މެސީ އާއި ރޮނާލްޑޯ އަކީ މި ޖީލުގެ އެންމެ މޮޅު ދެ ފުޓްބޯޅަ ކުޅުންތެރިން ކަމުގައި އެއްވެސް މީހަކު ޝައްކެއް ނުކުރާނެއެވެ. ނަމަވެސް މި ދެ މީހުންގެ ތެރެއިން އެންމެ މޮޅީ ކާކުތޯ މިއީ ދުނިޔޭގެ އެންމެ ގިނަ މީހުން ބަހުސް ކުރަމުންދާ އެއް މައުޟޫ އޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.
ދާދި ފަހުން ޔުއެފާ ޔޫރޯ ކޮލިފައިންގައި ޕޯޗުގަލް އަދި ލަގްޒެމްބޯގް ބައްދަލުކުރި މެޗުގައި ގޯލެއް ކާމިޔާބުކޮށް ރޮނާލްޑޯ ވަނީ ގައުމީ ޓީމަށް ކާމިޔާބުކޮށްދިން ގޯލުގެ އަދަދު 99 އަކަށް އަރުވާފައެވެ. އާޖެންޓީނާ އަދި އުރުގުއޭ ބައްދަލުކުރި ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުގައި ގޯލެއް ކާމިޔާބުކޮށް މެސީ ވަނީ ގައުމީ ޓީމަށް ކާމިޔާބުކޮށްދިން ގޯލުގެ އަދަދު 70 އަށް އަރުވާފައެވެ.
ރޮނާލްޑޯ، މެސީ އަށްވުރެން ގިނައިން ގައުމީ ޓީމަށް ގޯލު ޖަހާފައިވާތީ ރޮނާލްޑޯ، މެސީ އަށްވުރެން މޮޅުކަމަށް އެއްބަޔަކު ބުނަމުންދާއިރު، އަނެއް ބަޔަކު ބުނަމުން ދަނީ ރޮނާލްޑޯ ގިނައިން ގޯލު ޖަހާފައިވަނީ އެންމެ އާދައިގެ ޓީމުތައް ކޮޅަށް ކަމަށެވެ. އަދި މެސީ ގިނައިން ގޯލު ޖަހާފައިވަނީ މޮޅެތި ޓީމުތަކާ ދެކޮޅަށް ކަމަށްވުމުން އެންމެ މޮޅީ މެސީ ކަމަށެވެ.
ކޮންމެއަކަސް އެ ދެ ކުޅުންތެރިން ގައުމީ ޓީމަށް ޖަހާފައިވާ ގޯލުތަކަށް ބަލާލަމާ ހިނގާށެވެ.
މެސީ ގެ 70 ގޯލް:
ބްރެޒިލްގެ ( ފީފާ ރޭންކިން – 3 )، އުރުގުއޭ ( ފީފާ ރޭންކިން – 5 )، ޕެރަގުއޭ ( ފީފާ ރޭންކިން – 41 ) – 5 ގޯލް
ވެނެޒުއޭލާ ( ފީފާ ރޭންކިން – 26 )، އިކުއެޑޯ ( ފީފާ ރޭންކިން – 63 ) – 4 ގޯލް
ކޮލަމްބިއާ ( ފީފާ ރޭންކިން – 10 )، ޗިލީ ( ފީފާ ރޭންކިން – 17 )، ސްވިޒަލޭންޑް ( ފީފާ ރޭންކިން – 13 )، ބޮލީވިއާ ( ފީފާ ރޭންކިން – 75 )، ނައިޖީރިއާ ( ފީފާ ރޭންކިން – 35 )، މެކްސިކޯ ( ފީފާ ރޭންކިން – 11 )، ޕެނަމާ ( ފީފާ ރޭންކިން – 80 )، ހެއިޓީ ( ފީފާ ރޭންކިން – 88 )، ގުއަޓެމާލާ ( ފީފާ ރޭންކިން – 131 ) – 3 ގޯލް
ސްޕެއިން ( ފީފާ ރޭންކިން – 8 )، ކްރޮއޭޝިއާ ( ފީފާ ރޭންކިން – 7 )، އަލްޖީރިއާ ( ފީފާ ރޭންކިން – 38 )، ހޮންކޮންގް ( ފީފާ ރޭންކިން – 145 )، ނިކަރަގުއާ ( ފީފާ ރޭންކިން – 137 ) – 2 ގޯލް
ފްރާންސް ( ފީފާ ރޭންކިން – 2 )، ޖާމަނީ ( ފީފާ ރޭންކިން – 16 )، ޕޯޗުގަލް ( ފީފާ ރޭންކިން – 6 )، ޕެރޫ ( ފީފާ ރޭންކިން – 19 )، އިރާން ( ފީފާ ރޭންކިން – 27 )، ޔޫ.އެސް.އޭ ( ފީފާ ރޭންކިން – 23 )، ސްލޮވީނިއާ ( ފީފާ ރޭންކިން – 65 )، އަލްބޭނިއާ ( ފީފާ ރޭންކިން – 65 )، ބޮސްނިއާ ( ފީފާ ރޭންކިން – 48 )، ސާބިއާ ( ފީފާ ރޭންކިން – 33 ) – 1 ގޯލް
ރޮނާލްޑޯ ގެ 99 ގޯލް:
ލިތުއޭނިއާ ( ފީފާ ރޭންކިން – 132 ) – 7 ގޯލް
