލްމީދާއިރާގައި އިސް ކޮށް ހަރަކާތްތެރިވާ ފަންނާނުން ހިތްހަމަނުޖެހުން ފާޅުކުރަމުން އެބަދެއެވެ.
މީގެ އިތުރުން ފަންނާނުންގެ އުދާސްތަކަށް ޖަވާބު ދާރީވާނެ ފަރާތެއް އެންސީއޭގައި ނެތީތޯ ފަންނާނުން ސުވާލުކޮށްފައިވާއިރު މި ވައިބާ ގުރޫޕުގައި ހަރަކާތްތެރިވާ އެންސީއޭގެ އޮފިޝަލަކު ވަނީ ފަންނާނުންގެ އުދާސްތައް ޑެޕިއުޓީ މިނިސްޓަރ ވަލީދާއާއި ހިއްސާ ކުރާނެކަމަށްބުނެފައެވެ. އެހެންނަމަވެސް އެއްވެސް ސުވާލަކަށް ޖަވާބެއް އެފަރާތުންވެސް ދީފައިވާތަނެއް މުނިއަވަސްއަށް ލިބިފައިވާ ސްކްރީން ޝޮޓްތަކަކުން ފެންނާކަށްނެތެވެ.
ގައުމީ ފިލްމު އެވޯޑް ގައުމީ ޓީވީން، ޔަޢުނީ ޓީވީއެމް އިން ނުދެއްކޭ ކަމަށް ވަންޏާ ތިކަން ކުރުމުގެ ބޭނުމެއް ނެތްކަން ދަންނަވާލާކަމަށް ބުނެ ކޮޕީ އިއްސެގެ އުދާސްތައް ބަންޑުން ކޮށްލާފައިވާއިރު އެކަމަށް އެހެން ފަންނާނުންވެސް ވަނީ އެއްބަސްވެފައެވެ.
“ގައުމީ ޓީވީން އެވޯޑް ނުދައްކާކަމަށް ވަންޏާ އޭގެ މާނައަކީ ރަސްމިއްޔާތަށް ގައުމުގެ އިސް ބޭފުޅަކު ވަޑައިނުގަންނަވަނީއޭ. އަޅުގަނޑުމެންގެ ހައިސްޔަތަކީ ކޮބައިތޯ؟ ނުވަތަ އެންސީއޭ އަށް ކުރެވޭ ކަމަކީ ކޮބައިތޯ؟ އެމްއެފްއޭގެ އެވޯޑްތަކަށްވެސް އަޅުގަނޑުމެން އެ އިރެއްގެ އެންމެ އިސްވެރިޔާ/ރައީސް ހުންނާނީ ގެނެސްފަ. އެވަރު ތިބޭފުޅުންނަށް ކޮށްދެވެން ވާނެކަމަށް ގަބޫލުކުރަން. އަމުދުން މިހާރުގެ ޢިއްޒަތްތެރި ރައީސް ބައެއް އަމިއްލަ ފިލްމީ ތަރީންގެ ރަސްމިއްޔާތުތަކަށް ވަޑައިގެންނެވި ކަމީ އެމަނިކުފާނު މި ދާއިރާއަށް އިހްތިރާމުކުރާ ވަރު ދޭހަކޮށްދޭ ސަބަބެއް.” ގައުމީ ފިލްމް އެވޯޑްގެ ކަންކަން ދާގޮތުން މީގެ ކުރިންވެސް ތަކުރާރުކޮށް ހިތްހަމަނުޖެހުން ފާޅުކޮށްފައިވާ ކުޅަދާނަ ޕްރޮޑިއުސަރ /ޑައިރެކްޓަރ ނަހުލާ އެގުރޫޕުގައި އިތުރަށް ބުނެފައިވެއެވެ.
އެންސީއޭ އަށް ޓީވީއެމް ނުވަތަ ރައީސް އޮފީހުން (ޕީއޯ) އިން އެއްބާރުލުން ނުދެއްވާކަމަށް ވަންޏާ އަޅުގަނޑުމެންނަށް އަންގާލަދެއްވާ. އަޅުގަނޑުމެން ގޮސް ތިބެލަފާނަން ރައީސް އޮފީސް ނޫނީ ޓީވީއެމް ދޮރުމަތީގަ.” ހިމޭން އިހްތިޖާޖަކަށް ވެސް ތައްޔާރަށް ހުރިކަން ދޭހަވާ މޭރުމަކުން ނަހުލާ ވަނީ އިތުރަށް ވާހަކަދައްކާފައެވެ. ނަހުލާ މިކަން ފާހަގަކުރިއިރު އެބަހަށް ބައެއް ފަންނާނުންވަނީ ތާއިދުވެސްކޮށްފައެވެ.
ފިލްމް އެވޯޑްސްގެ ކަންކަމާމެދު ފަންނާނުންގެ މެދުގައި ހިޔާލު ތަފާތު ވެފައިވާއިރު މިކަމާބެހޭ ގޮތުން އާޓްސް އެންޑް ކަލްޗާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދު މުނިއަވަސް އަށް މިރޭ ވިދާޅުވީ “އެންމެ ފުރަތަމަ މީޑިޔާ ޕާރޓްރަކަށްވާން އަޅުގަނޑުމެން އެދުނީ ވެސް ޓީވީއެމްގައި. ކޮންމެގޮތެއްވިޔަސް ގައުމީ ޓީވީ ވީމަ. އަޅުގަނޑުމެން މިހެން ބާއްވާ އިވެންޓްތަކުގެ ފޮޓޯއެއް ވެސް ނެތް ރައްކާކުރެވިފައެއް. އެހެންވީމަ އަޅުގަނޑުމެން އެބަ ބޭނުންވޭ ލައިވްގެ ވީޑިއޯވެސް އަޅުގަނޑުމެން އަތުގައި އޮންނަން. ބޭނުންވެއްޖެ ހިނދެއްގައި ބޭނުން ކުރެވޭ ގޮތަށް. އެގޮތަށް އެބޭފުޅުންނަށް އެއްބަސް ނުވެވުނީ. ދެން އަޅުގަނޑުމެން އެދުނީ ކޮށްދޭނެ އަގެއް. ކޮށްދޭނެ އަގަކަށް އަޅުގަނޑުމެން ހުޅުވާލީ ހުރިހާ މީޑީޔާތަކަކަށް އަގެއް ހުށައަޅަން. ދެން ގަވާއިދުގަ އޮންނަނީ އެންމެ ކުޑަ އަގެއް ހުށައަޅާ ބަޔަކަށް ދިނުމަށް. އެއީ އަދި ވީޓީވީ ވިޔަސް އެހެން ޓީވީއެއް ވިޔަސް. ދެން ވީޓީވީ އިން އަޅުގަނޑުމެން ހުށައެޅި ކަންކަމަށް އެއްބަސްވީ. އެންމެ ކުޑަ އަގެއް ހުށައެޅި ބަޔަކަށް އަޅުގަނޑުމެން ދިނީ. ދެން އަޅުގަނޑުމެން ވަރަށް ފަހަކާ ޖެހެންދެންވެސް ޕީއެސްއެމް އާ ވާހަކަ ދެއްކިން. އެއީ ވަކި އެބޭފުޅުންނަށް ނުދޭކަށް ނޫން.”
ވަލީދާ އިތުރަށް ވިދާޅުވީ މިހެން ހެދުމުން، އެންސީއޭގައި އިވެންޓްގެ ފުޓޭޖް އޮންނާނެ ކަމަށާއި އެހެން ޗެނަލްތަކުންވެސް ދައްކަން ބޭނުންނަމަ އެ ފުރުސަތުވެސް އޮންނާނެ ކަމަށެވެ. އަދި މިގޮތަކީ ފިލްމީ ދާއިރާއަށްވެސް އެންމެ ފައިދާހުރި ގޮތްކަމަށް ދެކެލައްވާކަމަށްވެސް ވަލީދާ ވިދާޅުވިއެވެ.
ކަން މިހެން ހުރި އިރު ފިލްމް އެވޯޑްސްގެ ކަންކަން ކުރިއަށްދާ ގޮތާ މެދު ހިތްހަމަޖެހޭ ފަންނާނުންވެސް ތިބިކަން ފާހަގަކޮށްލެވެއެވެ. އެފަންނާނުން ފާހަގަ ކުރާ ގޮތުގައި ކޮންމެ ބަޔަކުވެސް ކަންކަން ކުރިއަށް ގެންދާނީ އެބަޔަކަށް ގެންދެވޭނެ އެންމެ ރަނގަޅަށްކަމަށާއި ކޮންމެ ކަމަކާ ޖަޖް ކުރުމުގެ ކުރިން ކަން ހިނގައި ދިޔަގޮތް ބަލާލުމަކީވެސް މުހިންމުކަމެއް ކަމަށެވެ. އެއްވެސް ކަމަކީ ހުރިހާ އެންމެންނަށް ކަމުދާނެ ގޮތަކަށް ނުގެންދެވޭނެ ކަމެއް ކަމަށްވެސް ބައެއް ފަންނާނުން ފާހަގަ ކުރިއެވެ.
ކުށް ފިލުވީ: އަޙްމަދު ރަޝީދު
ލިޔުންތެރިޔާގެ ފުރަމަލަ
- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސަޒްރާ އަކީ ކުރިން ރާއްޖެ ޓީވީގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. މުނިފޫހިފިލުމުގެ ދާއިރާގެ އިތުރުން އިޖުތިމާޢީ ދާއިރާގައިވެސް ސަޒްރާ ޚާއްޞައެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 4 މާރޗް 2021ޚަބަރުލަވަކިޔުންތެރިޔާ ޝްރެޔާ ބަނޑުބޮޑު!
- 28 ޖެނުއަރީ 2021ޚަބަރުއިންޑިއަން އައިޑަލް އަބީޖީތު ރާއްޖޭގައި
- 10 ޑިސެމްބަރ 2020ޚަބަރުދެކުނު އިންޑިޔާ ސިނަމާއިން އެންމެ “ހޭންޑްސަމް” ފަސް ތަރިން
- 9 ޑިސެމްބަރ 2020ރިޕޯޓްލޯބިވާ ބައްޕާއެވެ. ޝުކުރިއްޔާއެވެ.
baislof ah dhaairaage tharinnaa producerun na nca vikuneema vaanehaa haehcheh vefa eothy amilla faidhaa ah visnaafa dhen athah goveema
k.dhen hajam kollaigen thibey adhi dhon vaan fashaafa oiybraalhu nagan kairivee kiyaanekamehneh mnbc ekey tvm ekey kaasimey