އެންޑޯރާ ( ފީފާ ރޭންކިން – 136 )، އަރުމީނިއާ ( ފީފާ ރޭންކިން- 99 )، ލެޓްވިއާ ( ފީފާ ރޭންކިން – 143 )، ލަގްޒެމްބޯގް ( ފީފާ ރޭންކިން – 96 )، ސްވިޑަން ( ފީފާ ރޭންކިން – 18 ) – 5 ގޯލް
އެސްޓޯނިއާ ( ފީފާ ރޭންކިން – 104 )، ފެރޯ އައިލޭންޑްސް ( ފީފާ ރޭންކިން – 110 )، ހަންގޭރީ ( ފީފާ ރޭންކިން – 50 )، ނެދަލޭންޑްސް ( ފީފާ ރޭންކިން – 12 ) – 4 ގޯލް
ބެލްޖިއަމް ( ފީފާ ރޭންކިން – 1 )، ޑެންމާކް ( ފީފާ ރޭންކިން – 14 )، ނޮދަން އަޔަލެންޑް ( ފީފާ ރޭންކިން – 34 )، ރަޝިއާ ( ފީފާ ރޭންކިން – 37 )، ސްޕެއިން ( ފީފާ ރޭންކިން – 8 )، ސްވިޒަލޭންޑް ( ފީފާ ރޭންކިން – 13 ) – 3 ގޯލް
އަޒަރުބައިޖާން ( ފީފާ ރޭންކިން – 111 )، ބޮސްނިއާ ( ފީފާ ރޭންކިން – 48 )، ކެމަރޫން ( ފީފާ ރޭންކިން – 52 )، ސައިޕްރަސް ( ފީފާ ރޭންކިން – 93 )، ޗެކް ރިޕަބްލިކް ( ފީފާ ރޭންކިން – 43 )، މިސްރު ( ފީފާ ރޭންކިން – 49 )، ކަޒަކިސްތާން ( ފީފާ ރޭންކިން – 121 )، ސައޫދީ އަރަބިއްޔާ ( ފީފާ ރޭންކިން – 69 ) – 2 ގޯލް
އާޖެންޓީނާ ( ފީފާ ރޭންކިން – 9 )، ކްރޮއޭޝިއާ ( ފީފާ ރޭންކިން – 7 )، އިކުއެޑޯ ( ފީފާ ރޭންކިން – 63 )، ފިންލޭންޑް ( ފީފާ ރޭންކިން – 55 )، ގާނާ ( ފީފާ ރޭންކިން – 51 )، ގްރީސް ( ފީފާ ރޭންކިން – 58 )، އައިސްލެންޑް ( ފީފާ ރޭންކިން – 40 )، އިރާން ( ފީފާ ރޭންކިން – 27 )، މޮރޮކޯ ( ފީފާ ރޭންކިން – 42 )، ނިއުޒިލޭންޑް ( ފީފާ ރޭންކިން – 121 )، ނޯތް ކޮރެއާ ( ފީފާ ރޭންކިން – 115 )، ޕެނަމާ ( ފީފާ ރޭންކިން – 80 )، ޕޮލެންޑް ( ފީފާ ރޭންކިން – 21 )، ސާބިއާ ( ފީފާ ރޭންކިން – 33 )، ސްލޮވާކިއާ ( ފީފާ ރޭންކިން – 31 )، ޔޫކްރެއިން ( ފީފާ ރޭންކިން – 22 )، ވޭލްސް ( ފީފާ ރޭންކިން – 24 ) – 1 ގޯލް
ވޯލްޑްކަޕް ކާމިޔާބުކުރި 8 ގައުމު ކަމަށްވާ ބްރެޒިލް، އިޓަލީ، ޖާމަނީ، އުރުގުއޭ، އާޖެންޓީނާ، އިންގްލެންޑް، ފްރާންސް އަދި ސްޕެއިން އާ ދެކޮޅަށް ރޮނާލްޑޯ 24 މެޗު ކުޅެފައިވާއިރު، ކާމިޔާބުކުރީ 4 ގޯލެވެ. ނަމަވެސް މެސީ ވަނީ ވޯލްޑްކަޕް ކާމިޔާބުކުރި ޓީމުތަކާ ދެކޮޅަށް ކުޅެ 14 ގޯލް ކާމިޔާބުކޮށްފައެވެ.
ރޮނާލްޑޯ ކާމިޔާބުކުރި 99 ގޯލުގެ ތެރެއިން ފީފާ ރޭންކިންގެ 50 ވަނަ އިން މަތީގެ ޓީމުތަކާ ދެކޮޅަށް ކާމިޔާބުކޮށްފައިވަނީ 28 (%29) ގޯލެވެ. މެސީ ކާމިޔާބުކުރި 70 ގޯލުގެ ތެރެއިން 57 (%82) ގޯލް ކާމިޔާބުކޮށްފައިވަނީ ފީފާ ރޭންކިންގެ 50 ވަނަ އިން މަތީގެ ޓީމުތަކާ ދެކޮޅަށެވެ.
އެއްބަޔަކަށް މެސީ އަކީ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށް ވެދާނެއެވެ. އަދި އަނެއް ބަޔަކަށް ރޮނާލްޑޯ މޮޅުވެދާނެއެވެ. ނަމަވެސް ގަބޫލުކުރަންޖެހޭ ހަގީގަތަކީ ކޮންމެ ގޮތަކަށް ހިސާބުތައް ދެއްކި ނަމަވެސް މި ދެ ކުޅުންތެރިންނަކީ ފުޓްބޯޅައިގެ ދުނިޔޭގައި އެފަދަ ދެވަނައެއް ނުވާ ދެ ކުޅުންތެރިންކަމެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި